މަނަދޫ ގެއެއްގެ ކޮޓަރިއެއްގައި މީހަކު މަރުވެފައި އޮއްވައި ފެނިއްޖެ
ނ މަނަދޫ ގެއެއްގެ ކޮޓަރިއެއްގައި އަންހެނަކު މަރުވެފައި އޮއްވައި ފެނިއްޖެއެވެ.
ޕޮލިހުން މައުލޫމާތު ދީފައިވާގޮތުން މަރުވެފައި އޮއްވައި ފެނުނު 62 އަހަރުގެ އަންހެންމީހާ އަކީ އެކަނި ދިރިއުޅޭ މީހެކެވެ. އަދި އޭނާގެ ޚަބަރެއް ނުވެގެން މިއަދު 18:13 އެހާއިރު އޭނާގެ އާއިލާއިން ފުލުހުންނަށް ރިޕޯޓް ކުރި ކަމަށެވެ.
ފުލުހުންނަށް އޭނާގެ އާއިލާއިން ކުރި ރިޕޯޓާއި ގުޅިގެން އެއަންހެންމީހާ ދިރިއުޅެމުންދިޔަ ގެޔަށް ފުލުހުން ގޮސް އެގޭ ކޮޓަރީގެ ދޮރު ވައްޓާލައިފައި ވާކަމަށާއި، އަދި ކޮޓަރީގެ ދޮރު ވައްޓާލިއިރު އެއަންހެން މީހާ މަރުވެފައިއޮއްވައި އެކޮޓަރީގެ ބިންމަތީގައި އޮއްވައި ފެނިފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.
މި ހާދިސާއާއި ގުޅިގެން އިތުރަށް ބަލަން ޖެހޭ ކަންކަން ބަލަމުން ދާކަމަށް ފުލުހުން މައުލޫމާތުދެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް