އާބަންކޯގެ އެމްޑީ ފަޒުލް ދެއްވި ޕްރެސް ކޮންފަރެންސްގެ ތެރެއިން/ ފޮޓޯ: ވޮއިސް
އާބަންކޯގެ އެމްޑީ ފަޒުލް ދެއްވި ޕްރެސް ކޮންފަރެންސްގެ ތެރެއިން/ ފޮޓޯ: ވޮއިސް
ހަބަރު 06 Dec 2023 | 12:17

ހިޔާ ޓަވަރުތަކުގައި އިތުރު ލިފްޓް ހަރުކުރުމުގެ މަސައްކަތް ފަށައިފިން: ފަޒުލް

ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ރިޔާސީ އިންތިޚާބުގެ ކެމްޕޭނު ތެރޭގައި ވައުދުވެވަޑައިގެންނެވި ގޮތަށް ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އަޅާފައިވާ ހިޔާ ޓަވަރުތަކުގައި އިތުރު ފްލެޓު ހަރުކުރުމުގެ މަސައްކަތް އާބަންކޯއިން ފަށާފައިވާކަން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދު ހާމަކުރައްވައިފި އެވެ.

ފަޒުލް މިފަދައިން ހާމަކުރައްވާފައިވަނީ ހިޔާ ފްލެޓުގެ ފިނިޝިން މަސައްކަތް ކުރުމަށް ރައްޔިތުންގެ ޖީބުން ކުރި ޚަރަދު އަނބުރާ ލިބޭނެ ފަދަ ލުއި އިންތިޒާމުތަކެއް ސަރުކާރުން ހަމަޖެއްސުމާއި ގުޅިގެން، އެ މަސައްކަތް ކުރިއަށް ގެންދާނެ ގޮތުގެ ތަފްސީލު މީޑިއާއަށް ހާމަކުރުމަށް އާބަންކޯއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ނެވެ.

ފަޒުލް ވިދާޅުވީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހަދާފައިވާ ހިޔާ ޓަވަރުތަކުގައި، ކޮންމެ ޓަރެއްގައި ދެ ލިފްޓު އިތުރަށް ހަރުކޮށްދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ރިޔާސީ އިންތިޚާބުގެ ކެމްޕޭނުގެ ތެރޭގައި ވިދާޅުވެފައި ވާ ކަމަށެވެ.

އެ ކަމަކީ އެމަނިކުފާނު ވެރިކަމުގެ މަސްއޫލިއްޔަތުތަކާއި ހަވާލުވެވަޑައިގަތުމަށް ފަހު އެންމެ އިސްކަމެއް ދެއްވައިގެން ކުރައްވާނެ ކަންކަން ހިމެނޭހެން އެކުލަވާލައްވާފައިވާ ހަފްތާ 14 މަގުޗާޓުގައި ވެސް ހިމެނޭ ކަމެއްކަން ފަޒުލް ފާހަގަކުރެއްވި އެވެ.

އެއާއެކު އޭނާ ވިދާޅުވީ އެ މަސައްކަތް މިހާރު އާބަންކޯއިން ފަށާފައިވާ ކަމަށެވެ.

"ލިފްޓުގެ ކަންތަކުގައި، މިހާރު ލިފްޓުގެ ކަންތަކުގައި އަޅުގަނޑުމެން މިހާރު މަސައްކަތް ފަށައިފިން. 14 ހަފްތާގެ ޕްލެޖުގެ ތެރޭގައި ހިމެނޭކަމެއް ތިވިދާޅުވީ"

އާބަންކޯގެ އެމްޑީ ފަޒުލް ރަޝީދު

ފަޒުލް އިތުރަށް ވިދާޅުވީ ހިޔާ ފްލެޓުތަކާއި ވިނަރެސް ފްލެޓުތަކުގެ މަސައްކަތްތައް ވެސް ބަލައި، ހުރި މައްސަލަތައް ދެނެގަތުމުގެ މަސައްކަތް އާބަންކޯއިން ކުރަމުންދާ ކަމަށެވެ.

އޭގެ އިތުރުން އެ ކުންފުނިން މަސައްކަތް ކުރާނީ ރައްޔިތުންނަށް ދިމާވެފައިވާ މައްސަލަތައް ވީ އެންމެ އަވަހަކަށް ޙައްލުކޮށްދެއްވުމަށް ކަމަށާއި، އެކަން ކުރައްވާނެ ކަމުގެ ފުރިހަމަ ޔަގީންކަން ދެއްވާކަމަށް ވެސް ފަޒުލް ވިދާޅުވި އެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ބާރު ސްޕީޑުގައި ދުއްވި ސައިކަލަކުން ޖެހި ހައިވޭގައި ޑިއުޓީގައި ހުރި ފުލުހަކަށް ވަރަށް އަނިޔާވެއްޖެ
17 Oct 2026 ހަބަރު

ބާރު ސްޕީޑުގައި ދުއްވި ސައިކަލަކުން ޖެހި ހައިވޭގައި ޑިއުޓީގައި ހުރި ފުލުހަކަށް ވަރަށް އަނިޔާވެއްޖެ

ފުލުހުން މީހާ އަނިޔާވެގެން ވެއްޓިފައި އޮތް މަންޒަރު ވޮއިސްގެ ނޫސްވެރީންނަށް ފެނިފައިވެ އެވެ.

ސައިކަލެއް ވަގަށް ނަގާ ފޭކު ބޯޑެއް ހަރުކުރި އިތުރު މައްސަލައެއް؛ މި ފަހަރު ލަންކާ ދެ މީހެއް
16 Oct 2026 ހަބަރު

ސައިކަލެއް ވަގަށް ނަގާ ފޭކު ބޯޑެއް ހަރުކުރި އިތުރު މައްސަލައެއް؛ މި ފަހަރު ލަންކާ ދެ މީހެއް

ވަގަށް ނަގާފައިވާ އުޅަނދެއް ބޭނުންކުރި ކަމުގެ ތުހުމަތުގައި މި ދެ މީހުން ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައެވެ.

ސައިކަލުގެ ނަންބޯޑް ބަދަލުކޮށް ވަގަށް ނަގައިފި، ތުހުމަތު އޮތް ތިން މީހުން ހައްޔަރު
16 Oct 2026 ހަބަރު

ސައިކަލުގެ ނަންބޯޑް ބަދަލުކޮށް ވަގަށް ނަގައިފި، ތުހުމަތު އޮތް ތިން މީހުން ހައްޔަރު

މި މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ 45 އަހަރުގެ ދެ ފިރިހެނުންނާއި 39 އަހަރުގެ ފިރިހެނެކެވެ.

ވީޑިއޯގައި ފެންނަނީ ކުޅޭކުޅޭ ބަޑިތަކެއް، ފުލުހުންގެ ބެލުމުގެ ދަަށަށް ގެނެސްފި
16 Oct 2026 ހަބަރު

ވީޑިއޯގައި ފެންނަނީ ކުޅޭކުޅޭ ބަޑިތަކެއް، ފުލުހުންގެ ބެލުމުގެ ދަަށަށް ގެނެސްފި

އެއީ ވީޑިއޯއެއް ކުޅުމުގެ ބޭނުމުގައި ކުރިކަމެއް ކަމަށް އެފަރާތުން ވަނީ ބުނެފައި ކަމަށް ފުލުހުން ބުންޏެވެ.

ކުޅުދުއްފުށީގައި ނުރައްކާތެރި އެކްސިޑެންޓެއް: ކުއްޖަކަށާއި ދެ މީހަކަށް ވަރަށް އަނިޔާވެއްޖެ
16 Oct 2026 ހަބަރު

ކުޅުދުއްފުށީގައި ނުރައްކާތެރި އެކްސިޑެންޓެއް: ކުއްޖަކަށާއި ދެ މީހަކަށް ވަރަށް އަނިޔާވެއްޖެ

ދެ ސައިކަލު ޖެހި ހިނގި މި އެކްސިޑެންޓްގައި އަނިޔާވީ 17 އަހަރުގެ ފިރިހެން ކުއްޖަކަށާއި 20 އަހަރުގެ ފިރިހެނަކާއި 32 އަހަރުގެ އަންހެނަކަށެވެ.

ކައުންސިލުގެ 14 ބިމެއް ސަރުކާރަށް ނެގުމުން ކުއްލި ބައްދަލްވުމެއް
16 Oct 2026 ހަބަރު

ކައުންސިލުގެ 14 ބިމެއް ސަރުކާރަށް ނެގުމުން ކުއްލި ބައްދަލްވުމެއް

ކައުންސިލުން ބުނީ މިރޭ 9:00 ގައި ކައުންސިލްގެ ކުއްލި ޖަލްސާއެއް ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ.

ހުޅުމާލޭގައި ދެ ސައިކަލު ޖެހި އެކްސިޑެންޓެއް ހިނގައި އަންހެނަކަށް އަނިޔާވެއްޖެ
16 Oct 2026 ހަބަރު

ހުޅުމާލޭގައި ދެ ސައިކަލު ޖެހި އެކްސިޑެންޓެއް ހިނގައި އަންހެނަކަށް އަނިޔާވެއްޖެ

މި ހާދިސާގައި އަނިޔާވެފައިވަނީ ސައިކަލުގެ ފަހަތުގައި އިން އަންހެނަކަށެވެ. ނަމަވެސް އެކްސިޑެންޓްވި ދެ ސައިކަލު ދުއްވަން ތިބި ދެ ފިރިހެނުންނަށް އެއްވެސް އަނިޔާއެއް ލިބިފައެއް ނުވާ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

ޔޫއޭއީގައި ހިފެހެއްޓި ދިވެހި ދެ ޕައިލެޓުން ރާއްޖެ ފޮނުވާލައިފި
16 Oct 2026 ހަބަރު

ޔޫއޭއީގައި ހިފެހެއްޓި ދިވެހި ދެ ޕައިލެޓުން ރާއްޖެ ފޮނުވާލައިފި

އެ ދެ ޕައިލެޓުން ރާއްޖެ ފޮނުވާލީ ކީއްވެ ކަމެއް ސާފެއް ނުވެ އެވެ.