އެލައިޑްގެ މެނޭޖިންގ ޑިރެކްޓަރަކަށް ލުވައިޒް
އެލައިޑްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް، އެ ކުންފުނީގައި 21 އަހަރަށް ވުރެ ދިގު މުއްދަތަކަށް ހިދުމަތްކުރައްވާފައިވާ ހުސެން ލުވައިޒް އައްޔަންކޮށްފިއެވެ.
2002 ވަނަ އަހަރު އެ ކުންފުންޏާއި ގުޅުނު ލުވައިޒް ކުންފުނީގެ އެމްޑީކަމުގެ މަގާމަށް އައްޔަންކުރިކަން މިއަދު ވަނީ އެލައިޑްގެ މައިކުންފުނި އެސްޓީއޯއިން އިއުލާނުކޮށްފައެވެ.
އެމްޑީގެ މަގާމަށް އައްޔަންކުރުމުގެ ކުރިން އޭނާ ހުންނެވީ އެލައިޑްގެ ކްލެއިމްސް ސެކްޝަންގެ މެނޭޖަރުގެ މަގާމުގައެވެ.
މެލޭޝިއާގެ ސަންވޭ ޔުނިވަސިޓީގެ އިތުރުން، ސިންގަޕޯ ކޮލެޖް އޮފް އިންޝުއަރެންސް އާއި މެލޭޝިއަން އިންޝުއަރެންސް އިންސްޓިޓިއުޓުން ލުވައިޒް ތައުލީމު ހާސިލްކުރައްވާފައިވެ އެވެ
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް