ދުބާއީ ޑިއުޓީ ފްރީގެ ޕްރޮމޯޝަނަކުން ދިވެއްސަކަށް އެއް މިލިއަން ޑޮލަރު!
ދުބާއީ އިންޓަނޭޝަނަލް އެއާޕޯޓުގެ ޑިއުޓީ ފްރީ (ޑީޑީއެފް)އިން ބާއްވާ 'މިލެނިއަމް މިލިއަނާ' ޕްރޮމޯޝަނުން ދިވެއްސަކަށް އެއް މިލިއަން ޑޮލަރު ލިބިއްޖެއެވެ.
މިއީ 1999 ގައި އެ ޕްރޮމޯޝަން ފެށި ފަހުން ދިވެއްސަކު އެއް މިލިއަން ޑޮލަރު ކާމިޔާބު ކުރި ފުރަތަމަ ފަހަރު ކަަމަށް ގަލްފް ނިއުސްގައި ބުނެފައި ވެއެވެ.
އެއް މިލިއަން ޑޮލަރު ލިބުނީ އަހުމަދު ނާސިރު ކިޔާ ދިވެއްސަކަށެވެ. ނަމަވެސް އޭނާއަށް މިހާތަނަށް ނުގުޅޭތީވެ، އޭނާއަށް އެ މައުލޫމާތު ހިއްސާކުރެވިފައެއް ނުވެއެވެ.
އަހުމަދު ނާސިރުގެ ޓިކެޓް ނަމްބަރަކީ 1174 ކަމަށާއި އޭނާ އޮންލައިން ކޮށް ޓިކެޓް ގަނެފައި ވަނީ މިދިޔަ މަހުގެ 16 ގައި ކަމަށް އެ ނޫހުގައިވެއެވެ.
މިލިނިއަމް މިލިއަނަރުގެ ގުރުއަތުގެ އިތުރުންވެސް ފައިނެސްޓް ސަޕްރައިޒް ގެ ގޮތުގައި ދޫކުރުމަށް ހަމަޖެހިފައިވާ ލަގްޒަރީ ދެ މޮޓޯސައިކަލަށް ވެސް ގުރުއަތުލުން މިއަދު ވަނީ ޑީޑީއެފުން ކުރިއަށް ގެންގޮއްސައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް