ވެލެންސިއާ ޓީމް ފަރިތަކުރުންތަކުގައި... ފޮޓޯ: ވެލެންސިއާ
ވެލެންސިއާ ޓީމް ފަރިތަކުރުންތަކުގައި... ފޮޓޯ: ވެލެންސިއާ
ކުޅިވަރު 10 Mar 2026 | 07:01

މެޗް ފިކްސިން މައްސަލާގައި ފީފާއިން ވެލެންސިއާއަށް އެންގީ، އޭއެފްސީ މެދުވެރިކޮށް ކުރިއަށްދިއުމަށް

އަބްދުﷲ ހުސައިން

ލިޔުންތެރިޔާ

އަބްދުﷲ ހުސައިން

ނިއުރޭޑިއަންޓާ ދެކޮޅަށް ކުޅެންއޮތް މެޗް ގްރީން ސްޓްރީޓްސް އިން ދޫކޮށްލި މައްސަލާގައި ވެލެންސިއާއިން ތުހުމަތުކުރާ މެޗް ފިކްސިން މައްސަލަ އޭއެފްސީ އަށް ހުށަހަޅައިގެން ކުރިއަށްގެންދިއުމަށް ފީފާއިން ވެލެންސިއާއަށް އަންގައިފިއެވެ.

ގްރީން ސްޓްރީޓްސްއިން މެޗް ދޫކޮށްލިކަމަށް ބުނާ މައްސަލާ ވެލެންސިއާއިން މިދިޔަ މަހުގެ އަށްވަނަ ދުުވަހު ވަނީ, މި މައްސަލަ ފީފާ އަދި އޭއެފްސިއަށް ހުށަހަޅާނޭކަމަށް ބުނެފައެވެ. އޭގެ ކުރިން އެފްއޭއެމުން ވަނީ މި މައްސަލާގައި އެ އިދާރާގެ ނިންމުން ހިއްސާކޮށްފައެވެ. ވެލެންސިއާއިން މި މައްސަލަ ފީފާ އަދި އޭއެފްސިއަށް ހުށަހެޅުމަށް ނިންމީ މައްސަލާފައި އެފްއޭއެމްގެ ނިންމުން ޤަބޫލު ނުކުރެވިގެންނެވެ.

ވެެލެންސިއާއިން މިއަދު ނެރުނު ބަޔާނުގައި ބުނެފައިވަނީ ފީފާއަށް މައްސަލަ ހުށަހެޅުމުން އޭއެފްސީ މެދުވެރިކޮށް މައްސަލާގައި ކުރިއަށްދިއުމަށް އެ ކްލަބަށް އަންގާފައިވާކަމަށެވެ. ވެލެންސިއާއިން ރޭ ނެރުނު ބަޔާނުގައިވެސް އެ ކުލަބުން ވަނީ މި މައްސަލާގައި އެފްއޭއެމުން ކަންކަން ކޮށްފައިވަނީ އުސޫލުން ބޭރުންކަން ފާހަގަކޮށްފައެވެ.

އެގޮތުން އިސްތިއުނާފް ކުރުމުގެ ހައްޤު ގްރީން ސްޓްރީޓްސްއަށް ދީ ވެލެންސިއާށް އެ ފުރުސަތު ނުދިނުމާއި، މެޗް ރެފްރީ ރިޕޯޓާއި މެޗް ކޮމިޝަނަރުގެ ރިޕޯޓްގެ އިތުރުން އެފްއޭއެމްގެ އެޕީލް ކޯޑުވެސް ދީފައި ނުވާކަމަށް ވެލެންސިއާއިން ވަނީ ތުހުމަތުކޮށްފައެވެ. މީގެ އިތުރުން މައްސަލާގައި ކުރިއަށްދިއުމަށް އެފްއޭއެމުްނ ވެލެންސިއާއަށް ފޯރުކޮށްދޭންޖެހޭ އަސާސީ މައުލޫމާތުތައް ފޯރުކޮށްދިނުމުގައި އިހުމާލުވެފައިވާކަން ވަނީ ފާހަގަކޮށްފައެވެ.

ގްރީން ސްޓްރީޓްސް މެޗް ދޫކޮށްލި މައްސަލާގައި ވެލެންސިއާއިން ރުޅިގަދަވެފައިވަނީ، މައްސަލައިގެ ބާވަތުން ގްރީން ސްޓްރީޓަށް ދިން އަދަބު ކުޑަވުމާއި، އެ ކްލަބަށް ދޭން ނިންމި އަދަބު ކުޑަވުމުންނެވެ. ވެލެންސިއާއިން ބުނީ ގްރީން ސްޓްރީޓުގެ އެ އަމަލަކީ ނިއުރޭޑިއަންޓާއި، އެހެން ކްލަބްތަކާއި އެ ކްލަބްތަކުގެ ކުޅުންތެރިންގެވެސް ހައްޤު ގެއްލިގެންދާނޭ ކަމެއްކަމަށެވެ. މެޗް ފިކްސިންގެ އަމަލަކީ ކުޅިވަރުގެ އަހްލާގާއި، ބައިނަލްއަޤްވާމީ ފެންވަރުގައިވެސް އެންމެބޮޑު އަދަބު ދޭ ކަންކަމުގެ ތެރޭގައި ހިމެނޭ މުހިންމު އަމަލެއްކަމަށް ވެެލެންސިއާއިން ވަނީ ފާހަގަކޮށްފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ޓީސީއަތުން މޮޅުވެ، އީގަލްސް ޕޮއިންޓް ޓޭބަލްގެ އެއްވަނާގައި ހަމަޖެހިލައިފި
12 Oct 2026 ކުޅިވަރު

ޓީސީއަތުން މޮޅުވެ، އީގަލްސް ޕޮއިންޓް ޓޭބަލްގެ އެއްވަނާގައި ހަމަޖެހިލައިފި

މިހާރު ކުރިއަށްދާ ދިރާގް ދިވެހި ޕްރިމިއާލީގްގައި ރޭ ޓީސީ ސްޕޯޓްސް އާއި އީގަލްސް ސްޕޯޓްސް ކްލަބް ބައްދަލުކުރިމެޗް އީގަލްސް ކާމިޔާބުކޮށް ޕޮއިންޓް ތާވަލްގެ އެންމެ ކުރީގައި ހަމަޖެހިލައިފިއެވެ. ގަލޮޅު ދަނޑ...

އެފްއޭއެމް އެވޯޑްސް؛ މޮޅު ފުޓްބޯޅަ ކުޅުންތެރިންނަށް އައިހަމް އަދި ސާލިޔާ
08 Oct 2026 ކުޅިވަރު

އެފްއޭއެމް އެވޯޑްސް؛ މޮޅު ފުޓްބޯޅަ ކުޅުންތެރިންނަށް އައިހަމް އަދި ސާލިޔާ

އެފްއޭއެމް އެވޯޑްސްގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމް  މާޒިޔާއަށް ކުޅެމުން އަންނަ އަހްމަދު އައިހަމް (ފަތޯ) އާއި އޮޑި ސްޕޯޓްސް ކްލަބްގެ ފާތިމަތު ސާލިޔާ ހޯދައިފިއެވެ. އެންމެ މޮޅު ފިރިހެން ފުޓ...

އެފްއޭއެމް ޕްރެސިޑެންޓްސް އެވޯޑް ބަކާ، ސާންތީ އަދި އިފްރާއަށް
08 Oct 2026 ކުޅިވަރު

އެފްއޭއެމް ޕްރެސިޑެންޓްސް އެވޯޑް ބަކާ، ސާންތީ އަދި އިފްރާއަށް

މިރޭ ބޭއްވި ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ އެފްއޭއެމް ޕްރެސިޑެންޓްސް އެވޯޑް ފުޓްބޯޅައަށް ހިދުމަތްކޮށްދެއްވި ތިން ޝަހުއްސިއްޔަތުން ކަމަށްވާ ކޯޗު މަރްހޫމް އިހްސާން އަބްދުލް ޣަނީ (ސާންތީ)، މަރްހ...

ޗައިނާ އަތުން ރާއްޖޭގެ ކުރިކެޓް ޓީމަށް މޮޅެއް
08 Oct 2026 ކުޅިވަރު

ޗައިނާ އަތުން ރާއްޖޭގެ ކުރިކެޓް ޓީމަށް މޮޅެއް

މިހާރު ކުރިއަށްދާ އައިސީސީ ޓީ20 ކްރިކެޓް ވޯލްޑް ކަޕް 2028 ގެ ސަބް ރީޖަނަލް ކޮލިފައިންގައި މިއަދު ޗައިނާ އާއި ދިވެހިރާއްޖޭގެ ކްރިކެޓް ޓީމް ބައްދަލުކުރި މެޗް ރާއްޖެ ކާމިޔާބު ކޮށްފިއެވެ. މެލޭޝިއާގައި ކުރ...

އޭއޭއައި ބީޗް ވޮލީބޯޅަ ފެސްޓް 2026 ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
06 Oct 2026 ކުޅިވަރު

އޭއޭއައި ބީޗް ވޮލީބޯޅަ ފެސްޓް 2026 ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

އެސްޕިރޭޝަން ފޯ އޯލް އިނީޝިއޭޓިވް ސްޕޯޓްސް ކްލަބުން އިންތިޒާމްކުރާ "އޭއޭއައި ބީޗް ވޮލީބޯޅަ ފެސްޓް 2026" ގެ ފުރަތަމަ އެޑިޝަނުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މިކަމާ ގުޅޭގޮތުން އެ ކްލަބުން...

ދެކުނު ކޮރެއާގައި ބާއްވާ "ފަސްޓް ގްލޯބަލް ޗެލެންޖު" ގައި ބައިވެރިވާ ރާއްޖޭގެ ޓީމް އިންޗިއޮންއަށް ހިނގައްޖެ
06 Oct 2026 ކުޅިވަރު

ދެކުނު ކޮރެއާގައި ބާއްވާ "ފަސްޓް ގްލޯބަލް ޗެލެންޖު" ގައި ބައިވެރިވާ ރާއްޖޭގެ ޓީމް އިންޗިއޮންއަށް ހިނގައްޖެ

ދެކުނު ކޮރެއާގައި ބޭއްވުމަށް ހަމަޖެހިފައިވާ ބައިނަލްއަޤްވާމީ ރޮބޮޓިކްސް މުބާރާތެއް ކަމަށްވާ "ފަސްޓް ގްލޯބަލް ޗެލެންޖް" ގައި ރާއްޖެ ތަމްސީލުކުރާ ދިވެހި ޓީމު އެ ޤައުމުގެ އިންޗިއޮންއަށް ހިނގައްޖެއެވެ. މި...