ގްރެހަމް ޕޮޓާ -- ފޮޓޯ: ޕްރިމިއާ ލީގު
ގްރެހަމް ޕޮޓާ -- ފޮޓޯ: ޕްރިމިއާ ލީގު
ކުޅިވަރު 07 Sep 2022 | 19:18

ބްރައިޓަން ދޫކޮށް ޕޮޓާ ޗެލްސީ އާއި ހަވާލު ވަނީ

އިނގިރޭސި ޓީމު ބްރައިޓަންގެ ކޯޗު ކަމުގެ މަގާމުގައި މިހާރު ހުރި ގްރެހަމް ޕޮޓާ އެ ޓީމު ދޫކޮށް ޗެލްސީގެ ކޯޗު ކަމާއި ހަވާލުވުމަށް މަޝްވަރާކުރެވެމުންދާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

ރިޕޯޓުތައް ބުނާ ގޮތުން ބްރައިޓަން އިން މިހާރު ވަނީ ޗެލްސީ އާއި އެކު މަޝްވަރާތައް ކުރުމުގެ ހުއްދަ ޕޮޓާއަށް ދީފައެވެ. އަދި  މި ހަފްތާގެ ތެރޭގައި ޕޮޓާ ޗެލްސީގެ ކޯޗު ކަމާއި ހަވާލުވާނެ ކަމަށް އިނގިރޭސި ވިލާތުގެ ގިނަ ކުޅިވަރު ރިޕޯޓު ތަކުން ދަނީ ބުނަމުންނެވެ.

ގްރެހަމް ޕޮޓާ އެންމެ ފުރަތަމަ ފެނިގެން ގޮސްފައިވަނީ ސްވިޑަން ގެ ޓީމެއް ކަމަށްވާ އޮސްޓަސަންޑުންނެވެ. 2011 ވަނަ އަހަރު ޕޮޓާ ހަވާލުވި އިރު 5 ވަނަ ޑިވިޝަނުގައި އޮތް އެ ޓީމު 2018 ވަނަ އަހަރު އޭނާ ދޫކޮށްލީ ސްވިޑަންގެ އެއްވަނަ ޑިވިޝަންގެ އިތުރުން ޔޫރަޕާ ލީގުވެސް ކުޅެފައެވެ. އެއަށްފަހު އިނގިރޭސި ކްލަބް ސްވަންސީ އަށް ކޯޗު ކަން ކޮށްދިނުމަށްފަހު ޕޮޓާ ބްރައިޓަން އާއި ހަވާލު ވެފައިވަނީ 2019 ވަނަ އަހަރުއެވެ.

އޭނާގެ ކޯޗު ކަމުގެ ދަށުން ބްރައިޓަން އިން މިދިޔަ ދެ ސީޒަނުގައި މޮޅު ކުޅުމެއް ދައްކާފައިވާއިރު މި ސީޒަނުގައި މިހާތަނަށް ލީގުގައި ކުޅުނު 6 މެޗުގެ ތެރެއިން 5 މެޗު އެ ޓީމުން ވަނީ ކާމިޔާބު ކޮށްފައެވެ.

މި ސީޒަނަށް ގިނަ ކުޅުންތެރިން ތަކެއ ގެނެސް ވަރުގަދަ ޓީމަކާއި އެކުވެސް އެދެވޭ ނަތީޖާއެއް ނުނެރެވުމުން ޗެލްސީއިން ވަނީ އެ ޓީމުގެ ކޯޗު ކަމުގެ މަގާމުން ތޯމަސް ޓުޝެލް ވަކިކޮށްފައެވެ. ޓުޝެލް ގެ މަގާމަށް ދެން އައުން މިހާރު އެންމެ ގާތީ ޕޮޓާއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް