ފުވައްމުލަކު ޔޫރޯ ގުދަން ފަޅާލައި، 130 ކޭހަށްވުރެ ގިނަ ސިނގިރޭޓް ވަގަށް ނަގައިފި
ލިޔުންތެރިޔާ
އަހުމަދު ހަމީދު އާދަމް
ފުވައްމުލަކުގައި ހުންނަ ޔޫރޯ ސްޓޯރުގެ ގުދަން ފަޅާލައި، އެތަނުން 130 ކޭހަށްވުރެ ގިނަ ސިނގިރޭޓް ވަގަށް ނަގައިފި އެވެ.
ފުލުހުން ދެންމެ ބުނެފައިވަނީ، ރޭ ހިނގި މި ހާދިސާއާ ގުޅިގެން މީހަކު އަދި ހައްޔަރު ނުކުރާ ކަމަށެވެ. ފުލުހުން ބުނި ގޮތުގައި ޔޫރޯ ގުދަނުން 130 ވުރެ ގިނަ ސިގިރޭޓް ކޭސް ވަނީ ވަގަށް ނަގާފަ އެވެ.
މީހަކު ހައްޔަރު ނުކުރި ނަމަވެސް މައްސަލައިގެ ތަހުގީގު ކުރިއަށް ގެންދާ ކަމަށް ފުލުހުން ބުންޏެވެ.
ޔޫރޯ ސްޓޯރަކީ ވަރަަށް ފުޅާ ދާއިރާއެެއްގައި މާލެއާ އަތޮޅުތެރޭގެ ބޮޑެތި ރަށްރަށުގައި ވިޔަފާރި ހިންގާ ކުންފުންޏެކެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް