މެޑަމް އައިޝާ ހާއްސަ ޖަމިއްޔާއެއް އުފައްދައިފި
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
ޖުމްހޫރީ ޕާޓީގެ ކައުންސިލް މެންބަރ އަދި އެޕާޓީގެ ލީޑަރ ގާސިމް އިބްރާހީމްގެ އަނބިކަނބަލުން އައިޝަތު ނަހުލާގެ ޚާއްސަ ހިލޭ ސާބަހަށް މަސައްކަތް ކުރާ ޖަމިއްޔާއެއް، މިރޭ އިފްތިތާހުކޮށްފިއެވެ.
ހޮޓެލް ޖެންގައި ކުރިއަށް ދިޔަ ހަފްލާއެއްގައި މި ޖަމިއްޔާ އިފްތިތާހުކޮށްދެއްވީ ރާއްޖޭގެ ކުރީގެ ފަސްޓް ލޭޑީ، ލައިލާ އަލީއެވެ. އެސޯސިއޭޝަން ފޯ ސޯޝަލް ބެނިފިޓްސް އެންޑް އެއިޑް ނުވަތަ "އަސްބާ" ނަމުގެ ޖަމިއްޔާގެ ދެ ފައުންޑަރ މެންބަރުންނަކީ އައިޝަތު ނަހުލާއާއި އެކަމަނާގެ މަންމާފުޅު ހަދީޖާ އިބްރާހީމްއެވެ.
މި ހަފްލާގައި ވާހަކަފުޅު ދައްކަވަމުން އައިޝާ ވިދާޅުވީ މަސައްކަތުގެ ނަތީޖާ ނެރެން ވިސްނާ މީހަކަށް އެންމެ މުހިންމުވަނީ ވަގުތީ ނަތީޖާއަކަށް ވުރެ ދެމެހެއްޓެނިވި ނަޖީޖާއެއް ނެރުން ކަމަށާއި އަދި މިފަށާ ޖަމިއްޔާގެ އަމާޒަކީ އިޖްތިމާއީ ބައެއް މައްސަލަތަކަށް ދެމެހެއްޓެނިވި ހައްލެއް ނެރެދިނުމުގައި ވެވުނު ވަރަކުން އެހީތެރިވުން ކަމަށެވެ.
އަދި އެހެންމެ ގިނަ ދުވަހަށް ދެމިގެންދާނެ ގޮތަށް ކަންކަން ތަރުތީބުވާނީ، ފަރުދުން ބާރުވެރިކުރުވައިގެން ކަމަށްވެސް އައިޝާ ވަނީ ފާހަގަކުރައްވާފައެވެ.
މި ހަފްލާގައި އެކަމަނާ ވަނީ ޖަމިއްޔާ އުފެއްދުމުގެ މަސައްކަތުގައި އެންމެ ބޮޑު އެއް ހިތްވަރަކީ އެކަމަނާގެ އާއިލާ ކަމަށް ވިދާޅުވެ އާއިލާގެ އެންމެހާ މެންބަރުންނަށް ޝުކުރު ދަންނަވާފައެވެ. މި ހަފްލާގައި އިދިކޮޅު ސިޔާސީ ލީޑަރުންވެސް ވަނީ ބައިވެރިވެ ވަޑައިގަންނަވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް