ދަރިވަރަކު އެސައިމަންޓެއް ތައްޔާރުކުރުމުގައި.... ފޮޓޯ: ވޮއިސް
ދަރިވަރަކު އެސައިމަންޓެއް ތައްޔާރުކުރުމުގައި.... ފޮޓޯ: ވޮއިސް
ރިޕޯޓް 06 Jul 2025 | 10:30

އަގަށް އެސައިމަންޓް ހަދައިދިނުމުގެ މައްސަލަ; އަދިވެސް ވަރަށްބޮޑު

އަބްދުﷲ ހުސައިން

ލިޔުންތެރިޔާ

އަބްދުﷲ ހުސައިން

މަތީ ތައުލީމް ނިންމާފައި މަސައްކަތުގެ މައިދާނަށް ނިކުތުމާއެކު ބައެއް ދަރިވަރުން ތައުލީމީ މައިދާނުން ފެނުނު ނަތީޖާ އަމަލީ މައިދާނުގައި ފެންނަމުންނުދާ ވާހަކައަކީ މިއަދު އަހަރެމެންގެ ތެރޭގައި ދެކެވޭ ވާހަކައެކެވެ. ގުޅުންހުރި ވަޒީފާގެ ދާއިރާއިން ކޯސްތައް ހަދައި ރަނގަޅު ނަތީޖާއާއެކު އައިނަމަވެސް މަސައްކަތުގެ މައިދާނުގައި އެ ގާބިލުކަން ފެނިގެން ނުދާކަމީ ވަޒީފާދޭ ތަންތަނުން ފާހަގަކުރަމުން އަންނަކަމެކެވެ.

ވޮއިސްއާ މައުލޫމާތު ހިއްސާކުރަމުން ނަން ހާމަނުކުރުމަށް ޝަރުތުކޮށް ނަން މަޝްހޫރު އަމިއްލަ ކުންފުންޏެއްގެ ވެރިއަކު ބުނީ، މިހާރު ވަޒީފާއަށް ވައްދާ ކުއްޖަކަށް ދިވެހި އަދި އިނގިރޭސިބަހުން ރަނގަޅަށް އިބާރާތްކޮށް ސިޓީއެއް ނުވަތަ މެއިލްއެއްވެސް ލިޔެލަން ނޭނގޭކަމަށާއި، އިލްމީ ފެންވަރަށް ބަލައި ވަޒީފާދޭން ޖެހިލުންވާފަހަރުވެސް އަންނަކަމަށެވެ.

" ޕްރެޒެންޓޭޝަނެއް ހަދަން ދިނީމަވެސް އަޅުގަނޑުމެންނަށް ފާހަގަވިކަމަކީ އެ ކުއްޖާއަށް ލިބިފައިވާ އިލްމީ ގާބިލްކަން ހަގީގަތުގައި ނުފެނޭ އިނގޭތޯ. ބައެއް ކުދިންގެ ނުހުރޭ އިނގޭތޯ މީހުންނާ ރަނގަޅަށް މުއާމަލާތް ކުރުމުގެ ހުނަރުވެސް. އެކަމް އޭނަ ހެދި މާކެޓިން ކޮމިޔުނިކޭޝަން ކޯހުގެ ނަތީޖާ ވަރަށް ރަނގަޅު އެނގޭތޯ" ކުރިން ވާހަކަ ދެއްކި ކުންފުނީގެ ވެރިޔާ ވިދާޅުވިއެވެ.

މި މައްސަލައަކީ މިހާރު ވަރަށް ގިނައިން ދިމާވާ މައްސަލައެކެވެ. މިގޮތަށް މިކަން ދިމާވަނީ ސަބަބުތަކެއް ނެތިއެއްވެސް ނޫނެވެ. ރާއްޖޭގައި މަތީ ތައުލީމުގެ ޕްރޮގްރާމްތައް ހިންގާ ވަރަށްގިނަ މަރުކަޒުތައް މިއަދު އެބަހުއްޓެވެ. ތައުލީމުދޭ މަރުކަޒުތައް ގިނަވެގެންދިޔައިރު، ފާހަގަކުރެވުނު އެހެންކަމެއްވެސް އެބައޮތެވެ. އެއީ އަގަށް އެސައިމަންޓް ހައްދައިގެން ހުށަހެޅުމެވެ. މިއީ ރައްޖޭގައި މިހާރު ވަރަށްބޮޑަށް އާއްމުވެފައިވާ ކަމެކެވެ. މަތީ ތައުލީމް ނިންމާފައި ނިކުންނަ ގިނަކުދިންގެ ފެންވަރު ފަހަރެއްގައި ދަށްވަނީ މިއީކަމަށްވުންވެސް ގާތެވެ.

މި މައުލޫގައި ވޮއިސްއާ ވާހަކަދައްކަވަމުން މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގެ ސީއީއޯ މަރިޔަމް ފިޒާނާ ރަޝީދު ވިދާޅުވީ އަގަށް އެސައިމަންޓް ތައްޔާރުކޮށްދިނުން އިތުރުވަމުން އަންނަކަމަށެވެ. އެގޮތުން މިހާރު ސޯޝަލް މީޑިއާގައި އެކަމަށް ހާއްސަ ޕޭޖްތައް ހިންގަމުންދާކަން ފިޒާނާ ވިދާޅުވިއެވެ. އެގޮތަށް ހިންގަމުން އައި ޕޭޖެއްގެ މައްސަލަ ބަލައި ފުލުހަށް ހުށަހަޅައި އެކަން ކުރި އަވައްޓެރި ޤައުމަކަށް ނިސްބަތްވާ ޓީޗަރަކު ޑީޕޯޓްކޮށްފައިވާކަންވެސް އޭނާ ވިދާޅުވިއެވެ. އެ ޓީޗަރު ރާއްޖެއިން ޑީޕޯޓް ކުރުމަށްފަހުވެސް އެ ޕޭޖް ފަހުންވެސް ހިންގަމުންދިޔަކަންވެސް ފިޒާނާ ވަނީ ފާހަގަކޮށްފައެވެ. މީގެ އިތުރުން އެސައިމަންޓް ހައްދައިދޭ ޕޭޖްތަކާއި ވެބްސައިޓްތައް އިތުރުވަމުން އަންނަކަން ފިޒާނާ ފާހަގަކުރެއްވިއެވެ.

ވަގަށް އެކަން ކުރާ ބަޔަކު އެކަން އެބަކުރޭ. އެކުރެވެނީ އިލްމުން ވައްކަން އިނގޭތޯ. މިއީ އަޅުގަނޑުމެނަށް އެކަނި ހުއްޓުވޭނޭ ކަމެއްނޫން އިނގޭތޯ. މިކަމުގައި ކޮލެޖްތަކުން ވެސް ޒިންމާއެއް ނަގަން ހައި އެޑިޔުކޭޝަން އިންސްޓިއުޝަންތަކުން ޒިމާއައް ވަރަށް ބޮޑަށް ނަގަން އެބަ ޖެހޭ

ފިޒާނާ ވިދާޅުވިއެވެ

ފިޒާނާ ވިދާޅުވީ މަތީ ތައުލީމުގެ ޤާނޫނުގެ ދަށުން އިންސްޓިޓިއުޝަންތަކަށް އެބާވަތުގެ ކަންކަމުގައި ފިޔަވަޅު އެޅުމުގެ ބާރު ދީފައި އޮންނާނޭކަމަށެވެ. އެފަދަ އުސޫލެއް އެތަންތަނުގައި ނެތްނަމަ، އުސޫލު ހަދައި ފިޔަވަޅުތައް އަޅަންޖެހޭކަން އޭނާ ފާހަގަކުރެއްވިއެވެ.

ރާއްޖޭގެ މަތީތައުލީމާބެހޭ ގާނޫނު ބުނާގޮތުންނަމަ އެސައިމަންޓެއް އަގަށް ތައްޔާރުކޮށްދީފިނަމަ އެކަންކުރި ދަރިވަރަކު 5،000 ރުފިޔާއިން ޖޫރިމަނާ ކުރެވެއެވެ. އަދި އެސައިމަންޓެއް ހަދައިދިން ފަރާތެއް 10،000 ރުފިޔާއިން ޖޫރިމަނާ ކުރެވެއެވެ. ރާއްޖޭގައި އަގު ދީފައި އެސައިމަންޓްތައް ހެދުމުގެ ކަންކަން ބޮޑުވެފައިވާއިރު، މިފަދަ ނޭދެވޭ ކަންކަން ހައްލުކުރެވޭނީ ތައުލީމްދޭ އިންސްޓިޓިއުޝަންތަކުންވެސް އެކަމަށް އެއްބާރުލުން ދީގެންކަމަށް  މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިޔުއޭ) އިން ފާހަގަކުރެއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ހަނިމާދޫ ބައިނަލްއަޤުވާމީ ވައިގެ ބަނދަރު: ކުޑަ އެއާސްޓްރިޕަކުން އުތުރުގެ އެންމެ ބޮޑު ވައިގެ ބަނދަރަށް
13 Oct 2026 ރިޕޯޓް

ހަނިމާދޫ ބައިނަލްއަޤުވާމީ ވައިގެ ބަނދަރު: ކުޑަ އެއާސްޓްރިޕަކުން އުތުރުގެ އެންމެ ބޮޑު ވައިގެ ބަނދަރަށް

ދިވެހިރާއްޖޭގެ އުތުރުގެ ރައްޔިތުން އެތައް ޒަމާނެއް ވަންދެން ދެކެމުން އައި ތަރައްޤީގެ ފޮނި ހުވަފެންތަކާ ގުޅިފައިވާ އެންމެ މުހިންމު ބިނާއަކީ ހދ. ހަނިމާދޫ ބައިނަލްއަޤުވާމީ ވައިގެ ބަނދަރެވެ. ޒަމާންތަކެއް ވަންދެން ކުޑަ ޑޮމެސްޓިކް އެއާސްޓްރިޕެއްގެ ގޮތުގައި އޮތް މި ވައިގެ ބަނދަރު، ޒަމާނީ ބައިނަލްއަޤުވާމީ ފެންވަރަށް ތަރައްޤީވެގެން ދިއުމަކީ މުޅި ސަރަޙައްދުގެ އިޤްތިޞާދީ އަދި އިޖުތިމާޢީ މަންޒަރު ބަދަލުކޮށްލި އިންޤިލާބީ ފިޔަވަޅެކެވެ. މިއީ އެކަހެރިވެފައި އޮތް ސަރަޙައްދެއް، ޤައުމީ އަދި ބައިނަލްއަޤުވާމީ ފެންވަރުގެ އިޤްތިޞާދީ ހަބަކަށް ބަދަލުވެގެންދިޔަ ގޮތުގެ ފުރިހަމަ މިސާލެކެވެ.

2027 ވަނަ އަހަރުގެ ދިރާސީ ކަލަންޑަރު އާންމުކޮށްފި؛ ކިޔެވުން ފެށުން ޖެނުއަރީގައި، ބޮޑު ޗުއްޓީ ޑިސެމްބަރަށް
01 Oct 2026 ހަބަރު

2027 ވަނަ އަހަރުގެ ދިރާސީ ކަލަންޑަރު އާންމުކޮށްފި؛ ކިޔެވުން ފެށުން ޖެނުއަރީގައި، ބޮޑު ޗުއްޓީ ޑިސެމްބަރަށް

ޖެނުއަރީ 17 ގައި ދިރާސީ އައު އަހަރު ފަށައި ޑިސެމްބަރު 9 ގައި ނިމޭ ގޮތަށް 2027 ވަނަ އަހަރުގެ ވަގުތީ ދިރާސީ ކަލަންޑަރު ތަޢުލީމީ ވުޒާރާއިން މިއަދު އާންމުކޮށްފިއެވެ. އެ ކަލަންޑަރުގައި ދިރާސީ އަހަރު ބައްޓަ...

ހަޔަރ އެޑިއުކޭޝަނުން އެޕެއް ހަދަން 1 މިލިއަނަށްވުރެ ގިނަ ރުފިޔާ ހޭދަކުރި, އެޕް ވުޖޫދުގަވެސް ނެތް: އޮޑިޓް
27 Sep 2026 ހަބަރު

ހަޔަރ އެޑިއުކޭޝަނުން އެޕެއް ހަދަން 1 މިލިއަނަށްވުރެ ގިނަ ރުފިޔާ ހޭދަކުރި, އެޕް ވުޖޫދުގަވެސް ނެތް: އޮޑިޓް

މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަނުގެ ބޭނުމަށް ބަޔަކާ އެޕްލިކޭޝަނެއް ހަދަން ހަވާލުކޮށް އެއް މިލިއަނަށް ވުރެ ގިނަ ރުފިޔާ ހޭދަކުރިއިރު، އެ އެޕްލިކެޗަން ވުޖޫދުގައިވެސް ނެތްކަމަށް އެ މިނިސްޓްރީގެ އޮޑިޓުން ...

15 އަހަރުގެ ކޮލެޖުތައް ޔުނިވާސިޓީތަކައް ބަދަލުކުރެވޭ ގޮތް ހަދައިފި
27 Sep 2026 ހަބަރު

15 އަހަރުގެ ކޮލެޖުތައް ޔުނިވާސިޓީތަކައް ބަދަލުކުރެވޭ ގޮތް ހަދައިފި

ރާއްޖޭގައި މެދުކެނޑުމެއް ނެތި 15 އަހަރު ވަންދެން ހިންގަމުން އަންނަ ކޮލެޖުތައް ޔުނިވާސިޓީތަކަށް ބަދަލުކުރެވޭ ގޮތް ހަމަޖައްސައި، އެކަމާ ގުޅޭ އައު ގަވައިދު ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކޮށްފިއެވެ. ޔުނިވާސ...

8 ވަނަ އިންޓަރނޭޝަނަލް ޓީޗާސް ކޮންފަރަންސް ފަށައިފި
12 Sep 2026 ހަބަރު

8 ވަނަ އިންޓަރނޭޝަނަލް ޓީޗާސް ކޮންފަރަންސް ފަށައިފި

ތަޢުލީމީ ދާއިރާގެ ތަޖުރިބާތައް ޙިއްޞާކޮށް، ކިޔަވައިދިނުމުގެ ފެންވަރު މަތިކުރުމުގެ މަޤްޞަދުގައި ބާއްވާ 8 ވަނަ އިންޓަރނޭޝަނަލް ޓީޗާސް ކޮންފަރަންސް (އައި.ޓީ.ސީ) މިއަދު ފަށައިފިއެވެ. ހުޅުމާލޭ ޝަހީދު ޢަލީ ...

ކިތަންމެ ހާއްސަވިޔަސް ވަރިހަމަ؛ އަތޮޅުތެރެވީމަ ސްޓޭޓް، މާލެއަށް މިނިސްޓަރު
21 Aug 2026 ރިޕޯޓް

ކިތަންމެ ހާއްސަވިޔަސް ވަރިހަމަ؛ އަތޮޅުތެރެވީމަ ސްޓޭޓް، މާލެއަށް މިނިސްޓަރު

އަތޮޅުތަކުގެ ރަށްތަކާއި މާލެއާ ތަފާތު ކުރުން ގެންގުޅޭ ވާހަކަ އަކީ ޒަމާންވީ ވާހަކަ އެކެވެ. އެކަމަކު އަދިވެސް ނިމުމެއް ނެތް ވާހަކަ އެކެވެ. ބައެއް ދުވަސްވަރު އެ ތަފާތުކުރުންތައް އިތުރަށް ބޮޑު ކަމަށް ގަބޫ...

އެކަށީގެންވާ މިންވަރަށް ރީތިކޮށް އަތުން ލިޔަން ނޭންގޭ ދަރިވަރުންގެ އަދަދު 56 އިންސައްތާގައި
02 Jul 2026 ހަބަރު

އެކަށީގެންވާ މިންވަރަށް ރީތިކޮށް އަތުން ލިޔަން ނޭންގޭ ދަރިވަރުންގެ އަދަދު 56 އިންސައްތާގައި

އެކަށީގެންވާ މިންވަރަށް ރީތިކޮށް އަތުން ލިޔަން ނޭންގޭ ދަރިވަރުންގެ އަދަދު ހުރީ 56 އިންސައްތާގައި ކަމަށް ތައުލީމާއި ބެހޭ ވުޒާރާއިން ބުނެފި އެވެ. ނެޝަނަލް އެސެސްމަންޓް އޮފް ލާނިން އައުޓްކަމްސް ރިޕޯޓް އާ...