އައު ޓްރާންސްފޯމަރ ބެހެއްޓުމުގެ މަސައްކަތުގެ ތެރެއިން--ފޮޓޯ/ސްޓެލްކޯ
އައު ޓްރާންސްފޯމަރ ބެހެއްޓުމުގެ މަސައްކަތުގެ ތެރެއިން--ފޮޓޯ/ސްޓެލްކޯ
ހަބަރު 06 Dec 2023 | 07:46

އާއްމުންގެ ޝަކުވާ ލިބެމުންދިޔަ ސަބްސްޓޭޝަން ނެގުމުގެ މަސައްކަތް ސްޓެލްކޯއިން ފަށައިފި!

ރައްޔިތުންނަށް ތަކުލީފަކަށް ވާގޮތަށް މާވެޔޮ މިސްކިތް ކައިރީ، މަގުމައްޗަށް ވާގޮތަށް ބަހައްޓާފައިވާ ސަބްސްޓޭޝަން އެތަނުން ނެގުމުގެ މަސައްކަތް ސްޓެލްކޯއިން ފަށައިފި އެވެ.

ސްޓެލްކޯގެ އައު މެނޭޖިންގ ޑިރެކްޓަރު ހުސައިން ފަހުމީ މަގާމާއި ހަވާލުވެވަޑައިގެންނެވި ފުރަތަމަ ދުވަހު ވަނީ ރައްޔިތުންނަށް ތަކުލީފަކަށް ވާގޮތަށް މާވެޔޮ މިސްކިތް ކައިރީ، މަގުމައްޗަށް ވާގޮތަށް ބަހައްޓާފައިވާ ސަބްސްޓޭޝަން އެތަނުން ނަގާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.

އެކަމާއި ގުޅިގެން މިއަދު ސްޓެލްކޯއިން ކުރި ޓުވީޓެއްގައި ބުނީ، އެ ސަބްސްޓޭޝަން ނެގުމަށްޓަކައި ބަހައްޓަންޖެހޭ ފުރަތަމަ ޓްރާންސްފޯމަރު ރޭ ބަހައްޓާފައިވާ ކަމަށެވެ.

އަދި އެ ކުންފުނީގެ އަމާޒަކީ މި އަހަރު ނިމުމުގެ ކުރިން އައު ސަބްސްޓޭޝަންގެ މަސައްކަތް ނިންމައި، މާވެޔޮ މިސްކިތް ސަރަހައްދުގައި ހުރި ސަބްސްޓޭޝަން ނަގައި، އޭގެ ފަސޭހަ ރައްޔިތުންނަށް ލިއްބައިދިނުން ކަމަށްވެސް ބުނެފައިވެއެވެ.

އައު އެމްޑީ ހުސައިން ފަހުމީ މަގާމާއި ހަވަާލުވެ ވަޑައިގެންނެވުމަށްފަހު ވަނީ މާވެޔޮ މިސްކިތް ކައިރީގައި މަގުމައްޗަށް ވާގޮތަށް ބަހައްޓާފައިވާ ސްޓެލްކޯގެ ޓްރާންސްފޯމަރު ހުންނަ ސަރަހައްދަށް ވަޑައިގެން އެތަން ބައްލަވާލައްވާފައެވެ.

އެ ޓްރާންސްފޯމަރަކީ އެ ސަރަހައްދާއި، އެމަގު ބޭނުން ކުރާ ގިނަ އަދަދެއްގެ ރައްޔިތުންނަށް ތަކުލީފަކަށްވެފައިވާކމުގެ ޝަކުވާ ލިބިފައިވާ ޓްރާންސްފޯމަރެއްކަމުގައި ސްޓެލްކޯއިން ބުނެއެވެ.

ސްޓެލްކޯގެ އައު އެމްޑީ ފަހުމީ ވަނީ އެ ސަރަހައްދަށް ވަޑައިގެން އެ ޓްރާންސްފޯމަރާއި ހެދި ވަމުންދާ އުނދަގޫތަކަށް ރައްޔިތުންގެ ކިބައިން މާފަށް އެދިވަޑައިގެންފައެވެ. އަދި އެ ޓްރާންފޯމަރު ނެގުމުގެ އަމަލީ މަސައްކަތް ފައްޓަވައި، މި އަހަރު ނިމުމުގެ ކުރިން މަގުމަތިން އެ ޓްރާންސްފޯމަރު ނަގާނެ ކަމަށް ފަހުމީ ވަނީ ވިދާޅުވެފައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ބާރު ސްޕީޑުގައި ދުއްވި ސައިކަލަކުން ޖެހި ހައިވޭގައި ޑިއުޓީގައި ހުރި ފުލުހަކަށް ވަރަށް އަނިޔާވެއްޖެ
17 Oct 2026 ހަބަރު

ބާރު ސްޕީޑުގައި ދުއްވި ސައިކަލަކުން ޖެހި ހައިވޭގައި ޑިއުޓީގައި ހުރި ފުލުހަކަށް ވަރަށް އަނިޔާވެއްޖެ

ފުލުހުން މީހާ އަނިޔާވެގެން ވެއްޓިފައި އޮތް މަންޒަރު ވޮއިސްގެ ނޫސްވެރީންނަށް ފެނިފައިވެ އެވެ.

ސައިކަލެއް ވަގަށް ނަގާ ފޭކު ބޯޑެއް ހަރުކުރި އިތުރު މައްސަލައެއް؛ މި ފަހަރު ލަންކާ ދެ މީހެއް
16 Oct 2026 ހަބަރު

ސައިކަލެއް ވަގަށް ނަގާ ފޭކު ބޯޑެއް ހަރުކުރި އިތުރު މައްސަލައެއް؛ މި ފަހަރު ލަންކާ ދެ މީހެއް

ވަގަށް ނަގާފައިވާ އުޅަނދެއް ބޭނުންކުރި ކަމުގެ ތުހުމަތުގައި މި ދެ މީހުން ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައެވެ.

ސައިކަލުގެ ނަންބޯޑް ބަދަލުކޮށް ވަގަށް ނަގައިފި، ތުހުމަތު އޮތް ތިން މީހުން ހައްޔަރު
16 Oct 2026 ހަބަރު

ސައިކަލުގެ ނަންބޯޑް ބަދަލުކޮށް ވަގަށް ނަގައިފި، ތުހުމަތު އޮތް ތިން މީހުން ހައްޔަރު

މި މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ 45 އަހަރުގެ ދެ ފިރިހެނުންނާއި 39 އަހަރުގެ ފިރިހެނެކެވެ.

ވީޑިއޯގައި ފެންނަނީ ކުޅޭކުޅޭ ބަޑިތަކެއް، ފުލުހުންގެ ބެލުމުގެ ދަަށަށް ގެނެސްފި
16 Oct 2026 ހަބަރު

ވީޑިއޯގައި ފެންނަނީ ކުޅޭކުޅޭ ބަޑިތަކެއް، ފުލުހުންގެ ބެލުމުގެ ދަަށަށް ގެނެސްފި

އެއީ ވީޑިއޯއެއް ކުޅުމުގެ ބޭނުމުގައި ކުރިކަމެއް ކަމަށް އެފަރާތުން ވަނީ ބުނެފައި ކަމަށް ފުލުހުން ބުންޏެވެ.

ކުޅުދުއްފުށީގައި ނުރައްކާތެރި އެކްސިޑެންޓެއް: ކުއްޖަކަށާއި ދެ މީހަކަށް ވަރަށް އަނިޔާވެއްޖެ
16 Oct 2026 ހަބަރު

ކުޅުދުއްފުށީގައި ނުރައްކާތެރި އެކްސިޑެންޓެއް: ކުއްޖަކަށާއި ދެ މީހަކަށް ވަރަށް އަނިޔާވެއްޖެ

ދެ ސައިކަލު ޖެހި ހިނގި މި އެކްސިޑެންޓްގައި އަނިޔާވީ 17 އަހަރުގެ ފިރިހެން ކުއްޖަކަށާއި 20 އަހަރުގެ ފިރިހެނަކާއި 32 އަހަރުގެ އަންހެނަކަށެވެ.

ކައުންސިލުގެ 14 ބިމެއް ސަރުކާރަށް ނެގުމުން ކުއްލި ބައްދަލްވުމެއް
16 Oct 2026 ހަބަރު

ކައުންސިލުގެ 14 ބިމެއް ސަރުކާރަށް ނެގުމުން ކުއްލި ބައްދަލްވުމެއް

ކައުންސިލުން ބުނީ މިރޭ 9:00 ގައި ކައުންސިލްގެ ކުއްލި ޖަލްސާއެއް ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ.

ހުޅުމާލޭގައި ދެ ސައިކަލު ޖެހި އެކްސިޑެންޓެއް ހިނގައި އަންހެނަކަށް އަނިޔާވެއްޖެ
16 Oct 2026 ހަބަރު

ހުޅުމާލޭގައި ދެ ސައިކަލު ޖެހި އެކްސިޑެންޓެއް ހިނގައި އަންހެނަކަށް އަނިޔާވެއްޖެ

މި ހާދިސާގައި އަނިޔާވެފައިވަނީ ސައިކަލުގެ ފަހަތުގައި އިން އަންހެނަކަށެވެ. ނަމަވެސް އެކްސިޑެންޓްވި ދެ ސައިކަލު ދުއްވަން ތިބި ދެ ފިރިހެނުންނަށް އެއްވެސް އަނިޔާއެއް ލިބިފައެއް ނުވާ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

ޔޫއޭއީގައި ހިފެހެއްޓި ދިވެހި ދެ ޕައިލެޓުން ރާއްޖެ ފޮނުވާލައިފި
16 Oct 2026 ހަބަރު

ޔޫއޭއީގައި ހިފެހެއްޓި ދިވެހި ދެ ޕައިލެޓުން ރާއްޖެ ފޮނުވާލައިފި

އެ ދެ ޕައިލެޓުން ރާއްޖެ ފޮނުވާލީ ކީއްވެ ކަމެއް ސާފެއް ނުވެ އެވެ.