ދަރުބާރުގެ ސަރަހައްދު ޓްރެފިކް ފްލޯއަށް މާދަމާ ހެނދުނު ބަދަލުތަކެއް
ދަރުބާރުގެ ސަރަހައްދުގެ ޓްރެފިކް ފްލޯއަށް މާދަމާ ހެނދުނު ބަދަލުތަކެއް އަންނާނެ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
މިކަން ހާމަކޮށް ފުލުހުން ބުނެފައިވަނީ، ބައިނަލްއަގްވާމީ އެންޓިކޮރަޕްޝަން ދުވަހުގެ މުނާސަބާގައި ބާއްވާ ޖަލްސާ ކުރިއަށް ގެންދިއުމަށްޓަކައި މާދަމާ ހެނދުނު އެ ސަރަހައްދުގެ ޓްރެފިކް ފްލޯއަށް ބަދަލުތަކެއް އަންނާނެކަމަށެވެ.
އެގޮތުން ހެނދުނު 09:30 އިން ފެށިގެން އެ ރަސްމިއްޔާތު ނިމެންދެން ދަރުބާރުގެ ހިމެނޭ ސަރަހައްދުގެ ޓްރެފިކް ފްލޯއަށް ގެނެވޭނެ ކަމަށް ވިދާޅުވެފައި ވެއެވެ.

މިގޮތުން އެވަގުތު ތަކުގައި ދަރުބާރުގެ ހުންނަ މަގު ވަންވޭއަށް ބަދަލު ކުރުމަށް ނިންމާފައިވާއިރު، މޫނިމާ މަގުގައި ޕާކް ކުރުން މަނާ ކޮށްފައި ވެއެވެ. އަދި އިރުދޭމާ ހިނގުމާއި، ޖަނަވަރީން ހިނގުން ވަނީ ހަތަރުފުރޮޅުލީ އުޅަނދުފަހަރު ވަނުން މަނާ ސަރަހައްދެއްގެ ގޮތުގައި ކަނޑައަޅައިފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް