އާބަންކޯ ގެ މެނޭޖިން ޑިރެކްޓަރ އިބްރާހީމް ފަޒުލް ރަޝީދު-- ފޮޓޯ: ވޮއިސް
އާބަންކޯ ގެ މެނޭޖިން ޑިރެކްޓަރ އިބްރާހީމް ފަޒުލް ރަޝީދު-- ފޮޓޯ: ވޮއިސް
ހަބަރު 06 Dec 2023 | 15:29

ހިޔާ ފްލެޓުތަކުގެ ކުލިން ލައްކައެއްހާ ރުފިޔާ ވަނީ މަޢާފްކޮށްދީފައި: ފަޒުލް

ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒުގެ ކެބިނެޓުން އިއްޔެ ނިންމެވި ނިންމުމާއި އެކު ހިޔާ ފްލެޓްތަކުގެ ކުލީގެ ތެރެއިން އެއް ލައްކައެއްހާ ރުފިޔާ މިހާރު މަޢާފްކޮށްދީފައިވާ ކަމަށް އާބަންކޯގެ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ފަޒުލް ރަޝީދު ހާމަކުރައްވައިފިއެވެ.

ފަޒުލް މިފަދައިން ވިދާޅުވީ މިއަދު އާބަންކޯގެ ފަރާތުން ކުރިއަށް މިއަދު ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެގޮތުން ފަޒުލް ވިދާޅުވީ ސަރުކާރުގެ ނިންމުމާއި އެކު ހިޔާ ފުލެޓަށް ފައިސާ ދައްކަންޖެހޭ މުއްދަތުވެސް ކުޑަވެފައިވާކަމަށެވެ. އަދި މި ބަދަލުގެ ސަބަބުން ރައީސް ވިދާޅުވިގޮތަށް ޖުމްލަ ދެލައްކައެއްހާ ރުފިޔާގެ ޑިސްކައުންޓެއް މިހާރު ފްލެޓްތަކުގެ ވެރިންނަށް ލިބޭނެއެވެ.

"ކުރިން 2.5 މިލިއަން ރުފިޔާގައި އިން އެއްޗަކަށް ދެލައްކައެއްހާ ރުފިޔާގެ ޑިސްކައުންޓެއް ލިބިގެން މިއައީ. "

ފަޒުލް ވިދާޅުވިއެވެ.

ފަޒުލް ވިދާޅުވީ 7 އަރަށް ބަހާލައިގެން ކުލި ކުޑަކުރުމުން، އެއިން ހަމަވަނީ، ލައްކައެއްހާ ރުފިޔާ ކުޑަ ވެގެންދާ ކަމަށެވެ. އަދި އިތުރު އެއްލައްކަ ރުފިޔާ މިހާރު ސަރުކާރުން މަޢާފްކޮށްދިނީކަމަށް ފަޒުލް ވިދާޅުވިއެވެ.

"މި ބަދަލާއެކު އެގްރިމަންޓްތައް މުރާޖަޢާ ކުރުމުގެ މަސައްކަތް މިދަނީ ކުރަމުން. ކުރިން 27 އަހަރާއި އިތުރު މަސްތަކަކަށް ކުލި ދައްކަން ޖެހޭގޮތަށް އޮތީ. މިހާރު ގެނައި ބަދަލުން ދެން ކުލި ދައްކަންޖެހޭނީ 26 އަހަރާއި 3 މަހު. އެހެންވީމަ އެއީ ވަގުތުން ވަގުތަށް ލިބިގެންދިޔަ ޑިސްކައުންޓް." ފަޒުލް ވިދާޅުވިއެވެ.

އިއްޔެ ކެބިނެޓާއި އެކު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ ހިޔާ ފްލެޓްތައް މަރާމާތު ކުރުމަށް ރައްޔިތުންގެ އަތުން ދިޔަ ޚަރަދުތަކަށްވާ ދެލައްކަ ރުފިޔާގެ ފައިސާ 7 އަހަރަށް ބަހާލައިގެން ކުލިން ކުޑަ ކުރާ ގޮތަށް ނިންމަވާފައެވެ.

އެގޮތުން  މިހާރު ހަދާފައިވާ 7 އަހަރު ދުވަހުގެ އެއްބަސްވުމުގައިވާ މަހަކު 5,300 ރުފިޔާގެ ކުލި، މަހަކު 3,984 ރުފިޔާ އަށް ކުޑަ ކޮށްދިނުމަށް ނިންމަވާފައިވާކަމަށް ރައީސް ޑރ.މުއިއްޒު ވަނީ ފާހަގަ ކުރައްވާފައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ބާރު ސްޕީޑުގައި ދުއްވި ސައިކަލަކުން ޖެހި ހައިވޭގައި ޑިއުޓީގައި ހުރި ފުލުހަކަށް ވަރަށް އަނިޔާވެއްޖެ
17 Oct 2026 ހަބަރު

ބާރު ސްޕީޑުގައި ދުއްވި ސައިކަލަކުން ޖެހި ހައިވޭގައި ޑިއުޓީގައި ހުރި ފުލުހަކަށް ވަރަށް އަނިޔާވެއްޖެ

ފުލުހުން މީހާ އަނިޔާވެގެން ވެއްޓިފައި އޮތް މަންޒަރު ވޮއިސްގެ ނޫސްވެރީންނަށް ފެނިފައިވެ އެވެ.

ސައިކަލެއް ވަގަށް ނަގާ ފޭކު ބޯޑެއް ހަރުކުރި އިތުރު މައްސަލައެއް؛ މި ފަހަރު ލަންކާ ދެ މީހެއް
16 Oct 2026 ހަބަރު

ސައިކަލެއް ވަގަށް ނަގާ ފޭކު ބޯޑެއް ހަރުކުރި އިތުރު މައްސަލައެއް؛ މި ފަހަރު ލަންކާ ދެ މީހެއް

ވަގަށް ނަގާފައިވާ އުޅަނދެއް ބޭނުންކުރި ކަމުގެ ތުހުމަތުގައި މި ދެ މީހުން ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައެވެ.

ސައިކަލުގެ ނަންބޯޑް ބަދަލުކޮށް ވަގަށް ނަގައިފި، ތުހުމަތު އޮތް ތިން މީހުން ހައްޔަރު
16 Oct 2026 ހަބަރު

ސައިކަލުގެ ނަންބޯޑް ބަދަލުކޮށް ވަގަށް ނަގައިފި، ތުހުމަތު އޮތް ތިން މީހުން ހައްޔަރު

މި މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ 45 އަހަރުގެ ދެ ފިރިހެނުންނާއި 39 އަހަރުގެ ފިރިހެނެކެވެ.

ވީޑިއޯގައި ފެންނަނީ ކުޅޭކުޅޭ ބަޑިތަކެއް، ފުލުހުންގެ ބެލުމުގެ ދަަށަށް ގެނެސްފި
16 Oct 2026 ހަބަރު

ވީޑިއޯގައި ފެންނަނީ ކުޅޭކުޅޭ ބަޑިތަކެއް، ފުލުހުންގެ ބެލުމުގެ ދަަށަށް ގެނެސްފި

އެއީ ވީޑިއޯއެއް ކުޅުމުގެ ބޭނުމުގައި ކުރިކަމެއް ކަމަށް އެފަރާތުން ވަނީ ބުނެފައި ކަމަށް ފުލުހުން ބުންޏެވެ.

ކުޅުދުއްފުށީގައި ނުރައްކާތެރި އެކްސިޑެންޓެއް: ކުއްޖަކަށާއި ދެ މީހަކަށް ވަރަށް އަނިޔާވެއްޖެ
16 Oct 2026 ހަބަރު

ކުޅުދުއްފުށީގައި ނުރައްކާތެރި އެކްސިޑެންޓެއް: ކުއްޖަކަށާއި ދެ މީހަކަށް ވަރަށް އަނިޔާވެއްޖެ

ދެ ސައިކަލު ޖެހި ހިނގި މި އެކްސިޑެންޓްގައި އަނިޔާވީ 17 އަހަރުގެ ފިރިހެން ކުއްޖަކަށާއި 20 އަހަރުގެ ފިރިހެނަކާއި 32 އަހަރުގެ އަންހެނަކަށެވެ.

ކައުންސިލުގެ 14 ބިމެއް ސަރުކާރަށް ނެގުމުން ކުއްލި ބައްދަލްވުމެއް
16 Oct 2026 ހަބަރު

ކައުންސިލުގެ 14 ބިމެއް ސަރުކާރަށް ނެގުމުން ކުއްލި ބައްދަލްވުމެއް

ކައުންސިލުން ބުނީ މިރޭ 9:00 ގައި ކައުންސިލްގެ ކުއްލި ޖަލްސާއެއް ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ.

ހުޅުމާލޭގައި ދެ ސައިކަލު ޖެހި އެކްސިޑެންޓެއް ހިނގައި އަންހެނަކަށް އަނިޔާވެއްޖެ
16 Oct 2026 ހަބަރު

ހުޅުމާލޭގައި ދެ ސައިކަލު ޖެހި އެކްސިޑެންޓެއް ހިނގައި އަންހެނަކަށް އަނިޔާވެއްޖެ

މި ހާދިސާގައި އަނިޔާވެފައިވަނީ ސައިކަލުގެ ފަހަތުގައި އިން އަންހެނަކަށެވެ. ނަމަވެސް އެކްސިޑެންޓްވި ދެ ސައިކަލު ދުއްވަން ތިބި ދެ ފިރިހެނުންނަށް އެއްވެސް އަނިޔާއެއް ލިބިފައެއް ނުވާ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

ޔޫއޭއީގައި ހިފެހެއްޓި ދިވެހި ދެ ޕައިލެޓުން ރާއްޖެ ފޮނުވާލައިފި
16 Oct 2026 ހަބަރު

ޔޫއޭއީގައި ހިފެހެއްޓި ދިވެހި ދެ ޕައިލެޓުން ރާއްޖެ ފޮނުވާލައިފި

އެ ދެ ޕައިލެޓުން ރާއްޖެ ފޮނުވާލީ ކީއްވެ ކަމެއް ސާފެއް ނުވެ އެވެ.