މަންހަޓަން ގްރޭންޑް ހޮޓާ.. ފޮޓޯ: މަންހަޓަން
މަންހަޓަން ގްރޭންޑް ހޮޓާ.. ފޮޓޯ: މަންހަޓަން
ހަބަރު 07 Nov 2026 | 17:54

ހުޅުމާލޭގައި ތަރައްޤީކުރި މަންހަޓަން ގްރޭންޑް ހޮޓާ ރަސްމީކޮށް ހުޅުވައިފި

މާލެ ސަރަހައްދުގައި މިހާތަނަށް ހުޅުވި އެންމެ ބޮޑު ސިޓީ ހޮޓާ، މަންހަޓަން ގްރޭންޑް ހޮޓާ ރަސްމީކޮށް މިރޭ ހުޅުވައިފިއެވެ.

މަންހަޓަން ގްރޭންޑް ހޮޓާ ހުޅުވާފައިވަނީ މިކަމަށްޓަކައި މިރޭ އެ ހޮޓަލުގައި ބޭއްވި ހަފްލާއެއްގައެވެ. ހޮޓާ ހުޅުވައިދެއްވީ މާލީ ވަޒީރު ހަސަން ޒަރީރެވެ. ކުރިން އެސްޓީއޯ ސިޓީހޮޓާ ހަދަން ނިންމި އިމާރާތުގައި މަންހަޓަންގެ މި ހޮޓާ ހުޅުވާފައިމިވަނީ އަހަރުދުވަހުގެ މަސައްކަތްތަކަށް ފަހުގައެވެ. ފަސް ތަރީގެ މި ހޮޓަލުގައި 162 ކޮޓަރި ހުންނައިރު. ހޮޓާ ފަރުމާކޮށްފައިވަނީ ޒަމާނީ ވަސީލަތްތައް ހިމަނައިގެންނެވެ.

އެގޮތުން މި ހޮޓަލުގައި ރެސްޓޯރެންޓް ތަކާއި، ޖިމް، ސްވިމިންޕޫލް އަދި ޖަލްސާކުރާ މާލަންތައް ހިމެނެއެވެ. މަންހަޓަން ގްރޭންޑް ހޮޓާ އާންމުކޮށް ހުޅުވާލާފައިވާއިރު، ވެބްސައިޓް މެދުވެރިކޮށް ބުކިންސްތައް މިހާރު ހެއްދޭނޭކަމަށް ހޮޓަލުން ބުނެއެވެ.

މަންހަޓަން ހޮޓާ ތަރައްޤީކުރި އިމާރާތަކީ މީގެ 20 އަހަރުކުރިން އެސްޓީއޯއިން ސިޓީ ހޮޓަލެއް ހިންގުމަށް އިމާރާތްކުރި ތަނެކެވެ. އެސްޓީއޯއިން ހުޅުމާލޭގައި ސިޓީ ހޮޓަލެއް ގާއިމްކުރުމުގެ މަސައްކަތް އެންމެފުރަތަމަ ފެށީ 2007 ވަނަ އަހަރެވެ. އެސްޓީއޯއިން ހޮޓަލެއް ހަދަން ފެށީ އެކުންފުންޏަށް ދިމާވެފައިވާ ބޭރުފައިސާ ލިބުމުގެ މައްސަލައަށް ހައްލެއް ގެނައުމުގެ ގޮތުންކަމަށް އޭރު އެކުންފުނިން ވަނީ ބުނެފައެވެ. ތަފާތު އެކި އަހަރުތަކުގެ މަތިން ބަޔަކާ ހަވާލުކޮށްގެން އެތަނުގެ މަސައްކަތްތައް ފެށިނަމަވެސް ހޮޓަލުގެ މަސައްކަތް، އޮތީ ކުރިއަށް ނުގޮސް ހުއްޓިފައެވެ. އެގޮތަށް އޮއްވައި އެސްޓީއޯއިން ވަނީ 2024 ވަނަ އަހަރު އެ ހޮޓާ އެޗްޑީސީއާ ހަވާލުކޮށްފައެވެ

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ޚިދުމަތްތެރި ދިވެހި މުދައްރިސް، މޫސާ އަލީ ނިޔާވެއްޖެ
07 Nov 2026 ހަބަރު

ޚިދުމަތްތެރި ދިވެހި މުދައްރިސް، މޫސާ އަލީ ނިޔާވެއްޖެ

މޫސާ އަލީ ނިޔާވެފައިވަނީ ބަލިވެ އުޅުއްވާތާ ގިނަ ދުވަސްތަކަކަށްފަހު، އައިޖީއެމްއެޗް ހޮސްޕިޓަލްގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ.

ބޯކޮށް ވާރޭވެހި ވައިގަދަވާނެ ކަމަށް ލަފާކޮށް، މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި
07 Nov 2026 ހަބަރު

ބޯކޮށް ވާރޭވެހި ވައިގަދަވާނެ ކަމަށް ލަފާކޮށް، މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި

މެޓް އޮފީހުން މި ސަމާލު ނެރެފައިވަނީ، މިރޭ 22:00 އާ ހަމައަށެވެ. މެޓް އޮފީހުން ވިދާޅުވީ، މި ވަގުތުތަކުގެ ތެރޭގައި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ބޯކޮށް ވާރެވެހި، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

ރާއްޖޭގެ އިސްލާމީ ޝަޚްޞިއްޔަތު ކިލަނބުކޮށްލަން ހިންގާ ޖަރީމާތާކުން ރާއްޖެ ސަލާމަތްކުރުމުގައި ދެމިތިބެންޖެހޭ: ޝަހީމް
07 Nov 2026 ހަބަރު

ރާއްޖޭގެ އިސްލާމީ ޝަޚްޞިއްޔަތު ކިލަނބުކޮށްލަން ހިންގާ ޖަރީމާތާކުން ރާއްޖެ ސަލާމަތްކުރުމުގައި ދެމިތިބެންޖެހޭ: ޝަހީމް

ވަޒީރު ޝަހީމު މިހެން ވިދާޅުވެފައިވަނީ، މި މައްސަލައާއި ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓަކުންނެވެ.

ހުޅުމާލެ ފޭސް ތިނެއް ސަރަހައްދުގައި މިރޭ ހަވާ އަރުވަނީ
07 Nov 2026 ހަބަރު

ހުޅުމާލެ ފޭސް ތިނެއް ސަރަހައްދުގައި މިރޭ ހަވާ އަރުވަނީ

ހަވާއެރުވުން ކުރިއަށްދާނީ މިރޭ 22:00އާއި 23:30އާ ދެމެދުގެ ވަގުތެއްގައި ގައެވެ. ހަވާއެރުވުން ކުރިއަށްދާނީ ތިން މިނެޓެއްހާއިރަށެވެ

ޅައިމަގަށް ނަގޫރޯޅިއެއް އަރައި ބޮޑެތި ގެއްލުންތަކެއް
07 Nov 2026 ހަބަރު

ޅައިމަގަށް ނަގޫރޯޅިއެއް އަރައި ބޮޑެތި ގެއްލުންތަކެއް

މި ހާދިސާގައި ވިއްސައިގެން ދިޔަ ޓިނުގަނޑަކުން ޖެހި މީހެއްގެ ބޯ ވަނީ ފަޅައިގެން ގޮސްފައެވެ. އެމީހާއަށް ފަރުވާދެމުންދާކަމަށް މައުލޫމާތު ލިބެއެވެ.