އަމީނިއްޔާ ސްކޫލް؛ ފޮޓޯ / ވޮއިސް
އަމީނިއްޔާ ސްކޫލް؛ ފޮޓޯ / ވޮއިސް
ހަބަރު 01 Oct 2026 | 15:03

2027 ވަނަ އަހަރުގެ ދިރާސީ ކަލަންޑަރު އާންމުކޮށްފި؛ ކިޔެވުން ފެށުން ޖެނުއަރީގައި، ބޮޑު ޗުއްޓީ ޑިސެމްބަރަށް

ޖެނުއަރީ 17 ގައި ދިރާސީ އައު އަހަރު ފަށައި ޑިސެމްބަރު 9 ގައި ނިމޭ ގޮތަށް 2027 ވަނަ އަހަރުގެ ވަގުތީ ދިރާސީ ކަލަންޑަރު ތަޢުލީމީ ވުޒާރާއިން މިއަދު އާންމުކޮށްފިއެވެ.

އެ ކަލަންޑަރުގައި ދިރާސީ އަހަރު ބައްޓަންކޮށްފައި ވަނީ ޖުމްލަ 201 ދުވަހުގެ މައްޗަށެވެ. އޭގެ ތެރެއިން، ކިޔަވައިދިނުމަށް 163 ދުވަސް ކަނޑައަޅާފައިވާ އިރު އިމްތިޙާނުތަކަށް 16 ދުވަހާއި ރިޕޯޓު ތައްޔާރުކުރުމަށް 10 ދުވަސް ވަނީ ހާއްސަކޮށްފައެވެ. މީގެ އިތުރުން، މުދައްރިސުންގެ ޕްރޮފެޝަނަލް ޑިވެލޮޕްމަންޓަށް ހަތް ދުވަހާއި ކިޔަވައި ނުދޭ ފަސް ދުވަސް ހިމެނެއެވެ. މަތީ ސާނަވީގެ ކިޔެވުން ފެށުމަށް ތާވަލުކޮށްފައި ވަނީ ޖެނުއަރީ 31 ގައެވެ.

ފުރަތަމަ ޓާމުގައި 114 ސްކޫލު ދުވަސް ހިމެނޭ އިރު އެ ޓާމު ނިމެނީ ޖުލައި 15 ގައެވެ. ފުރަތަމަ ޓާމުގެ މެދު ޗުއްޓީ ކުރިއަށް ދާނީ މެއި 16 އިން 22 އަށެވެ. ފުރަތަމަ ޓާމުގެ އިމްތިޙާނު ބާއްވަން ހަމަޖެހިފައި ވަނީ ޖޫން 29 އިން ޖުލައި 10 އަށެވެ.

ދެވަނަ ޓާމު ފެށެނީ އޮގަސްޓް 1 އިން ޑިސެމްބަރު 9 އަށެވެ. އެ ޓާމުގައި 87 ސްކޫލު ދުވަސް ހިމެނެއެވެ. ދެވަނަ ޓާމުގެ މެދު ޗުއްޓީ ލިބެނީ ސެޕްޓެމްބަރު 19 އިން 25 އަށެވެ. ދެވަނަ ޓާމުގެ އިމްތިޙާނު ކުރިއަށް ގެންދިޔުމަށް ރާވާފައި ވަނީ ނޮވެމްބަރު 23 އިން ޑިސެމްބަރު ހަތަރަކަށެވެ.

ގުރޭޑް 10 އާއި ގުރޭޑް 12 ގެ ދަރިވަރުންގެ މޮކް އެގްޒާމް އޮގަސްޓް 26 އިން ސެޕްޓެމްބަރު 9 އަކަށް ބޭއްވުމަށް ތާވަލުކޮށްފައިވާ އިރު ސާނަވީ އާއި މަތީ ސާނަވީ ނިންމާ އިމްތިޙާނު އޮންނާނީ އޮކްޓޫބަރު / ނޮވެމްބަރުގައެވެ. ގްރޭޑް 11 ގެ އެޗްއެސްސީ އާއި އެޑެކްސެލް އޭއެސް އިމްތިޙާނު ކުރިއަށް ދާނީ މެއި / ޖޫންގައެވެ.

ތައުލީމީ ވުޒާރާއިން ނެރުނު ދިރާސީ ކަލަންޑަރު https://t.co/2ignQ7KL68 އަށް ވަދެގެން ބަލައިލެވޭނެއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

111 ގްރާމްގެ ޑްރަގާއެކު ބަޔަކު ހައްޔަރު ކޮށްފި
02 Nov 2026 ހަބަރު

111 ގްރާމްގެ ޑްރަގާއެކު ބަޔަކު ހައްޔަރު ކޮށްފި

މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިކުރުމުން ހަތަރު މީހުން ވެސް ފަސް ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވެއެވެ.

"ޔޫތު އެންޓަރޕްރިނަރޝިޕް ފައިނޭންސް ޕްރޮގްރާމް" ގެ ދެވަނަ ފިޔަވަހި ހުޅުވާލައިފި؛ 150،000 ރުފިޔާއާ ހަމައަށް ފައިސާ ދޫކުރާނެ
02 Nov 2026 ހަބަރު

"ޔޫތު އެންޓަރޕްރިނަރޝިޕް ފައިނޭންސް ޕްރޮގްރާމް" ގެ ދެވަނަ ފިޔަވަހި ހުޅުވާލައިފި؛ 150،000 ރުފިޔާއާ ހަމައަށް ފައިސާ ދޫކުރާނެ

ދިވެހި ޒުވާނުން ބާރުވެރިކުރުވައި، ޤައުމުގައި ޒުވާން ވިޔަފާރިވެރިން އުފެއްދެލުމަށް ކުރިއަށް ގެންދާ "ޔޫތު އެންޓަރޕްރިނަރޝިޕް ފައިނޭންސް ޕްރޮގްރާމް" ގެ ދެވަނަ ފިޔަވަހި ހުޅުވާލައިފިއެވެ.

ސިވިލް ކޯޓުގެ އަމުރު؛ ރީކޯ މޫސާގެ ތިން ރަށެއް ވިއްކާލަން ބީއެމްއެލްއަށް ހުއްދަދީފި
02 Nov 2026 ހަބަރު

ސިވިލް ކޯޓުގެ އަމުރު؛ ރީކޯ މޫސާގެ ތިން ރަށެއް ވިއްކާލަން ބީއެމްއެލްއަށް ހުއްދަދީފި

މި މައްސަލައާ ގުޅިގެން ކޯޓުން ނެރުނު އަމުރުގައި ވާގޮތުން، މި ރަށްތައް ވިއްކާލުމުގެ ހުއްދަ ބޭންކަށް ލިބިގެންދަނީ ކުރިން ކޮށްފައިވާ ހުކުމާ އެއްގޮތަށް ފައިސާ ދައްކާފައި ނުވާތީއެވެ.

އާރަށް މައްސަލަ: ރައީސް ޔާމީންގެ ފަރާތުން އިސްތިއުނާފް ކުރެއްވި މައްސަލަ ބަލައިނުގަތުމަށް ހައިކޯޓުން ނިންމައިފި
02 Nov 2026 ހަބަރު

އާރަށް މައްސަލަ: ރައީސް ޔާމީންގެ ފަރާތުން އިސްތިއުނާފް ކުރެއްވި މައްސަލަ ބަލައިނުގަތުމަށް ހައިކޯޓުން ނިންމައިފި

ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް ޢަބްދުالله ޔާމީން ޢަބްދުލްޤައްޔޫމްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާގައި، ހެކީގެ ގޮތުގައި ހުށަހަޅާފައިވާ ފޯން ކޯލް ރެކޯޑިންތައް ބަލައިގަތުމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުން އިސްތިއުނާފު ކުރުމަށް އެމަނިކުފާނުގެ ފަރާތްޕުޅުން ހުށަހެޅި މައްސަލަ ހައިކޯޓުން ބޭރުކޮށްލައިފިއެވެ.

ދިރާގުގެ ކުރީގެ ޗެއާމަން ރިލްވާން ޝަރީފް އަވަހާރަވެއްޖެ
02 Nov 2026 ހަބަރު

ދިރާގުގެ ކުރީގެ ޗެއާމަން ރިލްވާން ޝަރީފް އަވަހާރަވެއްޖެ

ދިރާގުގެ ކުރީގެ ޗެއާމަން އަދި ވިލާ އެއާގެ މެނޭޖިން ޑިރެކްޓަރު ރިލްވާން ޝަރީފް މިއަދު އަވަހާރަވެއްޖެއެވެ. އަވަހާރަވީއިރު އުމުރުފުޅަކީ 72 އަހަރެވެ. ރިލްވާން އަވަހާރަވީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ.

ވޯޓުގައި ބައިވެރިވި ހުރިހާ މެންބަރުންގެ ތާއީދާއެކު ހޯމް ސްކޫލިންއާ ގުޅޭ ބިލް ބަލައިގަންނަން ފާސްކޮށްފި
02 Nov 2026 ހަބަރު

ވޯޓުގައި ބައިވެރިވި ހުރިހާ މެންބަރުންގެ ތާއީދާއެކު ހޯމް ސްކޫލިންއާ ގުޅޭ ބިލް ބަލައިގަންނަން ފާސްކޮށްފި

ނުކުޅެދުންތެރިކަމެއް ނުވަތަ ނަފުސާނީ މައްސަލައެއްގެ ސަބަބުން ސްކޫލަކަށް ގޮސް ކިޔަވަން އުޒުރުވެރިވާ ދަރިވަރުން ގޭގައި ތިބެގެން ތަޢުލީމް ހާސިލް ކުރެވޭނެ މަގުފަހިކުރުމަށް ސަރުކާރުގެ ފަރާތުން މަޖިލީހަށް ބިލެއް ހުށަހެޅުއްވީ ހުރާ ދާއިރާގެ މެންބަރު ޑރ. އަނާރާ ނަޢީމް އެވެ.

ނަޞްރުގެ ދުވަހުގެ ޙަރަކާތްތަކާ ގުޅިގެން މާލޭގެ ބައެއް މަގުތަކާއި ފަޅު ބަންދުކުރަނީ
02 Nov 2026 ހަބަރު

ނަޞްރުގެ ދުވަހުގެ ޙަރަކާތްތަކާ ގުޅިގެން މާލޭގެ ބައެއް މަގުތަކާއި ފަޅު ބަންދުކުރަނީ

ދިވެހިރާއްޖޭގެ ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި ބޭއްވުމަށް ހަމަޖެހިފައިވާ ރަސްމީ ޙަރަކާތްތަކާ ގުޅިގެން، މާލޭގެ ބައެއް މަގުތަކާއި ކަނޑުގެ ސަރަޙައްދު ވަގުތީގޮތުން ބަންދުކޮށް، ޓްރެފިކް ފްލޯއަށް ބަދަލުތަކެއް ގެނައުމަށް ނިންމައިފިއެވެ.

ޑްރަގް ޓްރެފިކިންގގެ މައްސަލައެއްގައި ދެ ލޯބިވެރިން ބަންދުކޮށްފި؛ ތަކެތި ފެނުނީ އެމީހުން ދިރިއުޅޭ ގޭގެ ސިޑި ކައިރިން
02 Nov 2026 ހަބަރު

ޑްރަގް ޓްރެފިކިންގގެ މައްސަލައެއްގައި ދެ ލޯބިވެރިން ބަންދުކޮށްފި؛ ތަކެތި ފެނުނީ އެމީހުން ދިރިއުޅޭ ގޭގެ ސިޑި ކައިރިން

މަސްތުވާތަކެތި ގެންގުޅެ، ބޭނުންކޮށް އަދި ޓްރެފިކް ކުރިކަމުގެ ތުހުމަތުގައި ފިރިހެނަކާއި އަންހެނަކު ހައްޔަރުކޮށް، އެ ދެ މީހުންގެ ބަންދަށް ކްރިމިނަލް ކޯޓުން މުއްދަތު ޖަހައިފިއެވެ.