މެދު ރާއްޖެ ތެރެއަށް ހުދު ސަމާލު ނެރެފި
މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް މެދު ރާއްޖެ ތެރޭގެ އަތޮޅުތަކަށް ހުދު ސަމާލު ނެރެފިއެވެ.
އެގޮތުން ގައުމީ މޫސުމާ ބެހޭ އިދާރާއިން ހުދު ސަމާލު ނެރެފައިވަނީ ބ އަތޮޅުން ފެށިގެން މ އަތޮޅަށް މިއަދުގެ 09:25 އިން 15:00 އަށެވެ.
މި ގަޑިތަކުގައި ބޯކޮށް ވާރޭވެހުމާއިއެކު ގުގުރުން އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަ ވާނެ ކަމަށް އެ އިދާރާއިން ވަނީ ލަފާކޮށްފައެވެ.
މި ދުވަސްކޮޅަކީ ރާއްޖޭގެ އަކި ހިސާބުތަކަށް މޫސުން ގޯސް ދުވަސްކޮޅެއް ކަމުން މެޓް އޮފީހުގެ އިތުރުން ފުލުހުންނާއި ސަލާމަތީ ބާރުތަކުން ދަނީ ކަނޑުދަތުރުފަތުރު ކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުވުަމަށް އިލްތިމާސް ކުރަމުންނެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް