N/A
N/A
ވިޔަފާރި 07 Oct 2022 | 06:58

ބީއެމްއެލް އިން އިނޮވޭޝަން ލެބް ހެކަތަން އިފްތިތާހުކޮށްފި

ބޭންކް އޮފް މޯލްޑިވްސް އިން ނޮވެންބަރު މަހު ފާހަގަ ކުރުމަށް ހަމަޖެހިފައިވާ 40 ވަނަ އަހަރީ ދުވަހާ ހަމަޔަށް ހިންގުމަށް ހަމަޖެހިފައިވާ މުޖުތަމައަށް ފައިދާ ހުރި މުހިންމު 12 ހަރަކާތުގެ ގޮތުގައި މިއަދު ބީއެމްއެލް ހެކަތަން އިފްތިތާހުކޮށްފިއެވެ.

ބީއެމްއެލްއިން ބުނީ، އަލަށް ތައާރަފްކުރި އިނޮވޭޝަން ލެބް އަށް ބައިވެރިން ހޮވުމަށް މި ހެކަތަން ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ  'ބޭންކިންގ ސޮލިއުޝަންސް ޓު އެންހޭންސް ކަސްޓަމަރ އެކްސްޕީރިއެންސް' ތީމްގެދަށުން ކަމަށެވެ. 48 ގަޑިއިރަށް ދެމިގެންދާނެ މި ހެކަތަން ގައި ފިންޓެކްގެ ދާއިރާއިން އީޖާދީ ހިޔާލުތަކާއި ހައްލުތައް ހުށަހެޅުމަށް އަމިއްލަ ފަރުދުންނާއި ޓީމްތަކަށްވެސް ރަޖިސްޓަރ ކުރެވޭނެ ކަމަށް އެ ބޭންކުން މައުލޫމާތު ދެއެވެ.

މީގެ އިތުރުން ބީއެމްއެލްއިން ބުނީ މި ލިންކް މެދުވެރިކޮށް ހެކަތަން އަށް ރަޖިސްޓްރީ ކުރެވޭނެ ކަމަށާ ހެކަތަންއަށް އެންމެ ފުރަތަމަ ރަޖިސްޓްރީ ކުރާ 50 ފަރާތަށް ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. ހެކަތަން ފެށުމަށް ހަމަޖެހިފައިވަނީ 14 އޮކްޓޯބަރު، 14:00 ގައި ހޮޓެލް ޖެންގައެވެ.

"އެންމެ ފަހުގެ ޓެކްނޮލިޖީގެ އެހީގައި ބޭންކިންގ ދާއިރާއަށް ބަދަލު ގެނައުމަށް ފިންޓެކް ކޮމިއުނިޓީ އާއި ޑިވެލޮޕަރުންގެ ފަރާތުން އަބަދުވެސް އަންނަނީ ޝައުގުވެރިކަން ފާޅުކުރަމުން. މި ހެކަތަންގެ އެހީގައި ރާއްޖޭގެ ޓެކް ކޮމިއުނިޓީ މެދުވެރިކޮށް ކަސްޓަމަރުންނަށް ދޭ ހިދުމަތް އިތުރަށް ފުޅާކުރުމަށް ބޭންކިންގ ސޮލިއުޝަންސް ފޯރުކޮށްދިނުމާއި އަދި އެންމެ ޒަމާނީ ޓެކްނޮލޮޖީ ބޭނުންކުރެވިގެން ދިޔުމަކީވެސް އަޅުގަނޑުމެންގެ އަމާޒު. ހެކަތަން ކާމިޔާބު ކުރާ ޓީމުތަކުން ހުށަހަޅާ ހިޔާލު ހަގީގަތަކަށް ހެދުމަށްޓަކައި ކުރަންޖެހޭ އެންމެހާ މަސައްކަތްތައް އަޅުގަނޑުމެންގެ އިނޮވޭޝަން ލެބްގައި އިންތިޒާމްވެގެންދާނެ." މިކަމާ ގުޅޭ ގޮތުން ބީއެމްއެލްގެ އިންޗާރޖް އަދި އެކްޓިންގ އެމްޑީ ޢާއިޝަތު ނޫރައްދީން ވިދާޅުވިއެވެ.

މި ހެކަތަންގައި 3 ޓީމު ހޮވައި މި ޓީމްތަކުން ހުށަހަޅާ ހިޔާލު ކާމިޔާބުކަމާއެކު ނިންމާލުމަށް ބީއެމްއެލް އިނޮވޭޝަން ލެބްގައި މަސައްކަތްކުރުމަށް  6 މަސް ދުވަހުގެ މުއްދަތެއް ލިބޭނެއެވެ. މި މުއްދަތުގައި ބޭންކުގެ ފަރާތުން ތިރީގައިވާ ކަންކަން ފުރިހަމަކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.

• މަސައްކަތްކުރުމަށް ހާއްސަ އޮފީހެއް (ތަނެއް) ހަމަޖައްސައިދިނުން

• ކޮންމެ ޓީމަކަށް އެލަވަންސްގެ ގޮތުގައި މަހަކު 20،000 ރުފިޔާ

• ޑިވެލޮޕްކުރާ ސޮލިއުޝަންއަށް ދިގު މުއްދަތެއްގެ މެއިންޓެނަންސް ކޮންޓްރެކްޓެއް

މި ހެކަތަންއާ ގުޅޭ އިތުރު މައުލޫމާތު ބޭންކުގެ ވެބްސައިޓް https://hackathon.bankofmaldives.com.mv  އިން ލިބޭނެ ކަމަށް ބީއެމްއެލްއިން ބުނެއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ކުދި ވިޔަފާރިތަކަށް ބީއެމްއެލް މެދުވެރިކޮށް ޑޮލަރު ލިބުމާއި، ސަބްސްކްރިޕްޝަން ދެއްކުން އަންނަ މަހުން ފެށިގެން ފަހިވާނެ: ރައީސް
25 Oct 2026 ހަބަރު

ކުދި ވިޔަފާރިތަކަށް ބީއެމްއެލް މެދުވެރިކޮށް ޑޮލަރު ލިބުމާއި، ސަބްސްކްރިޕްޝަން ދެއްކުން އަންނަ މަހުން ފެށިގެން ފަހިވާނެ: ރައީސް

ރާއްޖޭގެ އުފެއްދުންތެރިންނާއި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ބޭންކް އޮފް މޯލްޑިވްސް )ބީއެމްއެލް( ގެ ގޭޓްވޭ މެދުވެރިކޮށް، ދުނިޔޭގެ ކޮންމެ ތަނަކުން ވެސް ޔޫއެސް ޑޮލަރުން ފައިސާ ބަލައިގަނެވޭނެ އިންތިޒާމު އަންނަ ނޮވެމްބަރު މަހުގެ އެއްވަނަ ދުވަހުން ފެށިގެން ހަމަޖެހިގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާނު ކުރައްވައިފިއެވެ.

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި
12 Oct 2026 ހަބަރު

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި

ފޯބްސް މަޖައްލާއިން ހޮވި މިއަހަރުގެ ދުނިޔޭގެ އެންމެ ހަރުދަނާ އަދި އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުގައި ރާއްޖޭގެ ގައުމީ ބޭންކު، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ހިމެނިއްޖެއެވެ. މިއީ މާކެޓް ރިސާޗް...

ރުފިޔާ އެކައުންޓްތަކަށް ދޫކޮށްފައިވާ ކާޑުތަކުން އަހަރުގެ މިހާތަނަށް 336 މިލިއަން ޑޮލަރުގެ މުއާމަލާތްކޮށްފި: ބީއެމްއެލް
10 Oct 2026 ހަބަރު

ރުފިޔާ އެކައުންޓްތަކަށް ދޫކޮށްފައިވާ ކާޑުތަކުން އަހަރުގެ މިހާތަނަށް 336 މިލިއަން ޑޮލަރުގެ މުއާމަލާތްކޮށްފި: ބީއެމްއެލް

ބޭންކް އޮފް މޯލްޑިވްސްއިން ކަސްޓަމަރުންނަށް ދޫކޮށްފައިވާ ދިވެހި ރުފިޔާ ކާޑުތަކުން މިއަހަރުގެ މިހާތަނަށް ކުރި، ބޭރު ފައިސާގެ މުއާމަލާތްތަކުގެ އަގު 336 މިލިއަން ޑޮލަރަށް އަރާފައިވާ ކަމަށް އެ ބޭންކުން ހާ...

ނިމިގެންދިޔައީ ބީއެމްއެލްގެ ތާރީހުގައި އެންމެ ކާމިޔާބު ނުވަ މަސް
09 Oct 2026 ހަބަރު

ނިމިގެންދިޔައީ ބީއެމްއެލްގެ ތާރީހުގައި އެންމެ ކާމިޔާބު ނުވަ މަސް

މި އަހަރުގެ ފުރަތަމަ ނުވަ މަސްދުވަހަކީ ބީއެމްއެލްގެ ތާރީހުގައި އެންމެ ކާމިޔާބު ނުވަ މަސް ކަަމަށް އެ ބެންކުން ބުނެފި އެވެ. އެ ބެންކުން ވަނީ މި އަހަރުގެ ނިމުނު މުއްދަތުގެ މާލީ ނަތީޖާތައް އާންމުކޮށްފަ އެ...

އޭޓީއެމުން ޑޮލަރު ނެގޭނެ ލިމިޓެއް؛ ދެން ނެގޭނީ މަހަކު 3،500 ޑޮލަރު
01 Oct 2026 ހަބަރު

އޭޓީއެމުން ޑޮލަރު ނެގޭނެ ލިމިޓެއް؛ ދެން ނެގޭނީ މަހަކު 3،500 ޑޮލަރު

އޭޓީއެމް މެދުވެރިކޮށް ކަސްޓަމަރަކަށް މަހެއްގެ މައްޗަށް ނަގުދު ފައިސާ އިން ޑޮލަރު ނެގޭ އަދަދު 3,500 ޑޮލަރު ކަމުގައި ހަމަޖައްސައިފި އެވެ. ބެންކު އޮފް މޯލްޑިވްސް އިން ބުނީ ދިވެހިރާއްޖޭގައި ޒަމާނީ، "ޑިޖިޓ...

ސަރުކާރުން ޓީބިލަށް ފައިސާ ދެއްކުމާ އެ ބޭންކާ ގުޅުމެއް ނެތް: ބީއެމްއެލް
19 Sep 2026 ހަބަރު

ސަރުކާރުން ޓީބިލަށް ފައިސާ ދެއްކުމާ އެ ބޭންކާ ގުޅުމެއް ނެތް: ބީއެމްއެލް

ސްޓޭޓް ބޭންކް އޮފް އިންޑިއާ ސަރުކާރުން ދައްކަންޖެހޭ ޓްރެޜަރީ ބިލް ފެސިލިޓީގެ ބާކީ 50 މިލިއަން ޑޮލަރު ދެއްކުމުގައި ބޭންކް އޮފް މޯލްޑިވްސްއިން ފައިސާ ނަގާފައިވާކަމަށް ދެކެވެމުންދާ ވާހަކަތައް އެ ބޭންކުން...