ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ހުދު ސަމާލު ނެރެފި!
ހއ.އަތޮޅުން ގދ.އަތޮޅަށް ހުދު ސަމާލު ނެރެފިއެވެ.
މޯލްޑިވްސް މީޓްރޮލޮޖީ އިން ނެރުނު ހުދު ސަމާލުގައި ބުނެފައިވައިވަނީ މިއަދުގެ ހެނދުނުގެ 8:30ން މިއަދުގެ 14:30 އަށް ހއ.އަތޮޅާއި ގދ. އަތޮޅަށް ބޯކޮށް ވާރޭ ވެހުމާއި އެކު ގުގުރާނެ ކަަމަށް ލަފާކޮށްފައެވެ.
އިއްޔެގެ 13:30ން 18:30 ބޯކޮށް ވާރޭ ވެހުމާއި އެކު ގުގުރާނެ ކަމަށް ލަފާކޮށް ހއ.އަތޮޅުން ބ.އަތޮޅަށް ވަނީ ހުދު ދސަމާލު ނެރެފައެވެ.
މިދުވަސް ވަރު ފާހަގަކުރެވެނީ މޫސުން ގޯސް ދުވަސްވަރެއްގެ ގޮތުގައެވެ. މޫސުން ގޯސްވާ ދުވަސް ވަރު މޫސުމީ ގެއްލުންތަކުން ސަލާމަތް ތެރިވެތިބުމަށްޓަކައި ރައްކާތެރި ކަމުގެ ފިޔަވަޅުތައް އެޅުމަށް އަބަދުވެސް ކަމާއިބެހޭ ފަރާތްތަކުން އިރުޝާދު ދެއެވެ.
ކުރިއަށް އޮތީ ސްކޫލް ތަކުގެ ދަރިވަރުންގެ ޗުއްޓީ ދުވަސްވަރެވެ. އެދުވަސްވަރަކީ ގިނަ ބަޔަކު ތަންތަނަށް ދަތުރުކުރާ ދުވަސްވަރެކެވެ. އެހެންކަމުން ދަތުރަށް ފެށުމުގެ ކުރިން މޫސުމަށް ބެލުމަކީ ވަރަށް މުހިންމު ކަމެކެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް