އަލްހާން ފަހުމީ ޖުމްހޫރީ ޕާޓީއަށް ސޮއިކޮށްފި
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
ފޭދޫ ދާއިރާގެ ކުރީގެ މެންބަރު އަލްހާން ފަހުމީ ޖުމްހޫރީ ޕާޓީއައި ގުޅިވަޑައިގެންފިއެވެ.
އަހްލާން ޖުމްހޫރީ ޕާޓީއައި ގުޅިވަޑައިގަތީ އެޕާޓީގެ މައި އޮފީހުގައި މިއަދު ކުރިއަށްދިޔާ ރަސްމިއްޔާތުގައެވެ. އަލްހާން ޖުމްހޫރީ ޕާޓީއަށް ސޮއި ކުރެއްވި ފޯމް ބަލައިގަނެފައިވަނީ އެޕާޓީގެ ލީޑަރު އަދި މިހާރު ރައްޔިތުންގެ މަޖިލިސްގެ ރައީސްކަންވެސް ކުރައްވަމުން ގެންދަވާ ގާސިމް އިބްރާހިމްއެވެ.
ޑީއާރްޕީ އާއެކު ސިޔާސީ މައިދާނަށް ނުކުމެވަޑައިގައިން އަލްހާންވަނީ އެމްޑީޕީ އަދި ޕީޕީއެމްގެ މެންބަރެއްގެ ގޮތުގައިވެސް ހަރަކާތްތެރިވެފައެވެ. މިއީ އެމްޑީޕީގެ ނައިބު ރައީސްކަންވެސް ކުރެއްވި އަލްހާން ފަހުމީ ޖުމްހޫރީ ޕާޓީއައި ގުޅިވަޑައިގައިން ދެވަނަ ފަހަރެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް