N/A
N/A
ހަބަރު 02 Nov 2018 | 12:02

ތަހުޒީބީ ސިޔާސީ ހަރަކާތް!

ޝަފްރާޒް އަހްމަދު

ލިޔުންތެރިޔާ

ޝަފްރާޒް އަހްމަދު

ދެހާހުގެ އަހަރުތަކުގެ ތެރޭގައި ދިވެހިރާއްޖޭގައި ޑިމޮކްރަސީ، މި ބަސް ވައިގައި ހިފައި، މީހުންގެ ދުލުކުރިއަށް އަންނަން ފެށިއެވެ. ސިކުނޑިތަކުގެ ވިސްނުންތަކާއި، އަތުގެ ލިޔުންތަކާއި އަދި ބުއްދީގެ ފިކުރުތަކުގައި އެޅިފައިވާާ ކަސްތޮޅުތަކުން މިންޖުވެ، ޒަމާނީ ވިސްނުންތަކާއި ސިޔާސީ ފިކުރުތަކަށް ދިވެހިން މިސްރާބު ޖަހަން ފެށިއެވެ. އާ އުސްމިންތަކަށް ދިވެހިން ގޮސް، އަނެއް ދިވެހިރާއްޖެއަށް ދިވެހިން ފޯރިއެވެ.

ނަމަވެސް މުޖުތަމައުގެ އާންމުންގެ ފަރުދުންގެ މެދުގައި ސިޔާސީ ހަރަކާތްތަކާއި އެކު، މިނިވަންކަން ލިބުނަސް، އިޖްތިމާއީ ގޮތުން ދިވެހި މުޖުތަމައު ކިލަނބުވަމުންދިޔަކަމުގެ ވިސްނުން ދިޔައީ އަންނަމުންނެވެ. ސިޔާސީ ބައިބައިވުންތަކާއި، ހަމަނުޖެހުން އިތުރުވެ، ދިވެހިންގެ އަސްލު ދިވެހި ވަންތަކަން ގެއްލެމުން ދިޔަ މަންޒަރު ހިނގަމުންދިޔައީ އެންމެންގެ ލޮލުގެ ކުރިމަތީގައެވެ. މަދު ބަޔަކު ނަމަވެސް މިކަމާއި މެދު ފިކުރުކޮށް، ކަންބޮޑުވަމުން ދިޔަ އިރު، އަނެއްބަޔަކު ތިބީ ވަމުންދާ ކަން ނޭނގި ޣާފިލްކަންމަތީގައެވެ.

ދިވެހިރާއްޖޭގެ އާ ގާނޫނު އަސާސީގެ ދަށުން އެންމެ ހަމަނުޖެހުން ބޮޑު އެއް އަހަރަކަށް ވާނީ މި ހިނގާ ދެހާސް އަށާރައެވެ. ކޯޓުތަކުން އެތަކެއް ބައިވަރު ހުކުމްތައް ނެރެ، ސިޔާސީ ކުޅިވަރުގެ އަތްބައި ރަނގަޅަށް އަތުރާލި އަހަރަކަށެވެ. ސިޔާސީ ހަމަނުޖެހުމާއި ހާސްކަމެއްގެ ތެރޭގައި ގައުމު އޮއްވާ، ރިޔާސީ އިންތިހާބެއް ބާއްވައި، އެ ރިޔާސީ އިންތިހާބުން ދިވެހިން ނިންމީ ގައުމުގެ މިސްރާބު ޖަޒީރާވަންތަކަމާއި ދިމާލަށް އަނބުރާލުމަށެވެ.

އިއްޔެ ވެގެންދިޔައީ ޖަޒީރާ ރާއްޖެއަށް އައި ބޮޑު އީދަކަށެވެ. ތިން އަހަރެއްހާ ދުވަހު ރާއްޖެއިން ބޭރުގައި އަރުވާލެވިގެން ހުންނެވުމަށްފަހު ކުރީގެ ރައީސް މުހައްމަދު ނަޝީދު، މާލެ ވަޑައިގެންނެވި ދުވަހަށެވެ. އެއްބަޔަކު އުފަލުން ރޮވުނު އިރު، އަނެއްބަޔަކަށް އެއީ ކަރުނައިގެ ކޯރެއްގައި ފަތަން ޖެހުނު ދުވަހެކެވެ.

ކޮންމެ ގޮތަކަށްވިޔަސް އިއްޔެ، މާލޭގެ މަގުމައްޗަށް އެއްވި އެތައް ހާސް ބަޔަކު ދިޔައީ އެމަނިކުފާނަށް މަރުހަބާ ކިޔައި، މަލާއި ކަރުދާސް ކޮންފެޓީ ފަދަ ތަކެތި އުކަމުންނެވެ. މުޅި މާލޭގެ މަޖީދީމަގުގެ މަތިންނާއި، ތިރިންނާއި އަޑިންވެސް އޮތީ ހަމަ ހުސް ރީނދުލެވެ.

އިއްޔެގެ ފޯރިގަދަ ހަރަކާތްތައް ނިންމާާލި ވަގުތު މަޖީދީމަގުގެ ބޮޑު ސަރަހައްދަކަށް ތިބީ ކަރުދާހާއި ފުޅިިޔާއި އޭތި މީތި އަަޅާފައެވެ. ވީހާލެއްގައި އެތަކެތިވެސް ވާންށެވެ. ނަމަވެސް އިއްޔެ ހަވީރު ސޯޝަލް މީޑިޔާއިން ފެނިގެން ދިޔައީ އާދަޔާ ޚިލާފު މަންޒަރެކެވެ. ރައީސް ނަޝީދަށް މަރުހަބާ ކިޔުމަށް ބޭނުންކުރި ކަރުދާސް ކޮންފެޓީތަކާައި އެއްވެ ތިބި މީހުން ބުއި ފެންފުޅިތައް މަގުތަކުން ނަގައި ސާފުކުރިތަނެވެ.

އިއްޔެ، މަޝްހޫރު ފިލްމް ޑައިރެކްޓަރ ޓެޑްރީ ކުރި ޓްވީޓެއްގައި އޭނާާގެ ގެއިން ކަރުދާސް ކޮންފެޓީ ދޫކުރުމުން، އެގޭގެ ކުދިންވެގެން ހަމަ އެ ކޮންފެޓީތައް ސާފުކުރިތަން ފެނުނެވެ. މި މަންޒަރާއި މިފަދަ އެތައް މަންޒަރަކަށް ގިނަ ބަޔަކު ތައުރީފު ކުރިއިރު، މިއީ ފަަހަކަށް އައިސް މަދުން ނޫނީ ފެންނަކަމެއް ނޫނެވެ.

މިހެން ދަންނަވާލަން މި ޖެހުނީ ކުރިން ލޮލުކޮޅަށް ފެނިފައިވާާ މަންޒަރުތަކުންނެވެ. މީގެ ކުރިން ސިޔާސީ ހަރަކާތްތަކާއި މުޒާހަރާތައް ހިންގުމަށްފަހު، މަދުން މެނުވީ މަގުމަތި ސާފުކޮށްލާތަނެއް ނުފެނެއެވެ. އެއްބުރުން ފުޅިތައް މަގުތަކަށް އުކާާލުމަށްފަހު، އަމިއްލަ ކަންކަމާއިގެން އެނބުރި ދާ ހިނދު، ގިނަ ފަރާތްތަކުން އޭގެ ސަބަބުން ވެށީގެ ރީތިކަމަށް ކުރާ އަސަރާއި މެދު ވިސްނާާ ނުލާކަން ފާހަގަކޮށްލެވެއެވެ.

މިއީ ޒިންމާދާރު ސިޔާސީ ހަރަކާތެއްގެ ކުލަވަރުކަމަށް ގިނަ ފަރާތްތަކުން ބުނެއެވެ. ސިޔާސީ ހަރަކާތްތައްވެސް އެންމެ ފަހުން ތަހުޒީބާއި، ދިވެހިންގެ ދިވެހިވަންތަކަމާއި ދިމާލަށް މިސްރާބު ޖަހަންފެށީ ކަމަށް ބުނެވިދާނެއެވެ. އެމްޑީޕީ އަދި ރައީސް ނަޝީދަށް ތާާއިދުކުރައްވާ ފަރާތްތަކުން އިއްޔެ ދެއްކި މިސާލު ކިތަންމެހާާވެސް ނަލައެވެ. ލައްކަ ޖަޒީރާ ވަންތައެވެ. އެ މިސާލު، އަބަދުމެ ދެމި ހުންނާނެކަމަށް އުއްމީދު ކުރަމާ ހެއްޔެވެ؟

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި
12 Oct 2026 ހަބަރު

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި

ފޯބްސް މަޖައްލާއިން ހޮވި މިއަހަރުގެ ދުނިޔޭގެ އެންމެ ހަރުދަނާ އަދި އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުގައި ރާއްޖޭގެ ގައުމީ ބޭންކު، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ހިމެނިއްޖެއެވެ. މިއީ މާކެޓް ރިސާޗް...

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި
12 Oct 2026 ހަބަރު

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި

ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި އެވެ. މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ވަނީ އެކަން ހާމަކޮށްފަ އެވެ. ކަސްޓަމުން ބުނީ ގަވާއިދާ ހިލާފަށް ރާއްޖެއިން ބޭރުކުރ...

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް

އިމާރާތްކުރުމުގެ ތަޖުރިބާއެއް ނެތް އަދި ލައިސަންސްވެސް ނެތް ފުލުހުންގެ ކޯޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ) އަށް 45.5 މިލިއަން ރުފިޔާއަށް ހަވާލުކުރި މަޝްރޫއެއްގެ ސަބަބުން ސަރުކާރަށް ގެއްލުންވެ، މަސައްކަތް މެދ...

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ
12 Oct 2026 ހަބަރު

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ

ރަސްމާލެ ހިއްކުމާއި ތަރައްޤީކުރުމުގެ މަޝްރޫޢާ ގުޅިގެން އުފެދިފައިވާ ސީރިއަސް ކަންބޮޑުވުންތަކާ މެދު މަޝްވަރާ ކުރުމަށް ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އިއްޔެ ޚާއްޞަ ބައްދަލުވުމެއް ބާއްވައިފި އެވ...

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި

ހުޅުމާލޭގައި ކުރިއަށްދާ އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިލްތިމާސްކޮށްފިއެވެ...

ދެއްވަދޫ ހޭންޑްބޯޅަ ކޯޓު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި
12 Oct 2026 ހަބަރު

ދެއްވަދޫ ހޭންޑްބޯޅަ ކޯޓު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި

ގއ. ދެއްވަދޫގައި ހޭންޑްބޯޅަ ކޯޓެއް ތަރައްޤީކުރުމަށް 1.81 މިލިއަން ރުފިޔާގެ މަޝްރޫޢެއް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ މިއަދު ހަވާލުކޮށްފިއެވެ. ސްޕޯޓްސް މިނިސްޓްރ...

ވެލާނާ އެއާޕޯޓް، ވޯލްޑް ޓްރެވަލް އެވޯޑްސްގެ ދެ ކެޓަގަރީއަކަށް ނޮމިނޭޓްވެއްޖެ؛ މިހާރު ވޯޓު ލެވޭނެ
12 Oct 2026 ހަބަރު

ވެލާނާ އެއާޕޯޓް، ވޯލްޑް ޓްރެވަލް އެވޯޑްސްގެ ދެ ކެޓަގަރީއަކަށް ނޮމިނޭޓްވެއްޖެ؛ މިހާރު ވޯޓު ލެވޭނެ

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ދަށުން ހިންގާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ދެ ބައެއް ކަމުގައިވާ "ވޯލްޑްސް ލީޑިންގ އެއާޕޯޓް 2026"...

އާރަށް މައްސަލަ: ޔާމީންގެ ދިފާއީ ހެކިތަކާއި އަދީބު، ޒިޔަތުގެ ހެކިބަސް ބަލައިގަންނަން ކޯޓުން ނިންމައިފި
12 Oct 2026 ހަބަރު

އާރަށް މައްސަލަ: ޔާމީންގެ ދިފާއީ ހެކިތަކާއި އަދީބު، ޒިޔަތުގެ ހެކިބަސް ބަލައިގަންނަން ކޯޓުން ނިންމައިފި

ވ. އާރަށް ކުއްޔަށް ދިން މުޢާމަލާތާ ގުޅިގެން ކުރީގެ ރައީސް ޢަބްދުالله ޔާމީންގެ މައްޗަށް ކުރާ ރިޝްވަތާއި މަނީ ލޯންޑަރިންގެ ދައުވާގެ ޝަރީޢަތުގައި، ދިފާޢީ ހެކިތައް ބަލައިގަތުމަށާއި ދައުލަތުން ހުށަހެޅި ކުރ...