N/A
N/A
ވާހަކަ 09 Apr 2023 | 03:56

ވާހަކަ: އަބޫ ހުރައިރާ "ބުޅަލުގެ ބައްޕަ"އަށްވީ ހާދިސާ

އަބޫ ހުރެއިރާ ރަޟިޔަالله ޢަންހު އަކީ ޔަމަނުގެ ގަބީލާއެއް ކަމަށްވާ އައްދައުސް އަށް ނިސްބަތްވެވަޑައިގަންނަވާ ބޭކަލެކެވެ. އެކަލޭގެފާނު އިސްލާމްވެވަޑައިގަތީ ހިޖުރައިން 7 ވަނަ އަހަރު އައްޠުފައިލް ބުން ޢަމްރު އައްދައުސީގެ އަތްމައްޗަށެވެ. އެއިރު އެކަލޭގެފާނުގެ އުމުރުފުޅަކީ 30 އަހަރެވެ.

އިސްލާމްވެޑައިގެންނެވުމަށްފަހު އެކަލޭގެފާނު ރަސޫލާ ޞޢވ އާއި ބައްދަލު ކުރައްވަން ވަޑައިގެންނެވި އެވެ. އެގޮތުން އަބޫހުރައިރާ ރަސޫލާ ޞޢވ އާއި ފުރަތަމަ ބައްދަލުވި އެ ބައްދަލު ކުރެއްވުމުގެ ތެރެއިން އެކަލޭގެފާނުގެ ނަންފުޅަކީ ކޮބައިތޯ ރަސޫލާ ޞޢވ އެއްސެވިއެވެ.

ޖަވާބުގައި އަބްދުއް ޝަމްސު ކަމުގައި އެކަލޭގެފާނު ދެންނެވިއެވެ.

އެފަދައިން ދެންނެވުމުން އަބްދުއް ޝަމްސު ގެ ބަދަލުގައި އަބޫހުރެއިރާގެ ނަންފުޅު އަބްދުއްރަހުމާނު އަށް ރަސޫލާ ޞޢވ ބަދަލުކުރެއްވިއެވެ.

އަބޫ ހުރެއިރާއަށް އަބޫ ހުރެއިރާގެ ނަމުން ނަންދެވުނުގޮތަކީ ކޮބައިކަން ބަޔާންކުރައްވަމުން އެކަލޭގެފާނު ވިދާޅުވިއެވެ.

"މީސްތަކުން އަހަރެންނަށް އަބޫ ހުރެއިރާގެ ނަމުން މުޚާތަބު ކުރަނީ، އެއްދުވަހަކު އަހަރެން، އަހަރެންގެ އާއިލާގެ ބަކަރިތައް ބަލަހައްޓަމުން ދަނިކޮށް ވަގު، ކުޑަ ބުޅަލެއް ފެނުނެވެ. އަދި އޭތި އަހަރެންގެ އަތުގައިވާ ފޮތިގަނޑަކަށް ލީމެވެ. އަދި ގެއަށް އެނބުރި އައި ވަޤުތު އެ ބުޅާ ގޮވާ އަޑު އަހަރެންގެ އާއިލާގެ މީހުންނަށް އިވުނެވެ. އަދި އެއީ ކޮންއެއްޗެއްތޯ ސުވާލުކުރިއެވެ. އެއީ ސަހަރާ ތެރެއިން ފެނުނު ކުޑަ ބުޅަލެއް ކަމުގައި ދެންނެވީމުއެވެ. ދެން އެމީހުން ބުންޏެވެ. ތިއީ އަބޫ ހުރެއިރާއެވެ. (ބުޅަލުގެ ބައްޕައެވެ.) އަހަރެން ރޭގަނޑުވުމުން އެބުޅާ ގަހަށް އަރުވަމުއެވެ. އަދި ދުވާލުވުމުން އަހުރެންނާއިއެކު އެބުޅާ ގެންދަމުއެވެ. އަދި އެއާއި އެކު ކުޅެ ހަދަމެވެ."

އަބޫ ހުރެއިރާ އެކަލޭގެފާނުގެ މި ނަމާމެދު އެހާ ހިތްޕުޅާއެއް ނުވެއެވެ. އެގޮތުން އަބޫ ހުރެއިރާ ވިދާޅުވިއެވެ.

"މީސްތަކުން އަހަރެންނަށް ކިޔާ އުޅޭނީ އަބޫ ހުރެއިރާއެވެ. އެކަމަކު އަހުރެން އެނަމަކަށް އެހާ ހިތްހަމައެއް ނުޖެހެމެވެ. رسول الله صلى الله عليه وسلم މުޚާތަބު ކުރައްވަނީ "އަބޫ ހިއްރު" މިފަދައިންނެވެ."

އަބޫ ހުރެއިރާ އެކަލޭގެފާނަށް "އަބޫ ހުރެއިރާ" ކިޔުއްވަން ނުރުހެނީ އެއީ ބުޅަލުގެ އަންހެން ޖިންސުގެ ނަން ކަމުގައިވާތީއެވެ. ހިއްރު އެއީ ފިރިހެން ބުޅަލަށް ކިޔާ ނަމަވެ. ރަސޫލާ صلى الله عليه وسلم މުޚާޠަބުކުރައްވަނީ ފިރިހެން ބުޅަލުގެ ނަމުންނެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ޞަޙާބިއްޔާއިންގެ ތެރެއިން، އަސްމާ ބިންތު އުމައިސް (ރއ)ގެ ހިތްވަރާއި ސާބިތު ކަމުގެ ވާހަކަ!
12 Mar 2024 ވާހަކަ

ޞަޙާބިއްޔާއިންގެ ތެރެއިން، އަސްމާ ބިންތު އުމައިސް (ރއ)ގެ ހިތްވަރާއި ސާބިތު ކަމުގެ ވާހަކަ!

އިސްލާމީ ތާރީޚަށް ބަލާލާއިރު، އަހަރެމެންނަށް ފެންނަނީ ހަމައެކަނި ޞަޙާބީންގެ ހިތްވަރާއިޒ ޢަޒުމާއި އެބޭކަލުން ދީނުގެ ހައްގުގައި ވެވަޑައިގެންނެވި ގުރުބާނީ އެކަންޏެއް ނޫނެވެ. އެހެނެއް ކަމަކު، ޞަޙާބިއްޔާއި...

ވާހަކަ: ޠަލްހާ ބިން ޢުބައިދުﷲ(ރޢ)- ދިރިހުންނެވި ޝަހީދު (2)
19 Jan 2023 ވާހަކަ

ވާހަކަ: ޠަލްހާ ބިން ޢުބައިދުﷲ(ރޢ)- ދިރިހުންނެވި ޝަހީދު (2)

ހަނގުރާމައިގެ މައިދާނުގައި ހިޖުރީ ސަނަތުން ދެވަނައަށް ވީ އަހަރެވެ. ޤުރައިޝުންގެ ވިޔަފާރި ޤާފިލާއަކާއިގެން އަބޫ ސުފްޔާނު ޝާމުކަރައިން މައްކާއަށް އެނބުރި އަންނަ ޚަބަރު ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމ...

ވާހަކަ: ޠަލްހާ ބިން އުބައިދުﷲ- ދިރިހުންނެވި ޝަހީދު (1)
18 Jan 2023 ވާހަކަ

ވާހަކަ: ޠަލްހާ ބިން އުބައިދުﷲ- ދިރިހުންނެވި ޝަހީދު (1)

މައްކާގެ އުދަރެހުން އިރު އޮއްސި ދުވާލަށް އަލްވަދާއު ކިޔައިފިއެވެ. އައު ދުވަހަކަށް ބައްދަލުކުރުމުގެ އުއްމީދުގައެވެ. ފަޒާގައިވަނީ ހިތްގައިމު ކުރުވަނިވި އިހުސާސެކެވެ. ހިނދުކޮޅެއްގެ ތެރޭގައި މުޅި މައްކާއަ...

ވާހަކަ: ޒުބައިރު ބިން އައްވާމް- ރަސޫލާގެ ހަވާރީ (2)
09 Dec 2022 ވާހަކަ

ވާހަކަ: ޒުބައިރު ބިން އައްވާމް- ރަސޫލާގެ ހަވާރީ (2)

ހަނގުރާމައިގެ މައިދާނުގައި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް އާއި މުސްލިމުން މަދީނާއަށް ހިޖުރަ ކުރައްވެވިތާ މާ ގިނަ އަހަރުތަކެއް ނުވެއެވެ. މާދީނާގައި އުފެދިފައިވާ އިސްލާމީ ދައުލަތުގެ ބިންގާ ފުޑުފުޑު ...

ވާހަކަ: ޒުބައިރު ބިން އައްވާމް- ރަސޫލާ ޞޢވ ގެ ހަވާރީ (1)
05 Dec 2022 ވާހަކަ

ވާހަކަ: ޒުބައިރު ބިން އައްވާމް- ރަސޫލާ ޞޢވ ގެ ހަވާރީ (1)

ޖާހިލިއްލަ ޒަމާނުގައި، ޤުރައިޝުންގެ ތެރޭގައިޔާއި މުޅި އަރަބި ކަރައިގައިވެސް މީހުން ދެކޭގޮތުގައި ގިނަ ފިރިހެން ދަރިން ލިބުމަކީ ޢާއިލާއަށް ގިނަ ކުރިއެރުން ލިބޭ ކަމެކެވެ. އެމީހުންގެ ނަޒަރުގައި އެ ފިރިހެނ...

ވާހަކަ: ބިލާލް ބިން ރަބާހް ރޢ- މުޢައްޛިން (2)
13 Nov 2022 ވާހަކަ

ވާހަކަ: ބިލާލް ބިން ރަބާހް ރޢ- މުޢައްޛިން (2)

މުޢައްޛިން ކަމުގެ ޝަރަފު ލިބިވަޑައިގަތުން މައްކާގެ މުޝްރިކުންގެ އަނިޔާތަކާއި ހުރެ މުސްލިމުން މަދީނާއަށް ހިޖުރަކުރެއްވިއެވެ. މި ހިޖުރަ ކުރެއްވިއިރު ބިލާލްގެފާނުވެސް މުސްލިމުންނާއިކު ވަޑައިގެންނެވިއެވެ....