ވިއޭނާ ސްޕޯޓްސްގެ މައްސޫލުވެރިޔާ (ކ) އަލީފް ވަހީދު, (ވ) މުހައްމަދު ނަބީލް
ވިއޭނާ ސްޕޯޓްސްގެ މައްސޫލުވެރިޔާ (ކ) އަލީފް ވަހީދު, (ވ) މުހައްމަދު ނަބީލް
ކުޅިވަރު 07 Apr 2023 | 18:07

ވަރުގަދަ ޓީމެއް އެކުލަވާލުމަށްފަހު މިއަހަރުގެ ބައިބަލާ މުބާރާތަށް ވިއޭނާ ސްޕޯޓްސް އިން ތައްޔާރުވާންފަށައިފި!

ދެ އަހަރުގެ މެދުކެނޑުމަކަށް ފަހު މިއަހަރުގެ ބައިބަލާ މުބާރާތުގައި ބައިވެރިވާ ވިއޭނާ ސްޕޯޓްސް އިން ވަރުގަދަ ޓީމެއް އެކުލަވާލުމަށްފަހު އެޓީމުގެ ފަރިތަކުރުންތައް ފަށައިފި އެވެ.

2019 ވަނަ އަހަރުގެ ބައިބަލާ މުބާރާތުގައި ބައިވެރިވެ ގަދަ 8 ޓީމުތެރޭގައި ހިމެނުނު ވިއޭނާ އިން އެމުބާރާތުގައި ދެޓީމް ބައިވެރިކޮއްފައިވާއިރު، މި އަހަރުގެ މުބާރާތައް އެޓީމުން ވަނީ ވަރުގަދަ ޓީމެއް އެކުލަވާލާފައެވެ.

ވިއޭނާ ސްޕޯޓްސްގެ ފަރާތުން އެކުލަބުގެ މަސްއޫލުވެރިޔާ އަލީފް ވޮއިސް އެމްވީ އަށް މައުލޫމާތު ދެމުން ބުނީ މިއަހަރުގެ މުބާރާތުގައި ރަގަޅު ކާމިޔާބީއެއް ހޯދުމަށް އެޓީމުން ދުރާލާ ފަރިތަކުރުން ފަށާފައި ވަނީ އެކުލަބުގެ އަމިއްލަ ރިންގެއްގައި ކަމަށާއި، މި އަހަރުގެ މުބާރާތުގައި ފެނިގެންދާ ވިއޭނާގެ ޓީމަކީ އޯލް ސްޓާ ޓީމެއް ކަމަށެވެ.

މިފަހަރުގެ ޓީމުގައި ހިމެނޭނެ މިސްޓަރ ބައިބަލާގެ މަގާމު ހޯދާފައިވާ ޒަހީންޓޭގެ އިތުރުން ގަދަ ފަހެއްގައި ހިމެނިފައިވާ އިތުރު ހަތަރު ކުޅުންތެރިން. އޭގެތެރޭގައި އަތީގު، އިރުފާން، ފައިސަލްގެ އިތުރުން އަހުސަލް ހިމެނެއެވެ.

ވިއޭނާ ސްޕޯޓްސްގެ މީޑިއާ ޕާޓްނަރަކީ ވޮއިސް

1444 ވަނަ އަހަރުގެ ބައިބަލާ މުބާރާތުގައި ބައިވެރިވާ ވިއޭނާ ސްޕޯޓްސްގެ މީޑިއާ ޕާޓްނަރަކީ ވޮއިސް އެމްވީ އެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އުސާމާގެ މޮޅު ކުޅުމާއެކު، ބުރުން ގައްދޫ ބަލިކޮށް ލީގްގެ ފުރަތަމަ މޮޅު ހޯދައިފި
13 Oct 2026 ކުޅިވަރު

އުސާމާގެ މޮޅު ކުޅުމާއެކު، ބުރުން ގައްދޫ ބަލިކޮށް ލީގްގެ ފުރަތަމަ މޮޅު ހޯދައިފި

ބުރު ސްޕޯޓްސް ކުޅުނު ތިން މެޗުން ބަލިވިއިރު، އެޓީމް މިހާރު އުޅެނީ ތާވަލްގެ އަށްވަނާގައެވެ. ގައްދޫ އުޅެނީ އެއްވެސް ޕޮއިންޓެއް ނުލިބި ތާވަލްގެ އެންމެ ފުލުގައެވެ.

ގިނަ މިސްޓަރ ބައިބަލާއިންނާއެކު އަރބަންކޯ ޓީމުން މުބާރާތައް ތައްޔާރުވަނީ
01 Jun 2023 ހަބަރު

ގިނަ މިސްޓަރ ބައިބަލާއިންނާއެކު އަރބަންކޯ ޓީމުން މުބާރާތައް ތައްޔާރުވަނީ

ބައިބަލާ އެސޯސިއޭޝަނުން ބާއްވާ އިންޓަރ އޮފީސް ބައިބަލާ މުބާރާތަށް އަރބަންކޯގެ ޓީމުން ތައްޔާރުވާން ފައްޓައިފި ކަމަށް އާބަންކޯއިން ބުނެފިއެވެ. އެގޮތުން މި ޓީމުން މިހާރު ވަނީ ބައިވެރިންނާއި އެކު ޕްރެކްޓި...

ބައިބަލާ ޗެލެންޖުގެ އޮފިޝަލް ޕާޓްނަރަކަށް އަރބަންކޯ
18 Apr 2023 ކުޅިވަރު

ބައިބަލާ ޗެލެންޖުގެ އޮފިޝަލް ޕާޓްނަރަކަށް އަރބަންކޯ

1444 ވަނަ އަހަރުގެ ބައިބަލާ މުބާރާތުގެ އޮފިޝަލް ޕާޓްނަރަކަށް އަރބަންކޯއިން ސޮއިކޮށްފިއެވެ. މިއަދު މި އެއްބަސްވުމުގައި އަރބަންކޯގެ ފަރާތުން ސޮއިކުރެއްވީ ޗީފް އޮޕަރޭޓިންގ އޮފިސަރ ޝާތިރު އަބްދުއްރަހުމާނެ...