ހުވާކުރުމުގެ ރަސްމިއްޔާތުގެ އެންމެ ފަހުގެ ތައްޔާރީތައްވަނީ
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ހުވާކުރުމުގެ ރަސްމިއްޔާތުގެ އެންމެ ފަހުގެ ތައްޔާރީތައް ކުރިއަށް އެބަގެންދެއެވެ.
ގަލޮޅު ދަނޑުގައި ކުރިއަށްދާ މި ރަސްމިއްޔާތުގައި ބައިވެރިވުމަށް ދައުވަތު އެރުވިފައިވާ ފަރާތްތަކުން، މިހާރު ދަނީ ދަނޑަށް ވަންނަމުންނެވެ. އަދި އެހެންމެ ދަނޑާއި މާލޭގެ ބޮޑެތި މަގުތަކުގެ ސަލާމަތީ ކަންކަން ވަރަށް ވަރުގަދަކޮށް، ސިފައިންނާއި ފުލުހުން ދަނީ އެމަގުތަކުގައި ހަރަކާތްތެރި ވަމުންނެވެ.
މި ރަސްމިއްޔާތުގެ އިސް މެހެމާނެއްގެ ގޮތުގައި ބައިވެރިވެ ވަޑައިގަންނަވާ އިންޑިޔާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީވެސް ވަނީ މީގެ ކުޑައިރުކޮޅެއްގެ ކުރިން ރާއްޖެއަށް ވަޑައިގަންނަވާފައެވެ.
މި ރަސްމިއްޔާތަށް ސަލާމަތީ ކަންކަން ވަރަށް ބޮޑަށް ވަރުގަދަކޮށްފައިވާއިރު، ވޮއިސްއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ގަލޮޅު ދަނޑު ހުންނަ ސަރަހައްދުގެ ގެތަކުގެ ފަރާތްތަކުން ބެލްކަނީއަށް ނިކުމެ އުޅުން ސިފައިން ވަނީ ވަގުތީ ގޮތުން މަނާކޮށްފައެވެ.
ރާއްޖޭގެ ގަޑިން ފަހެއް ޖަހާއިރު، ހުވާކުރުމުގެ ރަސްމިއްޔާތު ފެށިގެންދާނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް