ބްރެޒިލް އާއި މެކްސިކޯ ވާދަކުރި މެޗުގެ ތެރެއިިން
ބްރެޒިލް އާއި މެކްސިކޯ ވާދަކުރި މެޗުގެ ތެރެއިިން
ކުޅިވަރު 20 Feb 2024 | 20:55

ބީޗު ސޮކާ ވޯލްޑްކަޕް: މެކްސިކޯ ބަލިކޮށް ގުރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި ބްރެޒިލް ކުއާޓާ ފައިނަލަށް

ދުބާއީގައި މިހާރު ކުރިއަށްދާ ބީޗު ސޮކާ ވޯލްޑްކަޕް 2024 ގެ ގުރޫޕް "ޑީ" ގައި އަންގާރަދުވަހުގެ ރޭ މެކްސިކޯ އާއި ދެކޮޅަށް ކުޅުނު މެޗު 4-3 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ގުރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި ބްރެޒިލް މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދައިފި އެވެ.

ފެބުރުއަރީ 15-25 އަށް ދުބާއީގައި ކުރިއަށް މިމުބާރާތުގައި ޖުމްލަ 16 ޓީމު ވާދަކުރަމުން އަންނައިރު، މުބާރާތް ކުރިއަށް ދަނީ ބައިވެރިވި 16 ޓީމު ހަތަރު ގުރޫޕަކަށް ބަހާލައިގެންނެވެ. ކޮންމެ ގުރޫޕަކުން ވެސް އެންމެ ރަގަޅު ނަތީޖާއެއް ހޯދާ ދެޓީމަށް ކުއާޓާގެ ފުރުސަތު ލިބޭ ގޮތަށެވެ.

ބީޗް ސޮކާ ވޯލްޑްކަޕްގައި ކޮންމެ މެޗެއްގައި 10 މިނެޓުގެ ތިން ހާފު އުޅޭއިރު، ގުރޫޕް ސްޓޭޖުގެ މެޗުތަކުގައި ވެސް ދެޓީމު އެއްވަރުވެއްޖެ ނަމަ އިތުރު ވަގުތުގެ އެއްހާފު ކުޅެ، ނަތީޖާއެއް ނުނެރެވިއްޖެ ނަމަ ޕެނަލްޓީ ޖަހައިގެން މޮޅުވާ ޓީމެއް ކަނޑައަޅާނީ އެވެ. އަދި މުބާރާތުގެ ގުރޫޕް ސްޓޭޖު މެޗުތަކުގައި މެޗުގެ ފުރިހަމަ ވަގުތުގެ ތެރޭގައި މޮޅުވެއްޖެ ނަމަ، މޮޅުވާ ޓީމަކަށް ތިން ޕޮއިންޓް ލިބޭއިރު، އިތުރު ވަގުތު ކުޅެގެން މޮޅުވެއްޖެނަމަ ލިބޭނީ ދެ ޕޮއިންޓެވެ. އަދި ޕެނަލްޓީ ޖަހައިގެން މޮޅުވާ ޓީމަކަށް ލިބޭނީ އެއް ޕޮއިންޓެވެ.

ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގެ ތިންވަނަ ހާފުގެ ކުޅުން ނިމުނުއިރު، 3-3 ގެ ނަތީޖާއަކުން ދެޓީމް އެއްވަރުވެ، ނަތީއްޖާނެރުމަށްޓަކައި ކުޅެވުނު އިތުރު ވަގުތުގެ ތެރޭގައި ކާމިޔާބުކުރި ލަނޑާއެކު ބްރެޒިލް މެޗުން މޮޅުވީ 4-3 ގެ ނަތީޖާއަކުންނެވެ.

މުބާރާތުގައި ބްރެޒިލް ކުޅުނު ފުރަތަަމަ މެޗުގައި 3-5 ގެ ނަތީޖާއަކުން އޮމާން އަތުން މޮޅުވިއިރު، ދެވަނަ މެޗުގައި ޕޯޗުގަލް އަތުން އެޓީމު މޮޅުވީ އިތުރު ވަގުތުގެ ތެރޭގައި ކާމިޔާބުކުރި ލަނޑާއެކު 3-2 ގެ ނަތީޖާއަކުންނެވެ. އަދި މެކްސިކޯގެ ފުރަތަަމަ މެޗުގައި 8-2 ގެ ތަފާތުބޮޑު ނަތީޖާއަކުން ޕޯޗުގަލް އަތުން އެޓީމު ބަލިވިއިރު، ދެވަނަ މެޗުގައި އޮމާން އަތުން އެޓީމު ބަލިވީ 5-2 ގެ ނަތީޖާއަކުންނެވެ.

މިނަތީޖާއާއެކު މުބާރާތުގައި ކުޅުނު ތިން މެޗުން ލިބުނު 7 ޕޮއިންޓާއެކު ގުރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި ބްރެޒިލް ކުއާޓާ ފައިނަލުން ޖާގަ ހޯދިއިރު، މިމެޗުން ބަލިވި މެކްސިކޯ މުބާރާތް ނިންމާލީ ކުޅުނު ތިން މެޗުން ވެސް ބަލިވެ ގުރޫޕްގެ ފުލުގައި އޮވެއެވެ.

މުބާރާތުގެ ކުއާޓާ ފައިނަލުގެ ފުރަތަަމަ މެޗުގައި ބުރާސްފަތި ދުވަހުގެ ހަވީރު ރާއްޖެ ގަޑިން 16:30 ބުރެޒިލް ނުކުންނާނީ ޖަޕާނާއި ދެކޮޅަށެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ޓްރެއިނިން ކޭމްޕް ދޫކޮށް ދިއުމުން، ޕޯޗްގަލް އެފްއޭއިން ރޮނާލްޑޯ ސަސްޕެންޑުކޮށްފި
11 Oct 2026 ކުޅިވަރު

ޓްރެއިނިން ކޭމްޕް ދޫކޮށް ދިއުމުން، ޕޯޗްގަލް އެފްއޭއިން ރޮނާލްޑޯ ސަސްޕެންޑުކޮށްފި

ޓްރެއިނިން ކޭމްޕް ދޫކޮށް ދިއުމުން ޕޯޗްގަލްގެ ފުޓްބޯޅަ އިދާރާއިން ޓީމްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ވަގުތީގޮތުން ސަސްޕެންޑްކޮށްފިއެވެ. މީޑިއާގެ ރިޕޯޓްތައް ބުނާގޮތުގައި މި މައްސަލަ ފެންމަތިވެފައިވަނ...

ޑިއޮމާންޑޭގެ ލަނޑާއެކު ރެއާލް މެޑްރިޑުން، ވިޔަރެއާލް ބަލިކޮށްފި
11 Oct 2026 ކުޅިވަރު

ޑިއޮމާންޑޭގެ ލަނޑާއެކު ރެއާލް މެޑްރިޑުން، ވިޔަރެއާލް ބަލިކޮށްފި

ބައިނަލްއަގުވާމީ މެޗުތަކުގެ މެދުކެނޑުމަށްފަހު ސްޕެއިންގެ ރެއާލް މެޑްރިޑް ކުޅުނު ފުރަތަމަ މެޗުން އެޓީމް މޮޅުވެއްޖެއެވެ. ސްޕެނިޝްލީގްގައި ރެއާލް މެޑްރިޑް ރޭ ނިކުތީ ވިޔަރެއާލްއާ ދެކޮޅަށެވެ. މިމެޗް ރެއާލު...

މެންޗެސްޓަރ ޔުނައިޓެޑާއި ޓޮޓްނަމް ބައްދަލުކުރި ބޮޑުމެޗް އެއްވަރު
11 Oct 2026 ކުޅިވަރު

މެންޗެސްޓަރ ޔުނައިޓެޑާއި ޓޮޓްނަމް ބައްދަލުކުރި ބޮޑުމެޗް އެއްވަރު

އިނގިރޭސި ޕްރިމިއަރ ލީގުގައި ރޭ މެންޗެސްޓަރ ޔުނައިޓެޑާ ޓޮޓްނަމް ހޮޓްސްޕާ ބައްދަލުކުރިމެޗް އެއްވަރުވެއްޖެއެވެ. މެންޗެސްޓަރ ޔުނައިޓެޑްގެ އޯލްޑް ޓްރަފަޑްގައި ކުޅުނު ފޯރިގަދަ މިމެޗް ނިމުނީ، 1-1 އިން އެއްވ...

އާސެނަލުން ފަހަތުން އަރައި ލީޑްސް ޔުނައިޓެޑް ބަލިކޮށްފި
11 Oct 2026 ކުޅިވަރު

އާސެނަލުން ފަހަތުން އަރައި ލީޑްސް ޔުނައިޓެޑް ބަލިކޮށްފި

އިނގިރޭސި ޕްރިމިއާލީގްގައި ރޭ އާސެނަލް އާއި ލީޑްސް ޔުނައިޓެޑް ބައްދަލުކުރިމެޗް ފަހަތުން އަރައި އާސެނަލުން ކާމިޔާބުކޮށްފިއެވެ. އާސެނަލްގެ އެމިރޭޓްސް ސްޓޭޑިއަމްގައި ކުޅުނު މިމެޗްގައި ލަނޑުތައް ފެނިގެންގ...

ލޫސިއާނޯގެ އިރުޝާދުގެ ދަށުން އޮޑި ކުޅުނު ފުރަތަމަ މެޗުން މޮޅެއް
10 Oct 2026 ކުޅިވަރު

ލޫސިއާނޯގެ އިރުޝާދުގެ ދަށުން އޮޑި ކުޅުނު ފުރަތަމަ މެޗުން މޮޅެއް

ދިވެހި ޕްރިމިއާލީގްގައި ރޭ ގައްދޫ ސްޕޯޓްސް އާއި އޮޑި ސްޕޯޓްސް ކްލަބް ބައްދަލުކުރިމެޗް ފަސޭހަކަމާއެކު އޮޑި ކާމިޔާބުކޮށްފިއެވެ. ގަލޮޅު ދަނޑުގައި ކުޅުނު މިމެޗް އޮޑި ކާމިޔާބުކުރީ 4-0 ގެ ނަތީޖާއިންނެވެ. މި...

އުނދަގޫ ވަގުތެއްގައި ގާޑިއޯލާ، މެޗެއް ބަލާލުމަށް މެންޗެސްޓަރ ސިޓީއަށް
08 Oct 2026 ކުޅިވަރު

އުނދަގޫ ވަގުތެއްގައި ގާޑިއޯލާ، މެޗެއް ބަލާލުމަށް މެންޗެސްޓަރ ސިޓީއަށް

ކުރިއަށްއޮތް ހަފްތާގައި މެންޗެސްޓަރ ސިޓީ އާއި ޕީއެސްޖީ ބައްދަލުކުރާ މެޗް ބަލާލުމަށް ސިޓީގެ ކުރީގެ ކޯޗް ޕެޕް ގާޑިއޯލާ އިއްތިހާދު ސްޓޭޑިއަމަށް ޒިޔާރަތްކުރުމަށް ހަމަޖެހިއްޖެއެވެ. އިނގިރޭސި މީޑިއާތަކުން ގ...