ހަމަލާދިން ތަނުން ދުން އަރަނީ.. ފޮޓޯ: ޑެއިލީ ޕާކިސްތާން
ހަމަލާދިން ތަނުން ދުން އަރަނީ.. ފޮޓޯ: ޑެއިލީ ޕާކިސްތާން
ދުނިޔެ 26 Sep 2026 | 13:43

ޕާކިސްތާނުގެ ފުލުހުންގެ ޗެކްޕޮއިންޓަކަށް ދިން ޖާނުންފިދާގެ ހަމަލާގައި 11 މީހަކު މަރުވެއްޖެ

ޕާކިސްތާނުގެ ފުލުހުންގެ ޗެކްޕޮއިންޓަކަށް ދިން ޖާނުންފިދާގެ ހަމަލާގައި 11 މީހަކު މަރުވެއްޖެއެވެ.

މި ހަމަލާ ދީފައިވަނީ ހޮނިހިރު ދުވަހު ޕާކިސްތާނުގެ ހުޅަނގު އުތުރުގައި އޮންނަ ޚައިބަރު ޕަޚްތޫންޚްވާ ޕްރޮވިންސްގެ ޑެރާ އިސްމާއީލް ޚާން ޑިސްޓްރިކްޓުގައި ހުރި މަގުމަތީ ފުލުހުންގެ ޗެކްޕޮއިންޓަކަށެވެ. މި ހަމަލާގައި 11 މީހަކު މަރުވެ 30 މީހަކު ޒަޚަމްވެފައިވާ ކަމަށް ޕާކިސްތާނު ފުލުހުން މައުލޫމާތުދެއެވެ. އެ ހަމަލާގައި މަރުވި މީހުންގެ ތެރޭގައި ސެކިއުރިޓީ ފޯސަސްގެ ހަތް މީހަކު ހިމެނޭ ކަމަށާއި ޒަޚަމްވި މީހުންގެ ތެރޭގައި ސެކިއުރިޓީ ބާރުތަކުގެ 20 މީހަކު ހިމެނޭ ކަމަށް ފުލުހުންނާ ހަވާލާދީ އަލް ޖަޒީރާއިން ރިޕޯޓުކޮށްފައިވެއެވެ.

މި ހަމަލާގެ ޒިންމާ ނަގާފައިވަނީ ތެހެރީކޭ ތާލިބާން ޕާކިސްތާން (ޓީޓީޕީ) ގެ ނަމުން މަޝްހޫރު ޕާކިސްތާނު ތާލިބާނުންނެވެ. އެ ޖަމާޢަތުން ވަނީ ބަޔާނެއް މެދުވެރިކޮށް ހަމަލާގެ ޒިންމާ ނަގައިފައެވެ.

ޕާކިސްތާނުގެ ހުޅަނގު އުތުރު ސަރަޙައްދުތަކަކީ ޓީޓީޕީގެ ހަމަލާތައް ތަކުރާރުކޮށް އަމާޒުވާ ސަރަޙައްދެކެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ތާލިބާނުންގެ ނިންމުމަކާ ގުޅިގެން އަފްޣާނިސްތާނުގައި ލޮލުގެ ކޯނިއާ ބަދަލުކުރުން ހުއްޓުމަކަށް
29 Oct 2026 ދުނިޔެ

ތާލިބާނުންގެ ނިންމުމަކާ ގުޅިގެން އަފްޣާނިސްތާނުގައި ލޮލުގެ ކޯނިއާ ބަދަލުކުރުން ހުއްޓުމަކަށް

ޕާކިސްތާނުގެ ޑޮކްޓަރުންގެ ޖަމިއްޔާއެއް ކަމަށްވާ 'އެޕްނާ' އިން ހިލޭ ކޯނިއާ ހަދިޔާކޮށްގެން ކުރިއަށްގެންދިޔަ އިންސާނީ މި އެހީގެ މަޝްރޫއު ހުއްޓާލުމަށް ތާލިބާނުން އަންގާފައިވާކަމަށް މީޑިއާގެ ރިޕޯޓްތައް ބުނެއެވެ. މި ނިންމުމާ ގުޅިގެން ކާބުލް އާއި ޖަލާލުއާބާދުގެ ހޮސްޕިޓަލްތަކުން ވަނީ އޮޕަރޭޝަންތައް މެދުކަނޑާލައި، ފަރުވާއަށް އިންތިޒާރު ކުރަމުންދިޔަ އެތައް ސަތޭކަ ބަލިމީހުން އަނބުރާ ފޮނުވާލާފައެވެ.

ސިއްހީ ތައުލީމު ކުރިއެރުވުމަށް އެމްއެންޔޫއިން ޕާކިސްތާނުގެ ޔުނިވާސިޓީއަކާ ގުޅިގެން ކޮންފަރެންސެއް ބާއްވައިފި
26 Oct 2026 ހަބަރު

ސިއްހީ ތައުލީމު ކުރިއެރުވުމަށް އެމްއެންޔޫއިން ޕާކިސްތާނުގެ ޔުނިވާސިޓީއަކާ ގުޅިގެން ކޮންފަރެންސެއް ބާއްވައިފި

މި ކޮންފަރެންސުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން ސިއްހީ ދާއިރާގެ މުދައްރިސުންނާއި، ދިރާސާކުރާ ފަރާތްތަކާއި، ސިއްހީ ޚިދުމަތްތެރިންނާއި އަދި ސިޔާސަތު ކަނޑައަޅާ ފަރާތްތައް ވަނީ ބައިވެރިވެފައެވެ.

އިންޑިޔާގެ ވަރުގަދަ ބަހުގެ ހަމަލާތަކެއް ޕާކިސްތާނަށް
23 Oct 2026 ދުނިޔެ

އިންޑިޔާގެ ވަރުގަދަ ބަހުގެ ހަމަލާތަކެއް ޕާކިސްތާނަށް

އދ. ގައި ހުންނަ އިންޑިއާގެ ފަސްޓް ސެކްރެޓަރީ ބަވިކާ މަންގަލާނަންދަން ބުނީ، އަމިއްލަ ގައުމުގައި ތިބި ނާޒުކު މީހުން ހިމާޔަތް ނުކުރެވޭ ގައުމަކަށް އިންޑިއާއަށް ފާޑުކިޔުމުގެ އެއްވެސް ހައްގެއް ނޯންނާނެ ކަމަށެވެ.

ރައީސް މުޢިއްޒުގެ ޕާކިސްތާނު ދަތުރުފުޅާ ގުޅިގެން ރައީސް ނަޝީދު: ރާއްޖެއަށް ނުރައްކާވާނެ
23 Oct 2026 ހަބަރު

ރައީސް މުޢިއްޒުގެ ޕާކިސްތާނު ދަތުރުފުޅާ ގުޅިގެން ރައީސް ނަޝީދު: ރާއްޖެއަށް ނުރައްކާވާނެ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޚާރިޖީ ސިޔާސަތުތަކުގެ ސަބަބުން ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ގެއްލެމުންދާ ކަމަށާއި، މިކަމުގެ ސަބަބުން ރާއްޖެއަށް ނުރައްކާވެދާނެ ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ޕާކިސްތާނުގެ މެހެމާންދާރީއަށް ރައީސްގެ ޝުކުރު؛ ”ގުޅުން އެހެން ހަރުފަތަކަށް ގެންދިޔުމަށް އެއްބަސްވެވުނު“
23 Oct 2026 ހަބަރު

ޕާކިސްތާނުގެ މެހެމާންދާރީއަށް ރައީސްގެ ޝުކުރު؛ ”ގުޅުން އެހެން ހަރުފަތަކަށް ގެންދިޔުމަށް އެއްބަސްވެވުނު“

ޕާކިސްތާނަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، އެކްސްގައި ކުރެއްވި ޕޯސްޓެއްގައި، ރައީސް މުޢިއްޒުވަނީ އެމަނިކުފާނަށާއި އަނބިކަނބަލުންނަށް އަދި ދިވެހި ވަފުދުގެ ބޭފުޅުންނަށް ޕާކިސްތާނުން ކީ ހޫނު މަރުޙަބާއާއި ބެހެއްޓެވި ގާތްކަމަށްޓަކައި ޕާކިސްތާނުގެ ރައީސް އާޞިފް ޢަލީ ޒަރްދާރީއަށާއި، ބޮޑުވަޒީރު ޝެހްބާޒް ޝަރީފަށް އަދި ޕާކިސްތާނުގެ ސަރުކާރާއި ރައްޔިތުންނަށް ޚާއްޞަ ޝުކުރެއް އަދާކުރައްވާފައެވެ.

ކަނޑާއި ވައިގެ މަގުން ޕާކިސްތާނާ ދިވެހިރާއްޖެ ގުޅުވާލަންޖެހޭ: ޝެހްބާޒް
22 Oct 2026 ހަބަރު

ކަނޑާއި ވައިގެ މަގުން ޕާކިސްތާނާ ދިވެހިރާއްޖެ ގުޅުވާލަންޖެހޭ: ޝެހްބާޒް

އިއްޔެ ދެއްވި ގުޅިފައިވާ ބަޔާނުގައި ވަނީ ކުރިއަށްއޮތް ދެ އަހަރުދުވަހުގެ ތެރޭގައި ދެޤައުމުގެ ދެމެދުގައި އޮތް އިޤްތިޞާދީ މުޢާމަލާތްތައް 200 މިލިއަން ޑޮލަރަށް އިތުރުކުރުމަށް އަމާޒު ހިފާފައިވާކަން ހާމަކުރައްވާފައެވެ. ބިޒްނަސް ފޯރަމްގައި ވާހަކަދައްކަވަމުން ބޮޑުވަޒީރު ޝެހްބާޒް ޝަރީފް ވިދާޅުވީ، ދެޤައުމުގެ މެދުގައި ކުރުމަށް ކަނޑައަޅާފައިވާ އިޤްތިޞާދީ ހަރަކާތްތައް ކުރިއަށް ގެންދިއުމުގެ ކުރިން މުހިންމު ކަންތައްތަކެއް ފުރިހަމަކުރަން ޖެހޭ ކަމަށާއި، ކަނޑައެޅިފައިވާ ލަނޑުދަނޑިތަކަށް ވާސިލްވެވޭނީ ދަތުރުފަތުރުގެ ވަރުގަދަ ނިޒާމަކުން ގުޅިގެން ކަމަށެވެ.