ޖާހް އިމްވެސްޓްމެންޓުން އިމާރާތްކުރަމުން އަންނަ ތަނެއް.ފޮޓޯ: ރާއްޖެ އެމްވީ
ޖާހް އިމްވެސްޓްމެންޓުން އިމާރާތްކުރަމުން އަންނަ ތަނެއް.ފޮޓޯ: ރާއްޖެ އެމްވީ
ހަބަރު 07 Jun 2023 | 05:32

ހައުސިންގ މަޝްރޫޢު ނިންމުމަށް، ޖާހު އިންވެސްޓްމަންޓް އަށް 30 ދުވަހުގެ ނޯޓިސް ދީފިން: އަރބަންކޯ

ޖާހު އިންވެސްޓްމަންޓުން އިމާރާތް ކުރަމުންދާ ހައުސިންގ މަޝްރޫޢު ނިންމުމަށް އެކުންފުންޏަށް 30 ދުވަހުގެ ނޯޓިސް އެއް ދީފައިވާ ކަމަށް އަރބަންކޯ އިން ބުނެފިއެވެ.

އަރބަންކޯއިން ބުނީ 2017 ވަނަ އަހަރު ހުޅުމާލޭގައި މެދުފަންތީގެ ހައުސިންގ މަޝްރޫޢު ހިންގުމަށް ޖާހު އިންވެސްޓްމަންޓާއި ހަވާލު ކުރެވިފައިވާ މަޝްރޫޢު ނުނިމި ގިނަ ދުވަސްތަކެއް ވެފައިވާކަމަށެވެ.

މި މައްސަލަ އިތުރަށް ބެލުމަށް ފަހު ޖާހު އިންވެސްޓްމަންޓަށް މަސައްކަތް ނިންމުމަށާއި، އަރބަންކޯއަށް ދައްކަން ޖެހޭ ބިމުގެ އަގު ދެއްކުމަށް 30 ދުވަހުގެ މުއްދަތެއް ދީ ނޯޓިސް ވަނީ އެފަރާތަށް މިހާރު ދެވިފައިވާ ކަމަށް އަރބަންކޯއިން ބުނެއެވެ.

އަދި މިގޮތަށް ނޯޓިސް ދިނުމުގެ ކުރިން، އެކި ފަހަރުމަތިން މަސައްކަތްތައް ނިންމުމަށް ގިނަ ފުރުސަތުތަކެއް އެ ކޯޕަރޭޝަނުގެ ފަރާތުން ޖާހު އިންވެސްޓްމަންޓަށް ވަނީ ދެވިފައިކަން އެ ކޯޕަރޭޝަނުން ފާހަގަ ކުރެއެެވެ.

މި އަަހަރުގެ ޖެނުއަރީ މަހުގެ 3 ވަނަ ދުވަހު ޖާހު ކުންފުނީގެ 49 ބިދޭސީ މަސައްކަތް ތެރިއަކު މުސާރަ ނުދޭ މައްސަލައެއްގައި މަސައްކަތް ހުއްޓާލައި ހަޅުތާލުވެސް ކޮށްފައިވެއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އެހީއާ ސަބްސިޑީގެ ގޮތުގައި އަހަރުގެ މިހާތަނަށް 10 ބިލިއަނަށްވުރެ ގިނަ ރުފިޔާ
14 Oct 2026 ހަބަރު

އެހީއާ ސަބްސިޑީގެ ގޮތުގައި އަހަރުގެ މިހާތަނަށް 10 ބިލިއަނަށްވުރެ ގިނަ ރުފިޔާ

ފިނޭންސް މިނިސްޓްރީން ނެރެ އާއްމުކޮށްފައިވާ އެންމެފަހުގެ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް ރިޕޯޓްގައި ވާގޮތުން މިހިނގާ އޮކްޓޯބަރުމަހުގެ 8 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތުގެ ބަޖެޓުން އެހީ އާއި ސަބްސިޑީގެ ގޮތުގައި ވަނީ 10.4 ބިލިއަން ރުފިޔާ ހޭދަވެފައެވެ.

ޅ އިން އައްޑޫއަށް ހުދު ސަމާލު؛ ބޯކޮށްވާރޭވެހޭނެ، ގުގުރާނެ
14 Oct 2026 ހަބަރު

ޅ އިން އައްޑޫއަށް ހުދު ސަމާލު؛ ބޯކޮށްވާރޭވެހޭނެ، ގުގުރާނެ

އެ އަތޮޅުތަކަށް ނެރުނީ ހުދު ސަމާލެވެ. މެޓް އޮފީހުން މި އިންޒާރު ނެރެފައިވަނީ މިރޭ 12 ޖެހުމާއި ހަމައަށެވެ.

އެކްސިޑެންޓުތައް އިތުރުވާތީ ޓްރެފިކް ޕޮލިހުން މަޖިލީހަށް ހާޒިރުކުރަނީ
14 Oct 2026 ހަބަރު

އެކްސިޑެންޓުތައް އިތުރުވާތީ ޓްރެފިކް ޕޮލިހުން މަޖިލީހަށް ހާޒިރުކުރަނީ

މިއަދު ބޭއްވި ޖުޑީޝަރީ ކޮމިޓީގެ ބައްދަލުވުމުގައި ޓްރެފިކް ޕޮލިހުން ހާޒިރުކުރުމަށް ހުށަހެޅުއްވީ ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލެވެ.

ފެނަކައިގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން އަފީފް ވަކިކޮށްފި
14 Oct 2026 ހަބަރު

ފެނަކައިގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން އަފީފް ވަކިކޮށްފި

އަފީފަކީ ކުރީން ފެނަކައިގެ ޗެއާމަން ކުރެއްވި ބޭފުޅެކެވެ. ސްޓެލްކޯއާ އެމްޓީސީސީގެ ޗެއާމަން ކަން ވެސް ކުރެއްވި އެވެ.

ޑިޖިޓަލް ވަސީލަތްތައް ބޭނުންކޮށް ޓްރެފިކް ޤާނޫނު ތަންފީޒުކުރަން ފަށަނީ
14 Oct 2026 ހަބަރު

ޑިޖިޓަލް ވަސީލަތްތައް ބޭނުންކޮށް ޓްރެފިކް ޤާނޫނު ތަންފީޒުކުރަން ފަށަނީ

ޤަވާއިދާ ޚިލާފަށް ޕާކުކުރާ އުޅަނދުތަކާ މެދު ޑިޖިޓަލް ވަސީލަތްތައް ބޭނުންކޮށް ފިޔަވަޅު އެޅުމުގެ މަސައްކަތް ހަތް ދުވަހުގެ ތެރޭ ފެށުމަށް މިނިސްޓްރީން ނިންމައިފިއެވެ.

މުއައްސަސާތަކުގެ ޑިރެކުޓަރީއެއް އެކުލަވާލާ، ހާއްސަ ވެބްސައިޓެއް އިފްތިތާހުކޮށްފި
14 Oct 2026 ހަބަރު

މުއައްސަސާތަކުގެ ޑިރެކުޓަރީއެއް އެކުލަވާލާ، ހާއްސަ ވެބްސައިޓެއް އިފްތިތާހުކޮށްފި

ދައުލަތުގެ މުއައްސަސާތަކާ ބެހޭ ސައްހަ މައުލޫމާތު އެއްތަނަކުން ފަސޭހަކަމާ އެކު ބެލޭނޭ އިންތިޒާމެއް ހަމަޖެއްސުމުގެ ގޮތުން ދައުލަތުގެ މުއައްސަސާތަކުގެ ޑިރެކުޓަރީއެއް އެކުލަވައިލައްވައި، އެ ޑިރެކުޓަރީއަށް ޚާއްޞަ ވެބްސައިޓެއް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު އިފުތިތާހު ކޮށްފި އެވެ.

މަސްތުވާތަކެތީގެ ވިޔަފާރިކުރުމުގެ ބޮޑެއް ޕެރޯލުން ދޫކޮށްލި ގޮތް ލިޔުމުން ސާފުކުރުމަށް އަންގައިފި
14 Oct 2026 ހަބަރު

މަސްތުވާތަކެތީގެ ވިޔަފާރިކުރުމުގެ ބޮޑެއް ޕެރޯލުން ދޫކޮށްލި ގޮތް ލިޔުމުން ސާފުކުރުމަށް އަންގައިފި

ރާއްޖެއަށް 98 ކިލޯގެ މަސްތުވާތަކެތި އެތެރެކުރަން މަސައްކަތްކުރި ކަން ސާބިތުވެ އަބްދުﷲ އިބްރާހިމްގެ މައްޗަށް ހުކުމް ކުރީ މިދިޔަ އަހަރުގެ މެއި މަހުގެ 19 ވަނަ ދުވަހުއެވެ. ނަމަވެސް މިދިޔަ މަހުގެ 29 ވަނަ ދުވަހު ޕެރޯލް ބޯޑުން ވަނީ އޭނާ ދޫކޮށްލައިފައެވެ. ދާހިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ މިނިސްޓަރު އަލީ އިހްސާން ވިދާޅުވެފައި ވަނީ އެ ނިންމުމަކީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންކަމަށް ނުބަލައި، ސިޔާސަތުތަކާ ވެސް ހިލާފަށް ނިންމި ނިންމުމެއް ކަމަށެވެ. އެކަމާ ގުޅިގެން ޕެރޯލް ބޯޑުގެ ހަ މެންބަރުން ވަކިކޮށްފައިވެއެވެ.

ކުލި ނުދެއްކި ދެ ޔުނިޓް، 15 ދުވަހުގެ ތެރޭ ހުސްކުރަން އަންގައިފި
14 Oct 2026 ހަބަރު

ކުލި ނުދެއްކި ދެ ޔުނިޓް، 15 ދުވަހުގެ ތެރޭ ހުސްކުރަން އަންގައިފި

އަމާން ޓަވަރުތަކުން ދޫކޮށްފައިވާ ދެ އެޕާޓްމަންޓެއްގެ ކުލި ނުދެއްކުމާ ގުޅިގެން އެއްބަސްވުން ބާތިލުކޮށް، 15 ދުވަހުގެ ތެރޭ ތަން ހުސްކުރުމަށް އެފްޑީސީން ވަނީ އަންގައިފައެވެ.