މަސްވެރިންގެ ދުވަހާއި ގުޅިގެން މިދިޔަ އަހަރު ބޭއްވުނު ކުޑަކުދިންގެ ހަވީރެއްގެ ތެރެއިން-- ފޮޓޯ/ޕީއެސްއެމް
މަސްވެރިންގެ ދުވަހާއި ގުޅިގެން މިދިޔަ އަހަރު ބޭއްވުނު ކުޑަކުދިންގެ ހަވީރެއްގެ ތެރެއިން-- ފޮޓޯ/ޕީއެސްއެމް
ހަބަރު 07 Dec 2023 | 07:03

ގިނަ ހަރަކާތްތަކާއި އެކު މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް މާދަމާ ޚާއްސަ ކުޑަކުދިންގެ ހަވީރެއް!

މަސްވެރިންގެ ދުވަހާއި ގުޅުވައިގެން މަސްވެރިކަމާއި އެ ސިނާއަތާއިގުޅުން ހުރި މައުލޫމާތު ކުޑަކުދިންނަށް ހިއްސާކުރުމަށް "މިފްކޯ ކުޑަކުދިންގެ ހަވީރު" ނަމުގައި ކުޑަކުދިންގެ ހަވީރެއް ބޭއްވުމަށް ނިންމައިފިއެވެ.

ފިޝަރީޒް މިނިސްޓްރީން ބުނީ، މި ކުޑަކުދިންގެ ހަވީރަކީ އެ މިނިސްޓްރީ އާއި މިފްކޯއިން ގުޅިގެން އިންތިޒާމްކުރާ ހަވީރެއް ކަމަށާ އެ ހަވީރުގެ ހޮސްޓިންގް ޕާޓްނަރަކީ އަރބަންކޯ ކަމަށެވެ.

8 ޑިސެމްބަރ 2023 ވަނަ ދުވަހު ހަވީރު 4:00 އިން 6:00 އަށް ހުޅުމާލެ، ސެންޓްރަލް ޕާރކްގައި، ބާއްވާ މި ހަވީރަކީ ހުނަރުވެރި، ހޭލުންތެރި އަދި ޝައުގުވެރިކަމާއިއެކު ކުދިންނަށް ހޭދަކޮށްލެވޭ ދެގަޑިއިރަށް ހެދުމަށް ގިނަ ކަންކަން ރޭވިފައިވާ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.

އެގޮތުން އިވެންޓްއަށް ވަންނަ މަގު ހާއްސަކުރެވިފައިވަނީ ދިވެހި މަސްވެރިކަމުގެ ތައާރަފެއް ދޭ މަގެއްގެ ގޮތުގައި ކަމަށާ، މި އިވެންޓުގެ ތެރެއިން މަސްވެރިކަމާއި ގުޅޭ ހުށަހެޅުންތައް ދައްކާލެވޭނެ ކަމަށް ބުނެފައިވެއެވެ. އޭގެ ތެރޭގައި، މަސް ކެނޑުމުގެ ހުނަރު ދައްކާލުމާއި، މަހުން ދިވެހި ތަފާތު ކާނާ ތައްޔާރު ކުރުމާއި މަހުގެ އުފެއްދުންތައް ދައްކާލުން ހިމެނޭ ކަމަށް މައުލޫމާތު ދީފައިވެއެވެ.

މީގެ އިތުރުން މިނިސްޓްރީން ބުނީ، މި ކުޑަކުދިންގެ ހަވީރުގެ ތެރެއިން ކުރެހުމުގެ މުބާރާތްތަކާއި "ފަސްމީރު ޔަންގް ޝެފް" ނަމުގައި މުބާރާތެއް ވެސް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށާ މުބާރާތުގައި ވާދަކޮށް މަތިން މާކްސް ހޯދާ ކުދިންނަަށް ހާއްސަ އިނާމެއް ދެވޭނެ ކަމަށެވެ.

މިިނިސްޓަރީން ބުނީ، މި ކުޑަކުދިންގެ ހަވީރުގެ ކުޅިވަރުތައް ރޭވުމުގައި އެކި އުމުރުގެ ކުދިންނާއި ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށްވެސް ބައިވެރިވެވޭނެ ގޮތަށް އިސްކަންދީފައިވާނެ ކަމަށެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ބާރު ސްޕީޑުގައި ދުއްވި ސައިކަލަކުން ޖެހި ހައިވޭގައި ޑިއުޓީގައި ހުރި ފުލުހަކަށް ވަރަށް އަނިޔާވެއްޖެ
17 Oct 2026 ހަބަރު

ބާރު ސްޕީޑުގައި ދުއްވި ސައިކަލަކުން ޖެހި ހައިވޭގައި ޑިއުޓީގައި ހުރި ފުލުހަކަށް ވަރަށް އަނިޔާވެއްޖެ

ފުލުހުން މީހާ އަނިޔާވެގެން ވެއްޓިފައި އޮތް މަންޒަރު ވޮއިސްގެ ނޫސްވެރީންނަށް ފެނިފައިވެ އެވެ.

ސައިކަލެއް ވަގަށް ނަގާ ފޭކު ބޯޑެއް ހަރުކުރި އިތުރު މައްސަލައެއް؛ މި ފަހަރު ލަންކާ ދެ މީހެއް
16 Oct 2026 ހަބަރު

ސައިކަލެއް ވަގަށް ނަގާ ފޭކު ބޯޑެއް ހަރުކުރި އިތުރު މައްސަލައެއް؛ މި ފަހަރު ލަންކާ ދެ މީހެއް

ވަގަށް ނަގާފައިވާ އުޅަނދެއް ބޭނުންކުރި ކަމުގެ ތުހުމަތުގައި މި ދެ މީހުން ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައެވެ.

ސައިކަލުގެ ނަންބޯޑް ބަދަލުކޮށް ވަގަށް ނަގައިފި، ތުހުމަތު އޮތް ތިން މީހުން ހައްޔަރު
16 Oct 2026 ހަބަރު

ސައިކަލުގެ ނަންބޯޑް ބަދަލުކޮށް ވަގަށް ނަގައިފި، ތުހުމަތު އޮތް ތިން މީހުން ހައްޔަރު

މި މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ 45 އަހަރުގެ ދެ ފިރިހެނުންނާއި 39 އަހަރުގެ ފިރިހެނެކެވެ.

ވީޑިއޯގައި ފެންނަނީ ކުޅޭކުޅޭ ބަޑިތަކެއް، ފުލުހުންގެ ބެލުމުގެ ދަަށަށް ގެނެސްފި
16 Oct 2026 ހަބަރު

ވީޑިއޯގައި ފެންނަނީ ކުޅޭކުޅޭ ބަޑިތަކެއް، ފުލުހުންގެ ބެލުމުގެ ދަަށަށް ގެނެސްފި

އެއީ ވީޑިއޯއެއް ކުޅުމުގެ ބޭނުމުގައި ކުރިކަމެއް ކަމަށް އެފަރާތުން ވަނީ ބުނެފައި ކަމަށް ފުލުހުން ބުންޏެވެ.

ކުޅުދުއްފުށީގައި ނުރައްކާތެރި އެކްސިޑެންޓެއް: ކުއްޖަކަށާއި ދެ މީހަކަށް ވަރަށް އަނިޔާވެއްޖެ
16 Oct 2026 ހަބަރު

ކުޅުދުއްފުށީގައި ނުރައްކާތެރި އެކްސިޑެންޓެއް: ކުއްޖަކަށާއި ދެ މީހަކަށް ވަރަށް އަނިޔާވެއްޖެ

ދެ ސައިކަލު ޖެހި ހިނގި މި އެކްސިޑެންޓްގައި އަނިޔާވީ 17 އަހަރުގެ ފިރިހެން ކުއްޖަކަށާއި 20 އަހަރުގެ ފިރިހެނަކާއި 32 އަހަރުގެ އަންހެނަކަށެވެ.

ކައުންސިލުގެ 14 ބިމެއް ސަރުކާރަށް ނެގުމުން ކުއްލި ބައްދަލްވުމެއް
16 Oct 2026 ހަބަރު

ކައުންސިލުގެ 14 ބިމެއް ސަރުކާރަށް ނެގުމުން ކުއްލި ބައްދަލްވުމެއް

ކައުންސިލުން ބުނީ މިރޭ 9:00 ގައި ކައުންސިލްގެ ކުއްލި ޖަލްސާއެއް ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ.

ހުޅުމާލޭގައި ދެ ސައިކަލު ޖެހި އެކްސިޑެންޓެއް ހިނގައި އަންހެނަކަށް އަނިޔާވެއްޖެ
16 Oct 2026 ހަބަރު

ހުޅުމާލޭގައި ދެ ސައިކަލު ޖެހި އެކްސިޑެންޓެއް ހިނގައި އަންހެނަކަށް އަނިޔާވެއްޖެ

މި ހާދިސާގައި އަނިޔާވެފައިވަނީ ސައިކަލުގެ ފަހަތުގައި އިން އަންހެނަކަށެވެ. ނަމަވެސް އެކްސިޑެންޓްވި ދެ ސައިކަލު ދުއްވަން ތިބި ދެ ފިރިހެނުންނަށް އެއްވެސް އަނިޔާއެއް ލިބިފައެއް ނުވާ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

ޔޫއޭއީގައި ހިފެހެއްޓި ދިވެހި ދެ ޕައިލެޓުން ރާއްޖެ ފޮނުވާލައިފި
16 Oct 2026 ހަބަރު

ޔޫއޭއީގައި ހިފެހެއްޓި ދިވެހި ދެ ޕައިލެޓުން ރާއްޖެ ފޮނުވާލައިފި

އެ ދެ ޕައިލެޓުން ރާއްޖެ ފޮނުވާލީ ކީއްވެ ކަމެއް ސާފެއް ނުވެ އެވެ.