ހުޅުމާލެ ދެވަނަ ފިޔަވަހީގައި މީހަކަށް ތޫނު އެއްޗަކުން ހަމަލާދީފި
ހުޅުމާލެ ދެވަނަ ފިޔަވަހީގައި މީހަކަށް ތޫނުއެއްޗަކުން ހަމަލާދީ ޒަހަމްކޮށްލައިފިއެވެ.
ފުލުހުން ވިދާޅުވީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީ ހިޔާ6 ގައި މިރޭ ތޫނު އެއްޗަކުން މީހަކަށް ހަމަލާދިން މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި ފުލުހުން މިހާރު އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.
މިހާދިސާ ގައި އަނިޔާވެފައިވަނީ ދިވެހި ފިިރިހެނަކަށް ކަމުގައި ފުލުހުން ބުނެއެވެ.
އަނިޔާވީ މީހާއަށް އިތުރު ފަރުވާ ދިނުމަށްޓަކައި މިހާރު ހޮސްޕިޓަލަށް ވަނީ ގެންދެވިފައި ކަމުގައި ފުލުުހުން ބުނެއެވެ.
މި މައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް