އިންޑިއާއިން ފިޔާ އެކްސްޕޯޓް ކުރުން ހުއްޓާލުމާއި ގުޅިގެން ރާއްޖޭގެ ބާޒާރުގައި ވަނީ ފިޔާގެ އަގު ވަނީ ވަރަށް ބޮޑަށް އުފުލިފަ-- ފޮޓޯ: އިންޓަނެޓް
އިންޑިއާއިން ފިޔާ އެކްސްޕޯޓް ކުރުން ހުއްޓާލުމާއި ގުޅިގެން ރާއްޖޭގެ ބާޒާރުގައި ވަނީ ފިޔާގެ އަގު ވަނީ ވަރަށް ބޮޑަށް އުފުލިފަ-- ފޮޓޯ: އިންޓަނެޓް
ހަބަރު 10 Dec 2023 | 15:34

ބާޒާރުގައި ފިޔާ އަގުބޮޑުކުރަމުން ދަނީ އިމްޕޯޓް ކުރުމުގައި ދަތިކަމެއް ނެތީސް: އިކޮނޮމިކް މިނިސްޓްރީ

ބާޒާރުގައި ފިޔާ އަގުބޮޑުކުރަމުން ދަނީ އިމްޕޯޓް ކުރުމުގައި ދަތިކަމެއް ނެތީސް ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފިއެވެ.

އިކޮނޮމިކް މިނިސްޓްރީން މިފަދައިން ބުނީ ރާއްޖޭގެ ބާޒާރުގައި ބައެއް ފަރާތް ތަކުން ފިޔާގެ އަގު ބޮޑު ކުރަމުން ދާތީ އާންމުން މިނިސްޓްރީއަށް ހުށައެޅި ޝަކުވާ ތަކާއި ގުޅިގެން ނެރުނު ނޫސް ބަޔާނެއްގައެވެ.

އެ ނޫސް ބަޔާނުގައި ވަނީ މިނިސްޓްރީން ބެލި ބެލުމުގައި މިހާތަނަށް ފިޔާ އިމްޕޯޓް ކުރުމުގައި އެއްވެސް ދަތިކަމެއް ނެތް ކަމަށެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ  މޫސުމީ ގޮތުން މިވަގުތު އިންޑިއާއަށް ކުރިމަތި ވެފައިވާ ހާލަތާއި ގުޅިގެން، ބައެއް ގައުމު ތަކަށް ފިޔާ އެކްސްޕޯޓް ކުރުން ވަގުތީ ގޮތުން މަޑުޖައްސާލައިފައި އޮތް ނަމަވެސް ، ދިވެހި ރައްޔިތުންނަށް ފިޔާ ލިބުމުގައި ދަތި ކަމެއް ދިމާވާނެ އެއްވެސް ފިޔަވަޅެއް އެގައުމުން އަޅާފައި ނެތް ކަމަށެވެ.

މީގެ އިތުރުން ވެސް އެ މިނިސްޓްރީން ބުނީ ރާއްޖެއަށް ފިޔާ އިމްޕޯޓް ކުރާ ބައެއް ފަރާޓް ތަކާއި މިނިސްޓްރީއިން ކުރެވުނު މަޝްވަރާތަކުގައި އެފަރާތުން ރާއްޖެއަށް އެއްވެސް ދަތިކަމެއް ނެތި ރާއްޖެއަށް ފިޔާ އިމްޕޯޓް ކުރެވޭނެ ކަމުގެ ޔަގީންކަން މިނިސްޓްރީ އަށް ދީފައިވާކަމަށެވެ.

މިނިސްޓްރީން ތަފާތު 23 ފިހާރައަކުން އަގު ބަލައި ކުރި ދިރާސާ އިން ދައްކާ ގޮތުގައި، 23 ނޮވެންބަރު 2023 އާ އަޅާ ބަލާއިރު 10 ޑިސެންބަރު 2023 ގައި ބާޒާރުގައި 20% އާއި 50% އަށް ފިޔާގެ އަގު ބޮޑުވެފައި ހުރިކަން ވެސް މިނިސްޓްރީއަށް ފާހަގަ ކުރެވިފައިވާކަމަަށް  ނޫސް ބަޔާނުގައި ވެއެވެ.

ފިޔާ ފަދަ ޒަރޫރީ ބާވަތްތައް ރާއްޖެއަށް އިމްޕޯޓް ކުރުމުގައި އެއްވެސް ދަތި ކަމެއް ކުރި މަތި ވެއްޖެނަމަ މިކަމަށް އެކަށޭނަ ހައްލެއް ހޯދާނެ ކަމުގެ ޔަގީން ކަން މިނިސްޓްރީން ވަނީ އަރުވާފައެވެ.

އެހެންކަމުން އާންމުންނަށް ދަތިވާގޮތަށް ބާޒާރުގައި ފިޔާގެ އަގު މަތިނުކުރުމަށް މިނިސްޓްރީން ވަނީ ހުރިހާ ވިޔަފާރިވެރިންނަށް އިލްތިމާސް ކޮށްފައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ބާރު ސްޕީޑުގައި ދުއްވި ސައިކަލަކުން ޖެހި ހައިވޭގައި ޑިއުޓީގައި ހުރި ފުލުހަކަށް ވަރަށް އަނިޔާވެއްޖެ
17 Oct 2026 ހަބަރު

ބާރު ސްޕީޑުގައި ދުއްވި ސައިކަލަކުން ޖެހި ހައިވޭގައި ޑިއުޓީގައި ހުރި ފުލުހަކަށް ވަރަށް އަނިޔާވެއްޖެ

ފުލުހުން މީހާ އަނިޔާވެގެން ވެއްޓިފައި އޮތް މަންޒަރު ވޮއިސްގެ ނޫސްވެރީންނަށް ފެނިފައިވެ އެވެ.

ސައިކަލެއް ވަގަށް ނަގާ ފޭކު ބޯޑެއް ހަރުކުރި އިތުރު މައްސަލައެއް؛ މި ފަހަރު ލަންކާ ދެ މީހެއް
16 Oct 2026 ހަބަރު

ސައިކަލެއް ވަގަށް ނަގާ ފޭކު ބޯޑެއް ހަރުކުރި އިތުރު މައްސަލައެއް؛ މި ފަހަރު ލަންކާ ދެ މީހެއް

ވަގަށް ނަގާފައިވާ އުޅަނދެއް ބޭނުންކުރި ކަމުގެ ތުހުމަތުގައި މި ދެ މީހުން ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައެވެ.

ސައިކަލުގެ ނަންބޯޑް ބަދަލުކޮށް ވަގަށް ނަގައިފި، ތުހުމަތު އޮތް ތިން މީހުން ހައްޔަރު
16 Oct 2026 ހަބަރު

ސައިކަލުގެ ނަންބޯޑް ބަދަލުކޮށް ވަގަށް ނަގައިފި، ތުހުމަތު އޮތް ތިން މީހުން ހައްޔަރު

މި މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ 45 އަހަރުގެ ދެ ފިރިހެނުންނާއި 39 އަހަރުގެ ފިރިހެނެކެވެ.

ވީޑިއޯގައި ފެންނަނީ ކުޅޭކުޅޭ ބަޑިތަކެއް، ފުލުހުންގެ ބެލުމުގެ ދަަށަށް ގެނެސްފި
16 Oct 2026 ހަބަރު

ވީޑިއޯގައި ފެންނަނީ ކުޅޭކުޅޭ ބަޑިތަކެއް، ފުލުހުންގެ ބެލުމުގެ ދަަށަށް ގެނެސްފި

އެއީ ވީޑިއޯއެއް ކުޅުމުގެ ބޭނުމުގައި ކުރިކަމެއް ކަމަށް އެފަރާތުން ވަނީ ބުނެފައި ކަމަށް ފުލުހުން ބުންޏެވެ.

ކުޅުދުއްފުށީގައި ނުރައްކާތެރި އެކްސިޑެންޓެއް: ކުއްޖަކަށާއި ދެ މީހަކަށް ވަރަށް އަނިޔާވެއްޖެ
16 Oct 2026 ހަބަރު

ކުޅުދުއްފުށީގައި ނުރައްކާތެރި އެކްސިޑެންޓެއް: ކުއްޖަކަށާއި ދެ މީހަކަށް ވަރަށް އަނިޔާވެއްޖެ

ދެ ސައިކަލު ޖެހި ހިނގި މި އެކްސިޑެންޓްގައި އަނިޔާވީ 17 އަހަރުގެ ފިރިހެން ކުއްޖަކަށާއި 20 އަހަރުގެ ފިރިހެނަކާއި 32 އަހަރުގެ އަންހެނަކަށެވެ.

ކައުންސިލުގެ 14 ބިމެއް ސަރުކާރަށް ނެގުމުން ކުއްލި ބައްދަލްވުމެއް
16 Oct 2026 ހަބަރު

ކައުންސިލުގެ 14 ބިމެއް ސަރުކާރަށް ނެގުމުން ކުއްލި ބައްދަލްވުމެއް

ކައުންސިލުން ބުނީ މިރޭ 9:00 ގައި ކައުންސިލްގެ ކުއްލި ޖަލްސާއެއް ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ.

ހުޅުމާލޭގައި ދެ ސައިކަލު ޖެހި އެކްސިޑެންޓެއް ހިނގައި އަންހެނަކަށް އަނިޔާވެއްޖެ
16 Oct 2026 ހަބަރު

ހުޅުމާލޭގައި ދެ ސައިކަލު ޖެހި އެކްސިޑެންޓެއް ހިނގައި އަންހެނަކަށް އަނިޔާވެއްޖެ

މި ހާދިސާގައި އަނިޔާވެފައިވަނީ ސައިކަލުގެ ފަހަތުގައި އިން އަންހެނަކަށެވެ. ނަމަވެސް އެކްސިޑެންޓްވި ދެ ސައިކަލު ދުއްވަން ތިބި ދެ ފިރިހެނުންނަށް އެއްވެސް އަނިޔާއެއް ލިބިފައެއް ނުވާ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

ޔޫއޭއީގައި ހިފެހެއްޓި ދިވެހި ދެ ޕައިލެޓުން ރާއްޖެ ފޮނުވާލައިފި
16 Oct 2026 ހަބަރު

ޔޫއޭއީގައި ހިފެހެއްޓި ދިވެހި ދެ ޕައިލެޓުން ރާއްޖެ ފޮނުވާލައިފި

އެ ދެ ޕައިލެޓުން ރާއްޖެ ފޮނުވާލީ ކީއްވެ ކަމެއް ސާފެއް ނުވެ އެވެ.