ބުރު ސްޕޯޓްސް ކްލަބްގެ އާ ކޯޗަކަށް ސްޕެއިންގެ ރޮޑްރީގޭޒް
ލިޔުންތެރިޔާ
އަބްދުﷲ ހުސައިން
ބުރު ސްޕޯޓްސް ކްލަބްގެ ކޯޗަކަށް ސްޕެއިންގެ ސްޕެއިންގެ ކްރިސްޓިއަން ރޮޑްރިގޭޒް ހަމަޖައްސައިފިއެވެ.
ބުރުގެ އާ ކޯޗަކަށް ރޮޑްރީގޭޒް ހަމަޖައްސާފައިވާއިރު އޭނާއަކީ ޔުއެފާ ޕްރޯ ލައިސަންސް އޮޗް ކޯޗެކެވެ. ރޮޑްރީގޭޒް ވަނީ، މީގެ ކުރިން އެކި ޤައުމުތަކުގައި މަސައްކަތްކޮށްފައެވެ. މީގެ ތެރޭގައި އިންޑިއާ، ޔޫއޭއީ، އެމެރިކާ އަދި އޮމާން ހިމެނެއެވެ. ބުރުގެ އާ ކޯޗަކަށް ރޮޑްރީގޭޒް ހަމަޖެއްސިއިރު ނިމިގެންދިޔަ ސީޒަނުގައި އެޓީމްގެ ކޯޗެއްގެ ގޮތުގައި ހުރީ މުޙައްމަދު ނިޒާމް (ނިޒާމްބެ) އެވެ.

ރޮޑްރީގޭޒަކީ މީގެކުރިން އެތްލެޓިކޯ މެޑްރިގެ ޒުވާން ޓީމުގެ ކޯޗެއްގެ ގޮތުގައިވެސް މަސައްކަތްކޮށްފައެވެ. އަދި އޭނާއަކީ ސްޕެއިްނގެ ބާސެލޯނާއިންވެސް މި ދާއިރާގެ ތަޖުރިބާ ހޯދާފައެވެ.
ނިޒާމްބެގެ ކޯޗްކަމުގެ ދަށުން ބުރު ވަނީ މިދިޔަ ސީޒަނުގައި ޕްރެސިޑެންޓްސްކަޕް ސެމީފައިނަލުގެ އިތުރުން އެފްއޭކަޕްގެވެސް ސެމީއަށް ދަތުރުކޮށްފައެވެ. ބުރުގެ އާ ކޯޗާއެކު އެޓީމްގެ ތަމްރީނުތައް މިއަދު ފެށުމަށް ވަނީ ހަމަޖެހިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް