ބައިބަލާ ޗެލެންޖުގެ އޮފިޝަލް ޕާޓްނަރަކަށް އަރބަންކޯ
1444 ވަނަ އަހަރުގެ ބައިބަލާ މުބާރާތުގެ އޮފިޝަލް ޕާޓްނަރަކަށް އަރބަންކޯއިން ސޮއިކޮށްފިއެވެ.
މިއަދު މި އެއްބަސްވުމުގައި އަރބަންކޯގެ ފަރާތުން ސޮއިކުރެއްވީ ޗީފް އޮޕަރޭޓިންގ އޮފިސަރ ޝާތިރު އަބްދުއްރަހުމާނެވެ. އަދި ބައިބަލާ އެސޯސިއޭޝަންގެ ފަރާތުން ސޮއިކުރެއްވީ ޖެނެރަލް ސެކެޓްރީ އަލީ ސައީދެވެ.
އެމްޓީސީސީ އީދު ބައިބަލާ ޗެލެންޖު މިފަހަރު ފެށުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 22 ވަނަ ދުވަހުއެވެ.
ޖުމްލަ 35 ޓީމަކުން ބައިވެރިވާ މި ބައިބަލާ ޗެލެންޖު ކުރިއަށްދާނީ މި މަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށެވެ.
މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައި ވަނީ ހުޅުމާލޭގެ ސެންޓްރަލް ޕާކު ސަރަހައްދުގައެވެ.
މިއީ މި މުބާރާތް ހުޅުމާލޭގައި ބާއްވާ ފުރަތަމަ ފަހަރެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް