ނެއްލައިދޫގައި ޕޮލިސް ޕޯސްޓެއް ހުޅުވައިފި
ދިވެހި ފުލުހުންގެ ހިދުމަތުން ހދ.ނެއްލައިދޫގައި ގާއިމް ކުރި ޕޮލިސް ޕޯސްޓް ރަސްމީކޮށް ހުޅުވައިފިއެވެ.
މިއީ ރައްޔިތުންނާ ގާތުން ފުލުހުންގެ ޚިދުމަތްދިނުމަށް އެރަށުގައި ގާއިމުކުރި ޕޮލިސް ޕޯސްޓެއް ކަމަށް ފުލުހުން ގެ ހިދުމަތުން ނެރުނު ބަޔާނެއްގައި ބުންޏެވެ.
މި ޕޯސްޓް ހުޅުވީ އިއްޔެ މިކަމަށް ހާއްސަކޮށް ބޭއްވި ރަސްމިއްޔާތެއްގައެވެ. ޕޯސްޓް ހުޅުވާދެއްވީ އެކްޓިންގ ކޮމިޝަނަރ، އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީ އާއި ނެއްލައިދޫ ކައުންސިލުގެ ރައީސް މުޙައްމަދު އަލީފްއެވެ.
މި ރަސްމިއްޔާތުގައި، ފުލުހުންގެ އެގްޒެކެޓިވް އޮފިސަރުންނާއި، ކޮމިޝަންޑު އޮފިސަރުން އަދި ހދ. އަތޮޅު ފުލުހުންނާއި ނެއްލައިދޫ ކައުންސިލާއި ރަށުގެ އެހެނިހެން މުއައްސަސާތަކުގެ މުވައްޒަފުންގެ އިތުރުން ރަށުގެ ރައްޔިތުން ވެސް ވަނީ ބައިވެރިވެފައެވެ.
އާބާދީގައި 1000 ހާ މީހުން ދިރިއުޅޭ ނެއްލައިދޫގައި އަލަށް ހުޅުވި ޕޮލިސް ޕޯސްޓާއެކު އެ ރަށުގައި ގާއިމުވެތިބެ ރައްޔިތުންނާ ގުޅިގެން ފުލުހުންގެ ޚިދުމަތް ދޭން މިހާރުވަނީ ފަށާފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް