ކުރީގެ ރައީސް ޔާމީން- ފޮޓޯ/ ޕީއެންއެފް
ކުރީގެ ރައީސް ޔާމީން- ފޮޓޯ/ ޕީއެންއެފް
ހަބަރު 14 Oct 2026 | 03:24

ވެރިކަމުގައި ހުންނައިރު، ހެޔޮއެދޭ ފަރާތްތަކުންދޭ ފައިސާގައި ހިފުމަކީ މަނާކަމެއް ނޫން: ރައީސް ޔާމީން

ވެރިކަމުގައި ހުންނަވާ ބޭފުޅަކަށް ހެޔޮއެދޭ ފަރާތްތަކުން ފައިސާ ދިނުން މަނާ ނޫން ކަމަށާއި މައްސަލައަކަށް ވަނީ އެ ފައިސާގެ ބަދަލެއްގެ ގޮތުގައި ނާޖާއިޒު ފައިދާ ހޯދައިދިނުން ކަމަށް ކުރީގެ ރައީސް އަބްދުالله ޔާމީން އަބްދުލްޤައްޔޫމް ކުރިމިނަލް ކޯޓުގައި ވިދާޅުވެއްޖެއެވެ.

ޔާމީން މިފަދައިން ވިދާޅުވީ، ރ. ފުއްގިރީގެ މުޢާމަލާތާ ގުޅިގެން އެމަނިކުފާނުގެ މައްޗަށް އުފުލާފައިވާ ރިޝްވަތާއި މަނީ ލޯންޑްރިންގެ ދެ ދައުވާގެ ޚުލާޞާ ބަޔާން އިއްވުމުގެ އަޑުއެހުމުގައި ވާހަކަދައްކަވަމުންނެވެ.

ދައުލަތުން ވަނީ، އެއް މިލިއަން ޑޮލަރަކީ ރުފިޔާ މާރުކުރުމަށް ހޯދި ފައިސާ ކަމަށް ޔާމީން ވިދާޅުވަމުން ގެންދަވާތީ، ރައީސުލްޖުމްހޫރިއްޔާގެ މަޤާމުގައި ހުންނަވައިގެން އެހާ ގިނަ ފައިސާ ހޯއްދެވީ ކިހިނެއްތޯ ސުވާލު އުފައްދައިފައެވެ.

ރައްދުގައި ޔާމީން ވިދާޅުވީ، ސީދާ ވިޔަފާރި ނުކުރެއްވި ނަމަވެސް ގެދޮރު ކުއްޔަށް ދިނުން ފަދަ ކަންކަމުން އާމްދަނީ ލިބިވަޑައިގެންފައިވާ ކަމަށެވެ. ވެރިކަމާ ހަވާލުވެވަޑައިގެންނެވުމުގެ ކުރީންވެސް އެ މަނިކުފާނުގެ އަތްޕުޅުގައި ބޮޑު ޢަދަދެއްގެ ފައިސާ ހުރިކަން މާލީ ބަޔާންތަކުން ހާމަވާނެ ކަމަށް ވެސް ވިދާޅުވިއެވެ.

ގެކޮޅުގައި ގިނަ ޢަދަދެއްގެ ނަގުދު ފައިސާ ބެހެއްޓެވި ކަމާ ގުޅޭ ގޮތުން ޔާމީން ވިދާޅުވީ، ރައްކާތެރިކަން ފޯރުކޮށްދެވޭ ތަނެއްގައި ފައިސާ ބެހެއްޓުން ޤާނޫނީ ގޮތުން މަނާ ނޫން ކަމަށެވެ.

ހެޔޮއެދޭ ފަރާތްތަކުން ވެރިކަމުގެ ދެ ވަނަ ދައުރެއް ހޯދައިދޭން ސިޔާސީ ގޮތުން ފައިސާ ދިނުމަކީ ހަމައެކަނި ޕާޓީތަކަށް ޖަމާކުރަން ޖެހޭ ފައިސާ ނޫން ކަމަށާއި، އެ ފައިސާގައި ހިފުން މަނާ ނޫން ކަމަށް ވެސް ވިދާޅުވިއެވެ.

”ސިޔާސީ މީހުންނަށް ލިބޭ ހުރިހާ ފައިސާއެއް ޕާޓީއަށް ދާކަށް ނުޖެހޭނެ. އަދި ގޭގައި ފައިސާ ބެހެއްޓުމަކީ މަނާ ކަމެއް ނޫން.“ ރައީސް ޔާމީން ވިދާޅުވިއެވެ.

ދައުލަތުގެ މައިގަނޑު ހެކިވެރީންގެ ގޮތުގައި ތިބި ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޢަބްދުالله ޒިޔަތުގެ އިތުބާރާ މެދު ދިފާޢީ ވަކީލުން ވަނީ ބޮޑެތި ސުވާލުތަކެއް ނަގައިފައެވެ.

ޔާމީންގެ އިސް ވަކީލު ޑރ. މުޙައްމަދު ޖަމީލް އަޙްމަދު ވިދާޅުވީ، އެ ދެ ބޭފުޅުންނަކީ ޔާމީނާ ދެކޮޅަށް "ހެކި އުފެއްދުމަށް ދައުލަތުން ބޭނުންކުރާ މެޝިނެއް" ކަމަށެވެ. ސުޕްރީމް ކޯޓުން ކުރީން ކަނޑައެޅި ގޮތުގައި އެ ދެ މީހުންނަކީ ފާސިޤުން ކަމަށާއި، އެ ހެކިބަހަށް ބުރަދަން ދެވެން ނެތް ކަމަށް ޖަމީލް ވިދާޅުވިއެވެ. ޚިޔާނާތުގެ އަސްލު ކުށްވެރީން ދޫކޮށްލައިފައި ޔާމީން ސިޔާސީ ގޮތުން އެކަހެރިކުރަން ދައުލަތުން މަސައްކަތް ކުރާ ކަމަށް ވެސް ޖަމީލް ތުހުމަތު ކުރެއްވިއެވެ.

ދެ ވަނަ ދިފާޢީ ވަކީލު ޙަމްޒާ ލަޠީފު ވިދާޅުވީ، އަދީބާއި ޒިޔަތު ހެކިބަސް ދީފައިވަނީ ދައުލަތާ އެކު ވެފައިވާ އެއްބަސްވުމެއްގެ ދަށުން ލުއިތަކެއް ލިބޭ ޙާލަތެއްގައި ކަމަށް ވާތީ، އެ ހެކިބަހުގައި އިންސާފެއް ނެތް ކަމަށެވެ. ރިޝްވަތު ދިން ކަމަށް ބުނާ ކްރިކް ރިޒާގެ ދައުވާ ދައުލަތުން އަނބުރާ ގެންގޮސް، މަނީ ލޯންޑްރިންގައި ބައިވެރިވި ކަމަށް ބުނި ކުންފުނިތަކުގެ ކުށް ސާބިތު ނުވެ އެ މައްސަލަ އިސްތިއުނާފު ނުކުރީ ހަމައެކަނި ޔާމީނަށް ޓާގެޓު ކޮށްގެން ނުބައި ނިޔަތެއްގައި ކުރާ ކަމެއް ކަމަށް ވެސް ޙަމްޒާ ވިދާޅުވިއެވެ.

ފުއްގިރި މައްސަލައިގެ ހުރިހާ އަޑުއެހުމެއް މިއަދު ނިމިފައިވާއިރު، މި މައްސަލައިގެ ޙުކުމް މި މަހުގެ 29 ގައި އިއްވާނެ ކަމަށް ޤާޒީ ވަނީ އިޢުލާން ކުރައްވައިފައެވެ.

މީގެ އިތުރުން، ވ. އާރަށް ކުއްޔަށް ދިން މައްސަލައިގައި ޔާމީނަށް ކުރީން އިއްވި ޙުކުމް ހައި ކޯޓުން ބާޠިލުކުރުމާ ގުޅިގެން، އެ މައްސަލައިގެ ޝަރީޢަތް ވެސް މިހާރު ކުރިމިނަލް ކޯޓުގައި އަލުން ހިނގަމުން ދެއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ފުއްގިރި މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް ހުކުމް ކުރުން މި މަހުގެ 29 ގައި
14 Oct 2026 ހަބަރު

ފުއްގިރި މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް ހުކުމް ކުރުން މި މަހުގެ 29 ގައި

ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ މައްޗަށް ދައުލަތުން އުފުލާފައިވާ މަނީ ލޯންޑަރިން އަދި ރިޝްވަތު ގަބޫލުކުރުމުގެ ކުށުގެ ދައުވާތަކުގެ ޝަރީއަތް ނިންމާލައި، އެ މައްސަލައިގެ ހުކުމް އިއްވުން މި ހިނގާ އޮކްޓޫބަރު މަހުގެ 29ވަނަ ދުވަހަށް ތާވަލުކޮށްފިއެވެ.

އެސްއެސްސީ އިމްތިޙާނުގައި ޤުރުއާން އެސެސްކުރާ އުސޫލު ބަދަލުކުރުމަށް އެމްޑީޕީން ގޮވާލައިފި
13 Oct 2026 ހަބަރު

އެސްއެސްސީ އިމްތިޙާނުގައި ޤުރުއާން އެސެސްކުރާ އުސޫލު ބަދަލުކުރުމަށް އެމްޑީޕީން ގޮވާލައިފި

އެމްޑީޕީ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، އެ ޕާޓީގެ އެޑިއުކޭޝަން ކޮމިޓީގެ ފަރާތުން ވާހަކަދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ ކުރީގެ މެންބަރު ޔައުޤޫބު ޢަބްދުﷲ ވިދާޅުވީ، ސްކޫލުތަކުގައި ޤުރުއާން ކިޔަވައިދިނުމަކީ ނުހަނު މުހިންމު ކަމެއް ކަމަށާއި، ތަޢުލީމީ ޙަޔާތް ނިންމައި ނުކުންނައިރު ކޮންމެ ދަރިވަރަކަށްވެސް ރީތިކޮށް ޤުރުއާން ކިޔަވަން އެނގެންޖެހޭނެ ކަމަށެވެ. އެހެންނަމަވެސް، ޤައުމީ ފެންވަރުގެ ބޮޑު އިމްތިޙާނެއްގައި އެ މާއްދާއިން ދަރިވަރުން ވަޒަންކުރަން ކަނޑައަޅާފައިވާ ގޮތާމެދު ސުވާލު އުފެދޭ ކަމަށް

ސިވިލް ސަރވިސްއަށް މީހުން ހޮވުމުގެ ނިޒާމު ޒަމާނީކޮށް، ދެފުށް ފެންނަ ގޮތަށް ބަދަލުކުރަނީ
13 Oct 2026 ހަބަރު

ސިވިލް ސަރވިސްއަށް މީހުން ހޮވުމުގެ ނިޒާމު ޒަމާނީކޮށް، ދެފުށް ފެންނަ ގޮތަށް ބަދަލުކުރަނީ

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމުގެ މަރުޙަލާތައް ހާމަކަން ބޮޑު، ދެފުށް ފެންނަ ޒަމާނީ އޮންލައިން ނިޒާމަކަށް ބަދަލުކުރުމުގެ ޢަމަލީ މަސައްކަތްތައް ފަށާފައިވާކަން ސިވިލް ސަރވިސް ކޮމިޝަން )ސީއެސްސީ( އިން ހާމަކޮށްފިއެވެ.

އެމްޓީސީސީން މެލޭޝިއާގެ ޕްރޮޖެކްޓް މެނޭޖްމަންޓް ކޮންފަރެންސްގައި ބައިވެރިވެއްޖެ
13 Oct 2026 ހަބަރު

އެމްޓީސީސީން މެލޭޝިއާގެ ޕްރޮޖެކްޓް މެނޭޖްމަންޓް ކޮންފަރެންސްގައި ބައިވެރިވެއްޖެ

މި ކޮންފަރެންސްގައި ޕްރޮޖެކްޓް މެނޭޖްމަންޓް ދާއިރާގެ ބައިނަލްއަޤުވާމީ ތަޖުރިބާކާރުންނާއި އެކި ސިނާޢަތްތަކުގެ އިސް ވެރިން ބައިވެރިވިއެވެ.

ގަވާއިދާ ޚިލާފަށް ބޭރު ފައިސާ ގަނެ ވިއްކި ބަންގްލަދޭޝްގެ ތިން މީހަކު ހައްޔަރުކޮށްފި
13 Oct 2026 ހަބަރު

ގަވާއިދާ ޚިލާފަށް ބޭރު ފައިސާ ގަނެ ވިއްކި ބަންގްލަދޭޝްގެ ތިން މީހަކު ހައްޔަރުކޮށްފި

މި މީހުން ހައްޔަރުކޮށްފައިވަނީ ގަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުޢާމަލާތް ހިންގާ ފަރާތްތަކުގެ މަޢުލޫމާތު ރިޕޯޓުކުރުމަށް ޤާއިމުކޮށްފައިވާ ހޮޓްލައިނަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން އިއްޔެ ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައެވެ

ހުޅުމާލެ ރަށު މާރުކޭޓުގެ ނުވަ ގޮޅިއަކަށް ކުރިމަތިލުމަށް އެޗްޑީސީން ހުޅުވާލައިފި
13 Oct 2026 ހަބަރު

ހުޅުމާލެ ރަށު މާރުކޭޓުގެ ނުވަ ގޮޅިއަކަށް ކުރިމަތިލުމަށް އެޗްޑީސީން ހުޅުވާލައިފި

ހުޅުމާލޭގައި ހުންނަ ރަށު މާރުކޭޓުން ނުވަ ގޮޅިއެއް ކުއްޔަށް ދިނުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން )އެޗްޑީސީ( އިން ފުރުޞަތު ހުޅުވާލައިފިއެވެ.

މިފްކޯއިން މަސްވެރިންގެ އަތުން މަސްގަންނަ އަގު ބޮޑުކޮށްފި
13 Oct 2026 ހަބަރު

މިފްކޯއިން މަސްވެރިންގެ އަތުން މަސްގަންނަ އަގު ބޮޑުކޮށްފި

މިފްކޯއިން ބުނީ އައު ރޭޓުތަކުގައި މަސް ގަންނަމުންދާނީ، ގދ. ތިނަދޫ، ޅ. ފެލިވަރު، ހއ. އިހަވަންދޫ، ލ. ހިތަދޫ އަދި މ. މުލަކު ބަނދަރުން ކަމަށެވެ.

ބޯޓުތައް ހިފެހެއްޓުމުން އިހުތިޖާޖުކުރަނީ، ރާއްޖެ ސަރަހައްދަށް ވަނީ ޤަވާއިދާ ހިލާފަށް
13 Oct 2026 ހަބަރު

ބޯޓުތައް ހިފެހެއްޓުމުން އިހުތިޖާޖުކުރަނީ، ރާއްޖެ ސަރަހައްދަށް ވަނީ ޤަވާއިދާ ހިލާފަށް

ކޯސްޓްގާޑުން ބުނީ މި މަސްބޯޓުތައް ހިފަހައްޓާފައިވަނީ، ރޭ، އަރިއަތޮޅުގެ ހުޅަނގުން 170 ނޯޓިކަލް މޭލު ބޭރުން ހަރަކާތްތެރިވަމުން ދަނިކޮށް ކަމަށެވެ. މި ބޯޓުތައް މާލެ ގެނައުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.