ފްލެޓް ލިބުންކަމުގެ ލިޔުން ދޫކުރާ ވަގުތު އިތުރުކޮއްފި
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
ރޭ 12 ޖެހުމާ ހަމައަށް ދޫކުރަން ހަމަޖެހިފައިވާ ހިޔާ ފްލެޓް ލިބުނު ކަމުގެ ލިޔުން ހަވާލުކޮށް ނުނިމިއްޖެނަމަ މިއަދު މެންދުރު 12 އާ ހަމައަށް ހުއްޓާނުލައި ކުރިއަށް ގެންދާނެކަމަށް ހައުސިން މިނިސްޓަރ ޑރ މުހައްމަދު މުއިޒް ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މުއިޒް މިހެން ވިދާޅުވީ އިއްޔެ ހަވީރު ކުރެއްވި ޓްވީޓެއްގައެވެ.
އަދި ހިޔާ ފްލެޓްތަކުގެ ލިޔުން މިރޭ 12 އަށް ނިންމާލެވޭތޯ މަސައްކަތް ކުރަމުން ދާކަމަށާއި އަދި ނުނިމިއްޖެ ނަމަ ވަގުތު އިތުރު ކޮއްގެންވެސް ލިޔުން ހަވާލު ކުރަން ނިންމާފައިމިވަނީ އެޓާނީ ޖެނެރަލްގެ ލަފަޔާވެސް އެކުގައި ކަމަށް މިނިސްޓަރ ގެ ޓްވީޓްގައިވެއެވެ.
Hiyaa flat liyun havaalu kurun mirey 12:00 ah nimmeytho masakkai kuramun dhiyayas nunimey nama, 17 November mendhuru 12:00 aa hamayah huttaanulaa kuriyah gendhaane vaahaka dhannavan. Attorney General ge qaanoonee lafaa vanee mikamah libifai kan dhannavan.
— Dr.Mohamed Muizzu (@MMuizzu) November 16, 2018
ހައުސިން މިނިސްޓްރީ ކައިރިއަށް މިހާރުވެސް މި ލިޔުން ހޯދުމަށްޓަކައި ގިނަބަޔަކު ސަފުހަދާފައި އެބަތިއްބެވެ. އަދި އެ މިނިސްޓްރީ ތެރޭގައި މިއަދުވަނީ ކޮންމެވެސް ވަރެއްގެ ހަމަނުޖެހުމެއް ހިނގާ އެތަނުގެ ލޯގަނޑެއް ތަޅާލާފައެވެ.
ހިޔާ މަޝްރޫއުގެ ދަށުން ދޫކުރަން ނިންމާފައިވަނީ 7000 ފްލެޓްއެވެ. މި ފްލެޓްލިބޭ މީހުންގެ ލިސްޓް އާންމު ކުރެވިގެންދިޔައީ މަހު ތެރޭގައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް