ބީއެމްއެލް ސްޕޯޓްސް ސްކޮލާޝިޕްގެ އެތުލީޓުން އައިއޯއައިޖީ ގައި ހޯދި ކާމިޔާބީ ފާހަގަކުރުން-- ފޮޓޯ/ ބީއެމްއެލް
ބީއެމްއެލް ސްޕޯޓްސް ސްކޮލާޝިޕްގެ އެތުލީޓުން އައިއޯއައިޖީ ގައި ހޯދި ކާމިޔާބީ ފާހަގަކުރުން-- ފޮޓޯ/ ބީއެމްއެލް
ވިޔަފާރި 06 Sep 2023 | 14:36

ބީއެމްއެލް ސްޕޯޓްސް ސްކޮލާޝިޕްގެ އެތުލީޓުން އައިއޯއައިޖީ ގައި ހޯދި ކާމިޔާބީ ފާހަގަކޮށްފި

ބީއެމްއެލް ސްޕޯޓްސް ސްކޮލާޝިޕް ހާސިލްކޮށްފައިވާ އެތުލީޓުން އައިއޯއައިޖީ 2023 ގައި ހޯދި ކާމިޔާބީ ފާހަގަ ކުރުމަށާއި މަރުހަބާ ކިޔުމަށް ބީއެމްއެލް އިން މިއަދު ހާއްސަ ހަރަކާތެއް ބާއްވައިފިއެވެ.

މިރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ ކާރލް ސްޓުމްކަ ވަނީ އައިއޯއައިޖީ ގައި ހޯދި ފަހުރުވެރި ކާމިޔާބަށް ހުރިހާ އެތުލީޓުންނަށް ވެސް މަރުހަބާ ދަންނަވާފައެވެ.

"މިއީ ތިޔަ އެތްލީޓުންނަށާއި ރާއްޖެއަށް ލިބުނު ފަހުރުވެރި ކާމިޔާބީއެއް. ސްޕޯޓްސް ސްކޮލާޝިޕް އެހީގައި ހޯދި ކާމިޔާބުގެ ބައިވެރިވުމަކީ ބޭންކަށް ލިބުނު ވަރަށް ބޮޑު އުފަލެއް." ކާރލް ސްޓުމްކަ ވިދާޅުވި އެވެ.

ބީއެމްއެލް ސްޕޯޓްސް ސްކޮލާޝިޕް ހުޅުވާލެވުނީ އެތުލީޓުންގެ ހުނަރު ކުރިއަރުވައި، ކުޅިވަރުގައި ފުރިހަމަ ކާމިޔާބީއެއް ހޯދުމުގައި އެހީތެރިވުމުގެ ގޮތުންނެވެ. މި ޕްރޮގްރާމުގެ ދަށުން ރާއްޖޭގެ މޮޅު އެތުލީޓުންނަށް ހުރިހާ ހަރަދަކާއެކު ރާއްޖޭން ބޭރުގެ ހައި ޕަރފޯމަންސް ޓްރެއިނިންގ ސެންޓަރުތަކުގައި ތަމްރީން ހޯދުމުގެ ފުރުސަތު ފޯރުކޮށްދެވިގެންދިޔައެވެ. ސްޕޯޓްސް ސްކޮލާޝިޕް އަށް ހޮވުނު އެތުލީޓުންގެ ތެރެއިން 6 އެތުލީޓަކު ވަނީ އައިއޯއައިޖީ ގައި ދިވެހިރާއްޖެ ތަމްސީލްކޮށްފައެވެ.

ސްކޮލަރޝިޕް އެތުލީޓުންގެ ތެރެއިން ރާއްޖެއަށް މެޑަލް ހޯދައިދިން އެތުލީޓުން:

މޫސާ މުންސިފް އަހްމަދު ( ޓޭބަލް ޓެނިސް) - މިކްސް ޑަބަލްސް (ރަން މެޑަލް) ، މެންސް ޑަބަލްސް (ރިހި މެޑަލް)، އަދި މެންސް ޓީމް އިވެންޓް (ރިހި މެޑަލް)

ފާތިމަތު ޖުމާނާ ނިމާލް ( ޓޭބަލް ޓެނިސް) - ވިމެންސް ޓީމް އިވެންޓް (ރަން މެޑަލް)

މަރިޔަމް ރުއުޔާ އަލީ (އެތުލެޓިކްސް) - ވިމެންސް 100×4 ރިލޭ (ލޯ މެޑަލް)

ޝުބާ މުހައްމަދު ޝަރީފް (ބެޑްމިންޓަން) - ވިމެންސް ޓީމް އިވެންޓް (ރިހި މެޑަލް)

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ކުދި ވިޔަފާރިތަކަށް ބީއެމްއެލް މެދުވެރިކޮށް ޑޮލަރު ލިބުމާއި، ސަބްސްކްރިޕްޝަން ދެއްކުން އަންނަ މަހުން ފެށިގެން ފަހިވާނެ: ރައީސް
25 Oct 2026 ހަބަރު

ކުދި ވިޔަފާރިތަކަށް ބީއެމްއެލް މެދުވެރިކޮށް ޑޮލަރު ލިބުމާއި، ސަބްސްކްރިޕްޝަން ދެއްކުން އަންނަ މަހުން ފެށިގެން ފަހިވާނެ: ރައީސް

ރާއްޖޭގެ އުފެއްދުންތެރިންނާއި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ބޭންކް އޮފް މޯލްޑިވްސް )ބީއެމްއެލް( ގެ ގޭޓްވޭ މެދުވެރިކޮށް، ދުނިޔޭގެ ކޮންމެ ތަނަކުން ވެސް ޔޫއެސް ޑޮލަރުން ފައިސާ ބަލައިގަނެވޭނެ އިންތިޒާމު އަންނަ ނޮވެމްބަރު މަހުގެ އެއްވަނަ ދުވަހުން ފެށިގެން ހަމަޖެހިގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާނު ކުރައްވައިފިއެވެ.

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި
12 Oct 2026 ހަބަރު

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި

ފޯބްސް މަޖައްލާއިން ހޮވި މިއަހަރުގެ ދުނިޔޭގެ އެންމެ ހަރުދަނާ އަދި އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުގައި ރާއްޖޭގެ ގައުމީ ބޭންކު، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ހިމެނިއްޖެއެވެ. މިއީ މާކެޓް ރިސާޗް...

ރުފިޔާ އެކައުންޓްތަކަށް ދޫކޮށްފައިވާ ކާޑުތަކުން އަހަރުގެ މިހާތަނަށް 336 މިލިއަން ޑޮލަރުގެ މުއާމަލާތްކޮށްފި: ބީއެމްއެލް
10 Oct 2026 ހަބަރު

ރުފިޔާ އެކައުންޓްތަކަށް ދޫކޮށްފައިވާ ކާޑުތަކުން އަހަރުގެ މިހާތަނަށް 336 މިލިއަން ޑޮލަރުގެ މުއާމަލާތްކޮށްފި: ބީއެމްއެލް

ބޭންކް އޮފް މޯލްޑިވްސްއިން ކަސްޓަމަރުންނަށް ދޫކޮށްފައިވާ ދިވެހި ރުފިޔާ ކާޑުތަކުން މިއަހަރުގެ މިހާތަނަށް ކުރި، ބޭރު ފައިސާގެ މުއާމަލާތްތަކުގެ އަގު 336 މިލިއަން ޑޮލަރަށް އަރާފައިވާ ކަމަށް އެ ބޭންކުން ހާ...

ނިމިގެންދިޔައީ ބީއެމްއެލްގެ ތާރީހުގައި އެންމެ ކާމިޔާބު ނުވަ މަސް
09 Oct 2026 ހަބަރު

ނިމިގެންދިޔައީ ބީއެމްއެލްގެ ތާރީހުގައި އެންމެ ކާމިޔާބު ނުވަ މަސް

މި އަހަރުގެ ފުރަތަމަ ނުވަ މަސްދުވަހަކީ ބީއެމްއެލްގެ ތާރީހުގައި އެންމެ ކާމިޔާބު ނުވަ މަސް ކަަމަށް އެ ބެންކުން ބުނެފި އެވެ. އެ ބެންކުން ވަނީ މި އަހަރުގެ ނިމުނު މުއްދަތުގެ މާލީ ނަތީޖާތައް އާންމުކޮށްފަ އެ...

އޭޓީއެމުން ޑޮލަރު ނެގޭނެ ލިމިޓެއް؛ ދެން ނެގޭނީ މަހަކު 3،500 ޑޮލަރު
01 Oct 2026 ހަބަރު

އޭޓީއެމުން ޑޮލަރު ނެގޭނެ ލިމިޓެއް؛ ދެން ނެގޭނީ މަހަކު 3،500 ޑޮލަރު

އޭޓީއެމް މެދުވެރިކޮށް ކަސްޓަމަރަކަށް މަހެއްގެ މައްޗަށް ނަގުދު ފައިސާ އިން ޑޮލަރު ނެގޭ އަދަދު 3,500 ޑޮލަރު ކަމުގައި ހަމަޖައްސައިފި އެވެ. ބެންކު އޮފް މޯލްޑިވްސް އިން ބުނީ ދިވެހިރާއްޖޭގައި ޒަމާނީ، "ޑިޖިޓ...

ސަރުކާރުން ޓީބިލަށް ފައިސާ ދެއްކުމާ އެ ބޭންކާ ގުޅުމެއް ނެތް: ބީއެމްއެލް
19 Sep 2026 ހަބަރު

ސަރުކާރުން ޓީބިލަށް ފައިސާ ދެއްކުމާ އެ ބޭންކާ ގުޅުމެއް ނެތް: ބީއެމްއެލް

ސްޓޭޓް ބޭންކް އޮފް އިންޑިއާ ސަރުކާރުން ދައްކަންޖެހޭ ޓްރެޜަރީ ބިލް ފެސިލިޓީގެ ބާކީ 50 މިލިއަން ޑޮލަރު ދެއްކުމުގައި ބޭންކް އޮފް މޯލްޑިވްސްއިން ފައިސާ ނަގާފައިވާކަމަށް ދެކެވެމުންދާ ވާހަކަތައް އެ ބޭންކުން...