އަމީތު ހައްޔަރުކުރީ ގާނޫނާއި ހިލާފަށް: ހައިކޯޓު
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
ގޮނޑި ގެއްލިފައިވަނިކޮށް ރައްޔިތުންގެ މަޖިލީހަށް ވަންނަން އުޅުނު މައްސަލައިގައި ހައްޔަރުކުރި މަޑުއްވަރީ ދާއިރާާގެ މެންބަރު މުހައްމަދު އަމީތު، ހައްޔަރުކޮށްފައިވަނީ ގާނޫނާއި ޚިލާފަށްކަމަށް ހައިކޯޓުން ނިންމައިފިއެވެ.
ފުލުހުން އަމީތު ހައްޔަރުކުރީ ގާނޫނާއި ހިލާފަށް ކަނޑައަޅައިދިނުމަށް އެދި ހުށައެޅި މައްސަލައިގައި އޭނާގެ ބަންދުގެ މުއްދަތު އިތުރުކުރުމަށް ކްރިމިނަލް ކޯޓުން ކުރި އަމުރު ހައިކޯޓުންވަނީ ބާތިލްކޮށްފައެވެ. އަމީތު މީގެ ކުރިން ހައްޔަރުކޮށްފައިވަނީ، ހުއްދަނެތި ތަނަކަށް ވަން މައްސަލައިގައެވެ. ނަމަވެސް ފަހުން އެ މައްސަލަ ވަނީ އަނބުރާ ގެންގޮސްފައެވެ.
ހައި ކޯޓުގެ ހުކުމުގައި ބުނެފައިވަނީ އަމީތު އޭރު ހައްޔަރުކޮށްފައި ވަނީ މެމްބަރުންގެ އިމްތިޔާޒްތަކާ ބެހޭ ގާނޫނުގައިވާ އިޖްރާއާތުތައް ފުރިހަމަ ނުކޮށް ކަމަށެވެ.
މި މައްސަލަ ބައްލަވާފައިވަނީ ހައިކޯޓުގެ ތިން ފަނޑިޔާރުންގެ ބެންޗަކުންނެވެ. އެއީ ފަނޑިޔާރު އަބްދުއްރައޫފް އިބްރާހިމާއި ފަނޑިޔާރު މުހައްމަދު ފައިސަލްގެ އިތުރުން ފަނޑިޔާރު އަބްދުﷲ ހަމީދެވެ. މައްސަލައިގެ ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު ރައޫފެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް