ހައި ކޮމިޝަނަރު މުނޫ މަހާވަރު
ހައި ކޮމިޝަނަރު މުނޫ މަހާވަރު
ހަބަރު 07 Nov 2023 | 09:06

ހައްޔަރުކުރި މަސްވެރިން އިންޑިޔާއަށް ފޮނުވުމުގެ މަސައްކަތް މިދަނީ ކުރަމުން: އިންޑިޔަން ހައިކޮމިޝަން

ދިވެހިރާއްޖޭހގެ ކަނޑުގެ ސަރަހައްދުގައި ޤަވާއިދާއި ޚިލާފަށް މަސްވެރިކަން ކުރަމުން ދަނިކޮށް މިދިޔަ މަހުގެ 22 ވަނަ ދުވަހު ހައްޔަރުކުރި އިންޑިޔާގެ 12 މަސްވެރިން މިނިވަންކޮށް އަނބުރަ އެ ޤައުމަށް ފޮނުވުމުގެ މަސައްކަތް ބާރު ދުވެލީގައި ކުރަމުން އަންނަ ކަމުގައި ދިވެހިރާއްޖޭގައި ހުންނަ އިންޑިޔާގެ ހައި ކޮމިޝަނުން ބުނެފިއެވެ.

ދިވެހިރާއްޖެއިން ހައްޔަރުކޮށްފައިވާ މި 12 މަސްވެރިންނާއު ގުޅޭ ފަހުގެ އަދާހަމަތައް ހިއްސާކުރަމުން އެ ކޮމިޝަނުން ކޮށްފައިފައިވާ ޓުވީޓެެއްގައި ބުނެފައިވަނީ، ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުން ގަވާއިދާ ޚިލާފަށް ހައްޔަރުކޮށްފައިވާ މަސްވެރިންނާއި އެފަރާތްތަކުގެ އާއިލާތަކަށް ބޭނުންވާ ކަންކަން އެންމެ ގާތުން ބަލަމުން އަންނަ ކަމަށާއި އެ މަސްވެރިން މިނިވަންކޮށް އަނބުރާ އިންޑިޔާއަށް ފޮނުވުމުގެ މަސައްކަތްތައް ނުހަނު ގާތުން ބަލައި އެކަން އެ ކޮމިޝަނުން ކުރަމުން އަންނަ ކަމުގައެވެ.

އަދި މި މަސްވެރިން ދޫކޮށްލުމާއި ގުޅުންހުރި ކަންކަމުގައި ދިވެހިރާއްޖޭގެ ކަމާބެހޭ ފަރަތްތަކާއެކު މަސައްކަތް ކުރަމުން އަންނަ ކަމުގައިވެސް އިންޑިއަން ހައި ކޮމިޝަންގެ ޓުވީޓުގައި ވެއެވެ.

ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ގަވާއިދާއި ޚިލާފަށް މަސްވެރިކަން ކުރަނިކޮށް ހައްޔަރުކުރި ބޯޓުގައި ތިބި 12 ފަޅުވެރިން ނިސްބަތްވާ އިންޑިޔާގެ ޓަމިލްނާޓޫގެ ޝީފް މިނިސްޓަރ އެމްކޭ ސްޓާލިންވެސް އެވަނީ އެ ފަރާތްތައް ދޫކޮށްލުމަށް ދިވެހިރާއްޖެއަށް ގޮވާލައިފައެވެ.

އެގޮތުން ސްޓާލިން ބުނެފައިވަނީ ހައްޔަރުކުރި ބޯޓު މަސްވެރިކަން ކުރަމުން އައީ ގަވާއިދާއި އެއްގޮތަށް ކަމަށާއި އެ ބޯޓު ދިވެހިރާއްޖޭގެ ބޯޑަރު ސަރަހައްދަށް ނުވަންނަ ކަމަށެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ކުޅުދުއްފުށީގައި ނުރައްކާތެރި އެކްސިޑެންޓެއް: ކުއްޖަކަށާއި ދެ މީހަކަށް ވަރަށް އަނިޔާވެއްޖެ
16 Oct 2026 ހަބަރު

ކުޅުދުއްފުށީގައި ނުރައްކާތެރި އެކްސިޑެންޓެއް: ކުއްޖަކަށާއި ދެ މީހަކަށް ވަރަށް އަނިޔާވެއްޖެ

ދެ ސައިކަލު ޖެހި ހިނގި މި އެކްސިޑެންޓްގައި އަނިޔާވީ 17 އަހަރުގެ ފިރިހެން ކުއްޖަކަށާއި 20 އަހަރުގެ ފިރިހެނަކާއި 32 އަހަރުގެ އަންހެނަކަށެވެ.

ކައުންސިލުގެ 14 ބިމެއް ސަރުކާރަށް ނެގުމުން ކުއްލި ބައްދަލްވުމެއް
16 Oct 2026 ހަބަރު

ކައުންސިލުގެ 14 ބިމެއް ސަރުކާރަށް ނެގުމުން ކުއްލި ބައްދަލްވުމެއް

ކައުންސިލުން ބުނީ މިރޭ 9:00 ގައި ކައުންސިލްގެ ކުއްލި ޖަލްސާއެއް ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ.

ހުޅުމާލޭގައި ދެ ސައިކަލު ޖެހި އެކްސިޑެންޓެއް ހިނގައި އަންހެނަކަށް އަނިޔާވެއްޖެ
16 Oct 2026 ހަބަރު

ހުޅުމާލޭގައި ދެ ސައިކަލު ޖެހި އެކްސިޑެންޓެއް ހިނގައި އަންހެނަކަށް އަނިޔާވެއްޖެ

މި ހާދިސާގައި އަނިޔާވެފައިވަނީ ސައިކަލުގެ ފަހަތުގައި އިން އަންހެނަކަށެވެ. ނަމަވެސް އެކްސިޑެންޓްވި ދެ ސައިކަލު ދުއްވަން ތިބި ދެ ފިރިހެނުންނަށް އެއްވެސް އަނިޔާއެއް ލިބިފައެއް ނުވާ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

ޔޫއޭއީގައި ހިފެހެއްޓި ދިވެހި ދެ ޕައިލެޓުން ރާއްޖެ ފޮނުވާލައިފި
16 Oct 2026 ހަބަރު

ޔޫއޭއީގައި ހިފެހެއްޓި ދިވެހި ދެ ޕައިލެޓުން ރާއްޖެ ފޮނުވާލައިފި

އެ ދެ ޕައިލެޓުން ރާއްޖެ ފޮނުވާލީ ކީއްވެ ކަމެއް ސާފެއް ނުވެ އެވެ.

ދިވެހިރާއްޖެއަށް ދީފައިވާ 30 ބިލިއަން ރުޕީސްގެ ކަރަންސީ ސްވަޕް ފެސިލިޓީ އިންޑިއާއިން ރޯލްއޯވަރ ކޮށްދީފި
16 Oct 2026 ހަބަރު

ދިވެހިރާއްޖެއަށް ދީފައިވާ 30 ބިލިއަން ރުޕީސްގެ ކަރަންސީ ސްވަޕް ފެސިލިޓީ އިންޑިއާއިން ރޯލްއޯވަރ ކޮށްދީފި

ދިވެހިރާއްޖެއަށް ދީފައިވާ 30 ބިލިއަން އިންޑިއަން ރުޕީސްގެ ކަރަންސީ ސްވަޕް ފެސިލިޓީ ރޯލްއޯވަރ )މުއްދަތު އިތުރު( ކޮށްދީފިއެވެ. މިކަން ހާމަކޮށްފައިވަނީ ދިވެހިރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނުން ނެރުނު ނޫސްބަޔާނެއްގައެވެ.

ކާރަކާއި ފުލުހުންގެ ސައިކަލެއް ޖެހި އެކްސިޑެންޓެއް ހިނގައި، ދެ ފުލުހަކަށް އަނިޔާވެއްޖެ
16 Oct 2026 ހަބަރު

ކާރަކާއި ފުލުހުންގެ ސައިކަލެއް ޖެހި އެކްސިޑެންޓެއް ހިނގައި، ދެ ފުލުހަކަށް އަނިޔާވެއްޖެ

ފުލުހުން ބުނީ، މި އެކްސިޑެންޓް ހިނގާފައިވަނީ ހުޅުމާލޭ އަމީން އެވެނިއުއާ ދިމާލުން ދުއްވާފައި ދިޔަ ކާރަކާއި، އެ މަގަށް ނުކުތް ފުލުހުންގެ ސައިކަލެއް ޖެހިގެން ކަމަށެވެ.

ކެނެޑާގެ ޚާރިޖީ ވަޒީރު އިންޑިއާގައި
15 Oct 2026 ދުނިޔެ

ކެނެޑާގެ ޚާރިޖީ ވަޒީރު އިންޑިއާގައި

އެމެރިކާ އާއި ކެނެޑާއާއި ދެމެދު އޮތް ޒަމާންވީ ގުޅުން، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރްމްޕްގެ ސިޔާސަތުތަކާއެކު ގޯސްވެފައިވާ މި ދަނޑިވަޅުގައި ކެނެޑާއިން އަންނަނީ އެހެން ގައުމުތަކާއެކު އޮންނަ ގުޅުން އިތުރަށް ހަރުދަނާކުރުމަށް މަސައްކަތްތަކެއް ކުރަމުންނެވެ.

އިންޑިއާގެ މަސްބޯޓުތަކާއި މަސްވެރިން މިނިވަންކުރުމުގެ މަސައްކަތް ފަށައިފި
15 Oct 2026 ހަބަރު

އިންޑިއާގެ މަސްބޯޓުތަކާއި މަސްވެރިން މިނިވަންކުރުމުގެ މަސައްކަތް ފަށައިފި

އިންޑިއާގެ ބައެއް މީޑިއާތަކުން ބުނެފައިވަނީ، މިދިޔަ އަންގާރަ ދުވަހުގެ ރޭ ރާއްޖޭގެ ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެނައި އެޤައުމުގެ ތިން މަސް ބޯޓާއި 26 މަސްވެރިން މިނިވަންކުރުމަށްޓަކައި ދިވެހި ސަރުކާރާ ގުޅިގެން ކުރަންޖެހޭ ޤާނޫނީ މަސައްކަތްތައް ކުރަމުންދާކަމަށެވެ. އެގޮތުން އެމީހުން ދޫކޮށްލުމަށް ކުރަންޖެހޭ މަސައްކަތުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ޓަމިލް ނާޑޫ ސްޓޭޓްގެ ޗީފް މިނިސްޓަރު ވިޖޭ، އެ ގައުމުގެ ހާރިޖީ ވަޒީރު، ޖައިޝަންކަރުގެ ކިބައިން އެދިވަޑައިގެންފައިވާކަމަށް ބައެއް މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފައެވެ.