ކަޝްމީރު ޕާކިސްތާނު ސަރަހައްދު
ކަޝްމީރު ޕާކިސްތާނު ސަރަހައްދު
ދުނިޔެ 20 Nov 2024 | 13:23

ކަރަންޓުގެ ދަތިތަކާ ހުރެ ކަޝްމީރު ޕާކިސްތާނު ފަޅީގައި މުޒާހަރާ ކުރަނީ

ލިޔުންތެރިޔާ

އަބްދުﷲ ހުސައިން

ކަރަންޓު ލިބުމުގައި ކުރިމަތިވަމުންދާ ދަތިތަކާއި ގުޅިގެން، ކަޝްމީރުގެ ޕާކިސްތާނު ފަޅީގައި ރައްޔިތުން މުޒާހަރާއަށް ނިކުމެއްޖެއެވެ.

ކަރަންޓުގެ އަގު ބޮޑުވެ، ގިނަ ވަގުތުތަކުގައި ކަރަންޓު ކަނޑާލާފައި ހުރުމުގެ ސަބަބުން އެސަރަހައްދުގެ ރައްޔިތުންގެ އާއްމު ދިރިއުޅުމަށްވަނީ ބޮޑެތި ބުރޫތަކެއް އަރާފައެވެ. ދާދި ފަހުން ކަޝްމީރުގެ ކަމާ ބެހޭ ފަރާތްތަކުން ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް ފިޔަވަޅުތަކެއް އަޅާކަން އިއުލާންކުރިނަމަވެސް، އެއީ ހަމައެކަނި ރައްޔިތުން ގުނބޯ ހައްދަން ދެއްވި ވާހަކަތަކެއް ކަމަށް ބައެއް މީހުން ސިފަކުރެއެވެ. ކަރަންޓުގެ އަގު ހެޔޮކުރާނެކަމަށް ބުނެ ސަރަހައްދީ ސަރުކާރުން ކުރި ކަމަކީ ކަރަންޓުގެ ވޮލްޓޭޖް ދަށްކުރުމާއި، ދޭތެރެ ދޭތެރެއިން ކަރަންޓު ކަނޑާލުމެވެ. މިހެން ހެދުމުންވެސް ކަރަންޓުގެ އަގު މާބޮޑަށް ހެޔޮ ނުވިތަނުގައި، ރައްޔިތުންނަށް އުފުލަން ޖެހުނީ އިތުރު ބުރައެކެވެ. އެގޮތުން ވިޔަފާރިތަކާއި، ސިއްހީ ހިދުމަތްދޭ ތަންތަނާއި އަދި މަދަރުސާތަކަށް މިކަމުގެ ސަބަބުން އުފުލަން ޖެހޭ ތަކުލީފު ވަނީ ބޮޑުވެފައެވެ.

ކަޝްމީރުގެ ގިނަ ބަޔަކު ދަނީ ޕާކިސްތާނުގެ މައި ސަރުކާރުން އެސަރަހައްދަށް އެކަށީގެންވާ އަޅާލުމެއް ނުދޭކަމަށް ބުނެ ޝަކުވާކުރަމުންނެވެ. އިންޑިއާއާއި ޕާކިސްތާނާއި ދެމެދު މިލްކުވެރިކަމާއިމެދު ޚިލާފު އުފެދިފައިވާ ކަޝްމީރަކީ އިންތިހާއަށް ޤުދުރަތީ ރީތިކަން ލިބިގެންވާ ސަރަހައްދެކެވެ. ކަޝްމީރުގެ އިންޑިއާ ފަޅީގައި އިންޑިއާއިން ފަތުރުވެރިކަން ފުޅާކޮށް، އާމްދަނީ ހޯދިނަމަވެސް، ކަޝްމީރުގެ ޕާކިސްތާނު ފަޅީގައި އިގްތިސާދީ ހަރަކާތްތައް އެކަށީގެންވާ ގޮތެއްގައި ނުހިންގެއެވެ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ޕާކިސްތާނުގެ ޚައިބަރު ޕްރޮވިންސްގައި ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކޮށް، ޢިމްރާން ޚާންގެ ޕާޓީގެ ވެރިކަން ނިމުމަކަށް ގެނެސްފި
12 Oct 2026 ދުނިޔެ

ޕާކިސްތާނުގެ ޚައިބަރު ޕްރޮވިންސްގައި ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކޮށް، ޢިމްރާން ޚާންގެ ޕާޓީގެ ވެރިކަން ނިމުމަކަށް ގެނެސްފި

ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފްގެ ސަރުކާރާއި ޖަލުގައި ހުންނެވި ކުރީގެ ބޮޑުވަޒީރު ޢިމްރާން ޚާންގެ ޕާޓީ (ޕީ.ޓީ.އައި) އާ ދެމެދު އުފެދިފައިވާ ނުތަނަވަސްކަމާއި، ޖުމްލަކޮށް ޙާލަތު ގޯސްވުމާ ގުޅިގެން،...

އަނބިކަނބަލުން ޖަލުގައި؛ ރާޖަޕަކްސާ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފި
12 Oct 2026 ދުނިޔެ

އަނބިކަނބަލުން ޖަލުގައި؛ ރާޖަޕަކްސާ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފި

ސްރީ ލަންކާގެ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސާގެ އަނބި ކަނބަލުން ޖަލުގައި ހުއްޓާ ކޮލަމްބޯގެ އަމިއްލަ ހޮސްޕިޓަލެއްގައި އޭނާ އެޑްމިޓްކޮށްފިއެވެ. ރާޖަޕަކްސާ އެޑްމިޓް ކުރެވުނީ ސިއްޙީ ކުއްލި ޙާލަތެއް މެދު...

މި އަހަރުގެ ފުރަތަމަ 9 މަސްދުވަހު ޕާކިސްތާނުގައި 1,200 އަށްވުރެ ގިނަ ހަމަލާ؛ ސަލާމަތީ ނުރައްކާ ބޮޑުވަނީ
10 Oct 2026 ދުނިޔެ

މި އަހަރުގެ ފުރަތަމަ 9 މަސްދުވަހު ޕާކިސްތާނުގައި 1,200 އަށްވުރެ ގިނަ ހަމަލާ؛ ސަލާމަތީ ނުރައްކާ ބޮޑުވަނީ

މި އަހަރުގެ ފުރަތަމަ ނުވަ މަސްދުވަހުގެ ތެރޭގައި ޕާކިސްތާނުގެ ހަނގުރާމަވެރި ޖަމާއަތްތަކުން 1,232 ހަމަލާއެއް ދީ، އެގައުމުގެ މަސްރަހު ނުރައްކަލުގެ ތެރެއަށް ވައްޓާލައިފިކަމަށް ތަފާސްހިސާބުތަކުން ދައްކައިފ...

މައްކާ ދިފާޢީ އެއްބަސްވުން އެކްޓިވޭޓްކޮށް، ސަޢޫދީ ޢަރަބިއްޔާއަށް އަސްކަރީ ފައުޖުތައް ފޮނުވަން ނިންމައިފި
06 Oct 2026 ދުނިޔެ

މައްކާ ދިފާޢީ އެއްބަސްވުން އެކްޓިވޭޓްކޮށް، ސަޢޫދީ ޢަރަބިއްޔާއަށް އަސްކަރީ ފައުޖުތައް ފޮނުވަން ނިންމައިފި

ސަޢޫދީ ޢަރަބިއްޔާ، ޕާކިސްތާން އަދި ތުރުކީވިލާތް ހިމެނޭ "މައްކާ އެލަޔަންސް ފޯރ ޑިފެންސް" ގެ އިސްތިރާތީޖީ-ސިޔާސީ އަދި ދިފާޢީ ކޮމިޓީގެ ކުއްލި ބައްދަލުވުމެއް ބާއްވައި، ގުޅިފައިވާ ދިފާޢީ ޒިންމާތައް ވަގުތުނ...

ޕާކިސްތާނުގެ ފުލުހުންގެ ޗެކްޕޮއިންޓަކަށް ދިން ޖާނުންފިދާގެ ހަމަލާގައި 11 މީހަކު މަރުވެއްޖެ
26 Sep 2026 ދުނިޔެ

ޕާކިސްތާނުގެ ފުލުހުންގެ ޗެކްޕޮއިންޓަކަށް ދިން ޖާނުންފިދާގެ ހަމަލާގައި 11 މީހަކު މަރުވެއްޖެ

ޕާކިސްތާނުގެ ފުލުހުންގެ ޗެކްޕޮއިންޓަކަށް ދިން ޖާނުންފިދާގެ ހަމަލާގައި 11 މީހަކު މަރުވެއްޖެއެވެ. މި ހަމަލާ ދީފައިވަނީ ހޮނިހިރު ދުވަހު ޕާކިސްތާނުގެ ހުޅަނގު އުތުރުގައި އޮންނަ ޚައިބަރު ޕަޚްތޫންޚްވާ ޕްރޮވި...

ޙޫޘީންގެ ހަމަލާތަކުން ސަޢޫދީ ދިފާޢުކުރުމަށް ތިން ޤައުމެއްގެ ކުއްލި ބައްދަލުވުމެއް
25 Sep 2026 ދުނިޔެ

ޙޫޘީންގެ ހަމަލާތަކުން ސަޢޫދީ ދިފާޢުކުރުމަށް ތިން ޤައުމެއްގެ ކުއްލި ބައްދަލުވުމެއް

ޔަމަނުގެ ޙޫޘީ ޖަމާޢަތުން ސަޢޫދީ ޢަރަބިއްޔާއަށް ދެމުންދާ ހަމަލާތަކާ ގުޅިގެން ގުޅިފައިވާ ދިފާޢީ އެއްބަސްވުމެއްގެ ދަށުން ސަޢޫދީއަށް އެހީތެރިވެވޭނެ ގޮތްތައް މަޝްވަރާކުރުމަށް ސަޢޫދީ ޢަރަބިއްޔާ އާއި ތުރުކީ ...

ޕީއައިއޭގެ ފްލީޓް ބޮޑުކޮށް ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ނިންމައިފި
23 Sep 2026 ހަބަރު

ޕީއައިއޭގެ ފްލީޓް ބޮޑުކޮށް ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ނިންމައިފި

ޕާކިސްތާންގެ ޤައުމީ އެއާލައިންސް (ޕީއައިއޭ) އިން އެ ކުންފުންޏަށް އާ މަތިންދާބޯޓުތައް ހޯދައި ރާއްޖެއާއި ޕާކިސްތާނާ ދެމެދު ސީދާ ދަތުރުތައް ފެށުމަށް ނިންމައިފިއެވެ. މި ކަން ހާމަކޮށްފައިވަނީ ރައްޔިތުންގެ ...