އިންގްލެންޑާއި އާޖެންޓީނާ ބައްދަލުކުރިމެޗްގެ ތެރެއިން.. ފޮޓޯ: ފީފާ
އިންގްލެންޑާއި އާޖެންޓީނާ ބައްދަލުކުރިމެޗްގެ ތެރެއިން.. ފޮޓޯ: ފީފާ
ކުޅިވަރު 16 Jul 2026 | 02:25

ފަހަތުން އަރައި އިނގިރޭސިން ބަލިކޮށް، އާޖެންޓީނާ ވަރލްޑްކަޕް ފައިނަލަށް

ފަހަތުން އަރައި އިނގިރޭސިވިލާތް ބަލިކޮށް އާޖެންޓީނާ ވަރލްޑްކަޕް ފައިނަލަށް ދަތުރުކޮށްފިއެވެ.

އެމެރިކާގެ އެޓްލާންޓާގައި ކުޅުނު މިމެޗް އިނގިރޭސިންގެ މައްޗަށް އާޖެންޓީނާ ކުރި ހޯދީ 2-1 ގެ ނަތީޖާއަކުންނެވެ. މެޗްގެ ފުރަތަމަ ހާފްގެ ކުޅުން ނިމިގެންދިޔައީ ދެޓީމުން ކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވިއެވެ. މި ހާފްގައި ދެޓީމަށްވެސް ލަނޑުޖަހާނެ ފުރުސަތެއް ލިބިގެން ގޮސްފައިނުވާކަން ފާހަގަކޮށްލެވެއެވެ. އޭގެ ބަދަލުގައި ދެޓީމްގެ ފަރާތުންވެސް ފައުލްތައް ފެނިގެންދިޔައެވެ.

މެޗްގައި އިނގިރޭސިވިލާތުން ލީޑް ނަގާފައިވަނީ 55 ވަނަ މިނެޓް ތެރޭގައެވެ. މި ލަނޑު ޖަހައިދިނީ ގޯޑޮންއެވެ. މި ލަނޑަށްފަހު އާޖެންޓީނާއިން ވަނީ 64 ވަނަ މިނެޓް ތެރޭގައި ޔުވެންޓަސްގެ ގޮންޒާލެޒް، އޮޓަމެންޑީ އަދި މާޓިނެޒް ކުޅެން އަރުވައި އެޓޭކް ވަރުގަދަކޮށްފައެވެ. ނަތީޖާ އަކަށްވެގެންދިޔައީ 85 ވަނަ މިނެޓް ތެރޭގައި ލިއޮނެލް މެސީ ތަނަވަސްކޮށްދިން ފުރުސަތެއްގައި އެންޒޯ ފެނާންޑެޒް ލަނޑެއް ޖަހައި މެޗް އެއްވަރުކުރުމެވެ. މެޗުން އާޖެންޓީނާ މޮޅުކޮށްދިން ލަނޑު ޖަހައިދިނީ އިތުރުވަގުތުގެ ކުޅުމުގެ ތެރޭގައި އިންޓަމިލާންގެ މާޓިނޭޒް އެވެ.

މެޗްގެ ފަހުހާފްގައި އާޖެންޓީނާއިން މެޗް ޑޮމިނޭޓްކޮށް އިނގިރޭސިންގެ ގޯލަށްވަނީ ނުރައްކާތެރި ގިނަ ހަމަލާތަކެއް ފޮނުވާލާފައެވެ. މީގެ ތެރެއިން އެއް ހަމަލާ ވަނީ ދަނޑީގައި ޖެހިފައެވެ.

ވަރލްޑްކަޕް ސެމީފައިނަލުގައި އާޖެންޓީނާ ނިކުންނާނީ ސްޕެއިން އާ ދެކޮޅަށެވެ. މިމެޗް ކުޅުމަށް ހަމަޖެހިފައިވަނީ މިމަހުގެ 19 ވާ އާދިއްތަދުވަހުއެވެ. ފައިނަލްމެޗް ކުޅުމަށް ތާވަލްކޮށްފައިވަނީ އެމެރިކާގެ ނިއުޔޯކްގެ ނިއުޖާޒީ ސްޓޭޑިއަަމްގައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ނިއުކާސަލް ޔުނައިޓެޑުން އާސެނަލް ހުއްޓުވައިފި
22 Nov 2026 ކުޅިވަރު

ނިއުކާސަލް ޔުނައިޓެޑުން އާސެނަލް ހުއްޓުވައިފި

އާސެނަލްއަށް މެޗުގެ ތެރެއިން ކުރިމަތިވި އެންމެ ބޮޑު ކަންބޮޑުވުމަކީ އެޓީމުގެ އިތުބާރު ގޯލްކީޕަރު ޑޭވިޑް ރާޔާގެ ކޮނޑަށް ލިބުނު އަނިޔާއަކާ ގުޅިގެން ބަދަލުކުރަން ޖެހުމެވެ. ކޯޗު މައިކަލް އާޓެޓާ ބުނިގޮތުގައި ރާޔާގެ އަނިޔާގެ ސީދާ ތަފްސީލެއް އެނގޭނީ މެޑިކަލް ޓެސްޓުތަކަށް ފަހުގައެވެ

ފްލަމް މެޗް އެއްވަރުވެ، މެންޗެސްޓަރ ސިޓީއަށް ނުތަނަވަސްކަން
21 Nov 2026 ކުޅިވަރު

ފްލަމް މެޗް އެއްވަރުވެ، މެންޗެސްޓަރ ސިޓީއަށް ނުތަނަވަސްކަން

އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުން ލިބުނު ޕޮއިންޓާއެކު، ސިޓީ ޖެހިޖެހިގެން ބަލިވަމުން އައި ސިލްސިލާއަށް ނިމުމެއް އައި ނަމަވެސް، ޓީމުގެ ކުޅުމާމެދު ސަޕޯޓަރުންގެ މެދުގައި ވަނީ ނުތަނަވަސްކަން ކުރިމަތިވެފައެވެ.

މަޝްހޫރު ޓެނިސް ކުޅުންތެރިޔާ މެޑްވެޑެވް ރާއްޖެއަށް އަންނަން ކެތްމަދުވެފައި
21 Nov 2026 ކުޅިވަރު

މަޝްހޫރު ޓެނިސް ކުޅުންތެރިޔާ މެޑްވެޑެވް ރާއްޖެއަށް އަންނަން ކެތްމަދުވެފައި

މެޑްވެޑެވް އަކީ، މީގެ ކުރިން އޭޓީޕީ ވޯލްޑް ޓުއާގެ އެއްވަނަ ހޯދާފައިވާ އަދި 2021 ވަނަ އަހަރުގެ ޔޫއެސް އޯޕަން ޗެމްޕިއަންޝިޕްގެ ޗެމްޕިއަންކަން ވެސް ހޯދާފައިވާ ރަޝިޔާއަށް ނިސްބަތްވާ ނަން މަޝްހޫރު ޓެނިސް ކުޅުންތެރިއެކެވެ. އޭނާ ވަނީ، އޭޓީޕީ ވޯލްޑް ޓުއާ ސިންގަލްގެ 25 ޓައިޓަލް މިހާތަނަށް ހޯދާފައެވެ.

އަދިވެސް މިފެންވަރުގައި ހިފަހައްޓާލެވޭނެ: ވެންޑައިކް
21 Nov 2026 ކުޅިވަރު

އަދިވެސް މިފެންވަރުގައި ހިފަހައްޓާލެވޭނެ: ވެންޑައިކް

ލިވަޕޫލް ދޫކޮށްލަން ޖެހިއްޖެ ނަމަ އެއީ އޭނާއަށާއި އޭނާގެ އާއިލާއަށް ވަރަށް އަސަރުގަދަ ވަގުތަކަށް ވާނެ

ހެރީ ކޭންއަށް ލިބުނު އަނިޔާއަކާ ގުޅިގެން ދުވަސް ކޮޅަކަށް ކުޅުމާ ދުރަށް
21 Nov 2026 ކުޅިވަރު

ހެރީ ކޭންއަށް ލިބުނު އަނިޔާއަކާ ގުޅިގެން ދުވަސް ކޮޅަކަށް ކުޅުމާ ދުރަށް

ކޭންއަށް މި އަނިޔާ ލިބުނީ މެޗުގެ 20 ވަނަ މިނެޓުގައި ކޯލޯންގެ ޑިފެންޑަރު ޖޮއެލް ޝްމިޑް ކުރި ޗެލެންޖެއްގެ ތެރެއިންނެވެ

ސްކަލޯނީގެ ކޯޗިން ސްޓާފުންގެ ތެރެއިން މެސީ ފެނިދާނެތަ؟
19 Nov 2026 ކުޅިވަރު

ސްކަލޯނީގެ ކޯޗިން ސްޓާފުންގެ ތެރެއިން މެސީ ފެނިދާނެތަ؟

އާޖެންޓީނާގެ އެސިސްޓަންޓް ކޯޗު ވޯލްޓާ ސެމިއުލް، އަމިއްލަ ކޯޗިން ކެރިއަރެއް ފެށުމަށްޓަކައި މަގާމުން ވަކިވާން ނިންމުމާއެކު، އެ މަގާމަށް މެސީ އަތުވެދާނެތޯ ގިނަ ބަޔަކު ސުވާލު އުފެއްދިއެވެ. މިކަމާ ގުޅޭގޮތުން ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެމުން ސްކަލޯނީ ސަމާސާ ގޮތަކަށް ބުނީ، މެސީ ބޭނުންނަމަ އެ ފުރުސަތު އޭނާއަށް އަބަދުވެސް އޮންނާނެ ކަމަށެވެ