މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުالله-- ފޮޓޯ/މަޖިލިސް
މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުالله-- ފޮޓޯ/މަޖިލިސް
ހަބަރު 08 Jun 2023 | 08:31

އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ އާދީއްތަ ދުވަހު ނުބޭއްވޭނެ ކަން އަންގައިފި

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުالله އެ މަޤާމުން ވަކިކުރުމުގެ މައްސަލަ 11 ޖޫން 2023 ވާ އާދީއްތަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް އެޖެންޑާ ކުރުމަށްފަހު، އެދުވަހުގެ އެޖެންޑާއިން އެ މައްސަލަ ނަގައިފިއެވެ.

މަޖިލީހުގެ މެޖޯރިޓީ އޮތް، ސަރުކާރު ހިންގާ މައި ޕާޓީ، އެމްޑީޕީން ވަނީ 50 މެންބަރުންގެ ސޮޔާއެކު އީވާގެ އިތުބާރު ނެތް މައްސަލައެއް، މެއި މަހުގެ 23 ވަަނަ ދުވަހު މަޖިލީހަށް ހުށަހަޅައިފަ އެވެ. އެކަމާ ގުޅިގެން ގަވައިދުގައި ބުނާ 14 ދުވަހުގެ ނޯޓިސް މުއްދަތު އަންނަ އާދީއްތަ ދުވަހަށް ހަމަވާތީ އެ ދުވަހަށް އޮތީ އެ މައްސަލަ އެޖެންޑާ ކޮށްފަ އެވެ.

މަޖިލީހުގެ އަމީން ޢާންމު ފާތިމަތު ނިއުޝާ، މައްސަލަ ހުށަހެޅުއްވި މެންބަރަށް ފޮނުއްވި ސިޓީއެއްގައި ވަނީ މަޖިލީހުގެ ދަފްތަރުގައި ސިޔާސީ ޕާޓީތަކަށައި ޕާޓީއަކަށް ނިސްބަތްނުވާ މެމްބަރުންގެ ނިސްބަތަށް އައިސްފައިވާ ބަދަލާއި ގުޅިގެން މަޖިލީހުގެ ދާއިމީ ކޮމިޓީތަކުގައި މެމްބަރުން ހިމެނިވަޑައިގަންނަވާ ނިސްބަތް އަދި ފާސްކުރެވިފައި ނުވާ ކަމަށެވެ.

މަޖިލީހުގެ ގަވައިދު ބުނާ ގޮތުން މަޖިލީހުގެ ނައިބު ރައީސް މަގާމުން ވަކި ކުރުމުގެ މައްސަލާގައި ވާހަކަ ދައްކާނެ މެމްބަރުންގެ އަދަދާއި ވާހަކަ ދައްކާނެ ދިގުމިން އާންމު ކޮމިޓީން ކަނޑައަޅަން ޖެހެ އެވެ. އަދި ނާއިބު ރައީސް އޭނާގެ ދިފާއުގައި ވާހަކަ ދެއްކެވުމަށް ދޭނީ ކިހާ ފުރުސަތެއްތޯ އާއި ކިހާ ވަގުތެއްކަން ވެސް ކަނޑައަޅާނީ އެ ކޮމިޓީންނެވެ.

ނަމަވެސް، މަޖިލީހުގެ ނައިބު ރައީސް ކަމުގެ މަގާމުން އީވާ ވަކިކުރުމުގެ ގަރާރާ ގުޅިގެން ކުރެވޭ ބަހުސްގައި މެމްބަރުން ވާހަކަދެއްކުމަށް ދެވޭ ވަގުތު މަޖިލީހުގެ 108 ވަނަ މާއްދާގެ ދަށުން އަދި ކަނޑައެޅިފައި ނުވާ ކަމަށް އަމީން ޢާންމުގެ ސިޓީގައި ވެއެވެ. އެހެންކަމުން، އެ ވަގުތު ކަނޑައަޅައި ނިމުމުން އެ މައްސަލަ ފަހުން އެޖެންޑާކުރުމަށް ފަހު އަންގަވާނެ ކަމަށްވެސް ސިޓީގައި ވެއެވެ.

އީވާގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލައެއްވެސް މިހާރު ވަނީ މަޖިލީހަށް ހުށަހެޅިފައެވެ. އަދި އެ މައްސަލަ ވެސް ކުރިއަށް ގެންދާނެ ކަމަށް މަޖިލީހުން ބުނެފައިވާއިރު، ކޮމިޓީތައް އެކުލަވައި ނުލެވޭ ނަމަ މައްސަލަ ކުރިއަށް ނުދާނެއެވެ.

މަޖިލީހުގެ ކޮމިޓީތައް އެކުލަވައި ލެވިފައި ނުވާތީ، ބަންޑާރަ ނާއިބު އިބްރާޙީމް ރިފްޢަތު އާއި، ފޮރިން މިނިސްޓަރު އަބްދުالله ޝާހިދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ވެސް ވަނީ މަޑުޖައްސާލައިފަ އެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ރަމަޟާން މަހާ ދިމާކޮށް ހުޅުމާލެ ހިމެނޭހެން 14 މިސްކިތެއް ހުޅުވަނީ
14 Oct 2026 ހަބަރު

ރަމަޟާން މަހާ ދިމާކޮށް ހުޅުމާލެ ހިމެނޭހެން 14 މިސްކިތެއް ހުޅުވަނީ

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިހާރު ވެސް ގިނަ ޢަދަދެއްގެ މިސްކިތްތަކެއް ޢިމާރާތްކުރުމުގެ މަސައްކަތް ހިނގަމުންދާއިރު، ބައެއް މިސްކިތްތަކުގެ ޢަމަލީ މަސައްކަތް މިހާރު ނިމިފައިވެއެވެ.

ބަރުމަރުކާ ނެތް އުޅަނދުތައް ޓީ-ޖެޓީއަށް ނުވަދެވޭގޮތް ހަދަނީ
14 Oct 2026 ހަބަރު

ބަރުމަރުކާ ނެތް އުޅަނދުތައް ޓީ-ޖެޓީއަށް ނުވަދެވޭގޮތް ހަދަނީ

އެމްޕީއެލުން ވަނީ އުޅަނދުތަކުގެ މުއްދަތު ހަމަވެފައިވާ ސެޓްފިކެޓްތައް އައުކުރުމަށާއި، ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތަށް އުޅަނދުގައި ނިޝާން ޖެހުމުގެ މަސައްކަތް ކުރިއަށްގެންދިއުމަށް، އުޅަނދުފަހަރުގެ ވެރިންނަށާއި ކެޕްޓަނުންނަށް އިލްތިމާސްކޮށްފައެވެ.

އެހީއާ ސަބްސިޑީގެ ގޮތުގައި އަހަރުގެ މިހާތަނަށް 10 ބިލިއަނަށްވުރެ ގިނަ ރުފިޔާ
14 Oct 2026 ހަބަރު

އެހީއާ ސަބްސިޑީގެ ގޮތުގައި އަހަރުގެ މިހާތަނަށް 10 ބިލިއަނަށްވުރެ ގިނަ ރުފިޔާ

ފިނޭންސް މިނިސްޓްރީން ނެރެ އާއްމުކޮށްފައިވާ އެންމެފަހުގެ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް ރިޕޯޓްގައި ވާގޮތުން މިހިނގާ އޮކްޓޯބަރުމަހުގެ 8 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތުގެ ބަޖެޓުން އެހީ އާއި ސަބްސިޑީގެ ގޮތުގައި ވަނީ 10.4 ބިލިއަން ރުފިޔާ ހޭދަވެފައެވެ.

ޅ އިން އައްޑޫއަށް ހުދު ސަމާލު؛ ބޯކޮށްވާރޭވެހޭނެ، ގުގުރާނެ
14 Oct 2026 ހަބަރު

ޅ އިން އައްޑޫއަށް ހުދު ސަމާލު؛ ބޯކޮށްވާރޭވެހޭނެ، ގުގުރާނެ

އެ އަތޮޅުތަކަށް ނެރުނީ ހުދު ސަމާލެވެ. މެޓް އޮފީހުން މި އިންޒާރު ނެރެފައިވަނީ މިރޭ 12 ޖެހުމާއި ހަމައަށެވެ.

އެކްސިޑެންޓުތައް އިތުރުވާތީ ޓްރެފިކް ޕޮލިހުން މަޖިލީހަށް ހާޒިރުކުރަނީ
14 Oct 2026 ހަބަރު

އެކްސިޑެންޓުތައް އިތުރުވާތީ ޓްރެފިކް ޕޮލިހުން މަޖިލީހަށް ހާޒިރުކުރަނީ

މިއަދު ބޭއްވި ޖުޑީޝަރީ ކޮމިޓީގެ ބައްދަލުވުމުގައި ޓްރެފިކް ޕޮލިހުން ހާޒިރުކުރުމަށް ހުށަހެޅުއްވީ ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލެވެ.

ފެނަކައިގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން އަފީފް ވަކިކޮށްފި
14 Oct 2026 ހަބަރު

ފެނަކައިގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން އަފީފް ވަކިކޮށްފި

އަފީފަކީ ކުރީން ފެނަކައިގެ ޗެއާމަން ކުރެއްވި ބޭފުޅެކެވެ. ސްޓެލްކޯއާ އެމްޓީސީސީގެ ޗެއާމަން ކަން ވެސް ކުރެއްވި އެވެ.

ޑިޖިޓަލް ވަސީލަތްތައް ބޭނުންކޮށް ޓްރެފިކް ޤާނޫނު ތަންފީޒުކުރަން ފަށަނީ
14 Oct 2026 ހަބަރު

ޑިޖިޓަލް ވަސީލަތްތައް ބޭނުންކޮށް ޓްރެފިކް ޤާނޫނު ތަންފީޒުކުރަން ފަށަނީ

ޤަވާއިދާ ޚިލާފަށް ޕާކުކުރާ އުޅަނދުތަކާ މެދު ޑިޖިޓަލް ވަސީލަތްތައް ބޭނުންކޮށް ފިޔަވަޅު އެޅުމުގެ މަސައްކަތް ހަތް ދުވަހުގެ ތެރޭ ފެށުމަށް މިނިސްޓްރީން ނިންމައިފިއެވެ.

މުއައްސަސާތަކުގެ ޑިރެކުޓަރީއެއް އެކުލަވާލާ، ހާއްސަ ވެބްސައިޓެއް އިފްތިތާހުކޮށްފި
14 Oct 2026 ހަބަރު

މުއައްސަސާތަކުގެ ޑިރެކުޓަރީއެއް އެކުލަވާލާ، ހާއްސަ ވެބްސައިޓެއް އިފްތިތާހުކޮށްފި

ދައުލަތުގެ މުއައްސަސާތަކާ ބެހޭ ސައްހަ މައުލޫމާތު އެއްތަނަކުން ފަސޭހަކަމާ އެކު ބެލޭނޭ އިންތިޒާމެއް ހަމަޖެއްސުމުގެ ގޮތުން ދައުލަތުގެ މުއައްސަސާތަކުގެ ޑިރެކުޓަރީއެއް އެކުލަވައިލައްވައި، އެ ޑިރެކުޓަރީއަށް ޚާއްޞަ ވެބްސައިޓެއް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު އިފުތިތާހު ކޮށްފި އެވެ.