އާއްމުންގެ ސުވާލު ފަޒުލްއަށް ހުށައެޅޭނެ ގޮތް އާބަންކޯ އިން ހަމަޖައްސައިފި
އާބަންކޯގެ މެނޭޖިން ޑިރެކްޓަރ އިބްރާހިމް ފަޒުލް ރަޝީދަށް ރައްޔިތުންނާއި ވިޔަފާރި ތަކުން ކުރަން ބޭނުންވާ ސުވާލާއި ފީޑްބެކާއި ކަންބޮޑުވުންތައް ހުށައެޅޭނެ ގޮތް އާބަންކޯއިން ހަމަޖައްސައިދީފިއެވެ.
މިކަމާއި ބެހޭގޮތުން އާބަންކޯ އިން ވަނީ އެކްސް ގައި ޓްވީޓެއް ކޮށްފައެވެ.
އާބަންކޯ އިން ކޮށްފައިވާ ޓްވީޓްގައި ބުނީ ފަޒުލް ދަނީ ހާމަކަން ބޮޑު ގޮތެއްގައި މުޖުތަމަޢުގެ ގުޅުން ބަދަހިކުރުމަށް ފިޔަވަޅެއް އަޅަމުން ކަމަށާއި މިހާރު [email protected] މެދު ވެރިކޮށް ސުވާލެއް، ފީޑްބެކެއް ނުވަތަ ޝަކުވާއެއް ކުރުމުން އެކަމަށް އެބޭފުޅާ ޖަވާބުދާރީ ވެލައްވާނެ ކަަމަށެވެ.
ފަޒުލް ވަނީ އިއްޔެ ނޫސްވެރިންނާއި ވެސް ބައްދަލުކުރައްވާފައެވެ.
މި ބައްދަލު ކުރެއްވުމުގައި ހިޔާ ފްލެޓް ގެ ކުލި ކުޑަ ކުރުމާއި ވިނަރެސް ފްލެޓް ގެ މެއިންޓޭނެންސް ކުޑަކުރުމަށް ސަރުކާރުން ނިންމި ނިންމުމަށް އަލި އަޅުވާލުމުގެ އިތުރުން، މިކަމާއި ގުޅޭގޮތުން ނޫސްވެރިން ކުރި ސުވާލު ތަކަށް ވެސް ފަޒުލް ވަނީ ޖަވާބު ދާރީ ވެފައެވެ.
އަދި މި ބައްދަލުވުމުގައިވެސް ފަޒުލް ވަނީ މި ސަރުކާރުން އަދި އާބަންކޯއިންވެސް މަސައްކަތް ކުރަމުންދާނީ ވަރަށް ހާމަކަންބޮޑު ގޮތެއްގައި ކަމަށް ވިދާޅުވެފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް