ޕޯޓަލް މެދުވެރިކޮށް ޖަމިއްޔާތައް ރަޖިސްޓްރީކުރުން ހުއްޓާލައިފި
މިއަދުން ފެށިގެން ޕޯޓަލް މެދުވެރިކޮށް ޖަމިއްޔާތައް ރަޖިސްޓްރީކުރުން މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސް ހުއްޓާލައިފިއެވެ.
މިކަން އަންގައި އެ މިނިސްޓްރީގެ ފަރާތުން ވަނީ އިއުލާނެއް ނެރެފައެވެ.
މި އިއުލާން ގައި ބުނެފައިވަނީ mees.mv އިން މަދަނީ ޖަމުޢިއްޔާތައް ރަޖިސްޓްރީކުރުން މިއަދުން ފެށިގެން ހުއްޓާލާފައިވާ ކަމަށެވެ. އަދި މީގެ ފަހުން ޖަމްޢިއްޔާތައް ރަޖިސްޓްރީކުރުން ކުރިއަށްދާނީ [email protected] އީމެއިލް މެދުވެރިކޮށެވެ.
އިތުރު މަޢުލޫމާތު ހޯއްދެވުމަށް ރަސްމީ ގަޑީގައި 3330808 ނަމްބަރ ފޯނަށް ގުޅުމަށް މިނިސްޓްރީން ވަނީ އެދިފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް