ޮފޮޓޯ: މޯލްޑިވްސް ޕޯޓްސް ލިމިޓެޑް
ޮފޮޓޯ: މޯލްޑިވްސް ޕޯޓްސް ލިމިޓެޑް
ވިޔަފާރި 11 May 2023 | 09:14

އެމްޕީއެލްގެ "ކޮމިއުނިޓީ ފަންޑު"އިން އިޖްތިމާއީ ޕްރޮޖެކްޓްތަކަށް އަހަރަކު 6 ލައްކަ ރުފިޔާ ހޭދަކުރަނީ

މުޖުތަމައުގެ އެކި މަސައްކަތްތަކަށް "ކޮމިއުނިޓީ ފަންޑް" ގެ ނަމުގައި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ހަ ލައްކަ ރުފިޔާގެ ފަންޑެއް ހަމަ ޖައްސާފިއެެވެ.

އަހަރަކު 2 ފޭސްއަކަށް ބަހާލައިގެން ކުރިޔަށް ގެންދިއުމަށް ނިންމާފައިވާއިރު، ފުރަތަމަ ފޭސްގެ ދަށުން ކޮމިއުނިޓީ ފަންޑަށް އެދި ހުށަހެޅުމުގެ ފުރުސަތު މިދިޔަ އޭޕްރީލް މަހުން މި މަހުގެ 31 ގެ ނިިޔަލަށް ވަނީ ހުޅުވާލައިފައެވެ.

އެހެންނަމަވެސް މި ފުރުސަތަށް އެދި މިހާތަނަށް ހުށަހަޅާފައިވަނީ 2 ފަރާތަކުން ކަމަށް އެ ކުންފުނިން މިއަދު ވަނީ ބުނެފައެވެ.

މި ފަންޑުގެ ދަށުން އެހީ ދޭ ފަރާތްތައް ކަނޑައެޅުމަށް ހާއްސަ ކޮމިޓިއީއެއް އެ ކުންފުނިން ކަނޑައަޅާފައިވާއިރު މި ފަންޑުގެ ދަށުން އެހީވުމުގައި އދ. ގެ ދެމެހެއްޓެނެވި ތަރައްގީގެ ލަނޑުދަނޑިތަކުގައި ހިމެނޭ ކަންކަން ހާސިލް ކުރަން ހުށަހަޅާ މަޝްރޫއުތަކަށް އެހީވުމުގައި އިސްކަންދޭނެ ކަމަށް އެމްޕީއެލް ވަނީ ފާހަގަކޮށްފައެެވެ.

މިއާއިއެކު ޕޮއިންޓް ދިނުމުގައި ވެސް ޔޫއެން ލަނޑުދަނޑިތައް ހާސިލްވާ ގޮތަށް ހުށަހަޅާ ޕްރޮޖެކްޓްތަކަށް 40 ޕަސެންޓް ދެވޭއިރު، އުފެއްދުންތެރި ޕްރޮޖެކްޓްތަކަށް 20 ޕަސެންޓު، ޕްރޮޖެކްޓް ޕްލޭން އަދި އިމްޕްލިމެންޓް ކުރާ ގޮތަށް 30 ޕަސެންޓު، ހުށަހަޅާ ޕްރޮޕޯސަލްގެ ޕްރޮފައިލްއަށް 10 ޕަސެންޓު މާކްސް ދޭނެ ކަމަށް އެ ކުންފުނިން މައުލޫމާތު ދެއެވެ.

އެމްޕީއެލްއިން އިން މި ފަންޑަށް އަހަރަކު 600،000 ރުފިޔާ ކަނޑައަޅާފައިވާއިރު، އަހަރަކު 10 މަޝްރޫއަށް އެހީ ދޭން ވަނީ ނިންމާފައެވެ.

މީގެ ތެރެއިން 50،000 ރުފިޔާގެ ކުދި 8 މަޝްރޫއު، އަދި 100،000 ރުފިޔާގެ ބޮޑު ދެ މަޝްރޫއަށް އެހީ ދިނުމަށް އެ ކުންފުނިން ވަނީ ނިންމާފައެވެ.

މި ކޮމިއުނިޓީ ފަންޑަށް، ކައުންސިލްތައް، ހިލޭ ސާބަހަށް މަސައްކަތް ކުރާ ސަރުކާރު އަދި އަމިއްލަ ޖަމިއްޔާތަކާއި ކްލަބްތައް އަދި ސްކޫލްތަކަށް ކުރިމަތިލުމަށް ވަނީ ހުޅުވާލާފައެވެ.

މިއާއިއެކު ކޮމިއުނިޓީ ފަންޑުގެ ދަށުން އެމްޕީއެލްއިން ވަކިން ހުޅުވާލި ނަމަވެސް، ވޭތުވެދިޔަ އަހަރުތަކުގައި ކުންފުނީގެ ސީއެސްއާރު ބަޖެޓުގެ ދަށުން، މުޖުތަމައުގެ ފައިދާއަށް ޖަމިއްޔާތަކުން ކުރާ މަސައްކަތަކަށާއި، ތައުލީމީ ދާއިރާއަށާއި، ކުޅިވަރުގެ ދާއިރާއަށްވެސް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދީފައި ކަމަށް އެ ކުންފުނިން ވަނީ ފާހަގަކޮށްފައެވެ.

މީގެ އިތުރުން އެމްޕީއެލްގެ އުންމީދަކީ ވީހާވެސް ގިނަ ބަޔަކު މި ފުރުސަތުގެ ބޭނުންކޮށް، ވީހާވެސް ގިނަ ފަރާތްތަކުން ކޮމިއުނިޓީ ފަންޑަށް ކުރިމަތި ލުން ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ބަރުމަރުކާ ނެތް އުޅަނދުތައް ޓީ-ޖެޓީއަށް ނުވަދެވޭގޮތް ހަދަނީ
14 Oct 2026 ހަބަރު

ބަރުމަރުކާ ނެތް އުޅަނދުތައް ޓީ-ޖެޓީއަށް ނުވަދެވޭގޮތް ހަދަނީ

އެމްޕީއެލުން ވަނީ އުޅަނދުތަކުގެ މުއްދަތު ހަމަވެފައިވާ ސެޓްފިކެޓްތައް އައުކުރުމަށާއި، ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތަށް އުޅަނދުގައި ނިޝާން ޖެހުމުގެ މަސައްކަތް ކުރިއަށްގެންދިއުމަށް، އުޅަނދުފަހަރުގެ ވެރިންނަށާއި ކެޕްޓަނުންނަށް އިލްތިމާސްކޮށްފައެވެ.

27 ރަށަކަށް އެންބިއުލާންސް ހަވާލުކޮށްފި
28 Jan 2026 ހަބަރު

27 ރަށަކަށް އެންބިއުލާންސް ހަވާލުކޮށްފި

ދެމެހެއްޓެނިވި ގޮތެއްގައި ހުރިހާ ރަށަކަށްވެސް އެމްބިއުލާންސްގެ ޚިދުމަތް ފޯރުކޮށްދިނުމުގެ މަސައްކަތުގެ ދަށުން މިހާތަނަށް 27 ރަށަކަށް ބޭނުންވާ އެމްބިއުލާންސް ހަވާލުކޮށްފިއެވެ. މޯލްޑިވްސް ޕޯޓްސް ލިމިޓެޑ...

އެޗްޑީސީގެ ބޯޑު މެމްބަރު ކަމުން ވަކިކުރި ވަޙީދު އެމްޕީއެލްގެ ޑިރެކްޓަރުންގެ ބޯޑަށް
23 Apr 2025 ހަބަރު

އެޗްޑީސީގެ ބޯޑު މެމްބަރު ކަމުން ވަކިކުރި ވަޙީދު އެމްޕީއެލްގެ ޑިރެކްޓަރުންގެ ބޯޑަށް

ދާދިފަހުން، ހައުސިން ޑިވޮލަޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީގެ) ބޯޑް މެންބަރު ކަމުން ވަކިކުރި، ހއ. ފިއްލަދޫ، މަބުސްތާނުގެ މުޙައްމަދު ވަޙީދު، މޯލްޑިވްސް ޕޯރޓްސް ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރު ކ...

މޯލްޑިވްސް ޕޯޓްސްގެ ސީއީއޯގެ ނަމުގައި ހަދާފައިވާ ފޭކް އައިޑީއަކުން މެސެޖްކުރާތީ ސަމާލުވާން އެދެފި
20 Jun 2024 ހަބަރު

މޯލްޑިވްސް ޕޯޓްސްގެ ސީއީއޯގެ ނަމުގައި ހަދާފައިވާ ފޭކް އައިޑީއަކުން މެސެޖްކުރާތީ ސަމާލުވާން އެދެފި

މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ ސީއީއޯ މުޙައްމަދު ވަޖީހް އިބްރާހީމްގެ ނަމުގައި ހަދާފައިވާ ފޭކް ފޭސްބުކް އައިޑީއަކުން މެސެޖްކުރަމުންދާތީ، އެކަމަށް ސަމާލުވާން މޯލްޑިވްސް ޕޯޓްސް އިން އެދެފިއެވެ. މޯލްޑިވްސް...

މާލޭ އިންޑަސްޓްރިއަލް ވިލެޖު ސާފުކުރުމުގެ މަސައްކަތް ފަށައިފި
04 May 2024 ހަބަރު

މާލޭ އިންޑަސްޓްރިއަލް ވިލެޖު ސާފުކުރުމުގެ މަސައްކަތް ފަށައިފި

މާލޭ އިންޑަސްޓްރިއަލް ވިލެޖު ސާފުކުރުމުގެ މަސައްކަތް ފަށައިފިއެވެ. މާލޭގެ މޭޔަރު އާދަމް އާޒިމް މިއަދު ''އެކްސް'' ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، 5 ފަރާތަކާ ގުޅިގެން، މާލޭ އިންޑަސްޓްރިއަލް ވިލެޖު ...

އެމްޕީއެލް އިން ވަޒީފާގެ ފުރުސަތު ހުޅުވާލީ ބިދޭސީންނަށް!
19 Oct 2022 ހަބަރު

އެމްޕީއެލް އިން ވަޒީފާގެ ފުރުސަތު ހުޅުވާލީ ބިދޭސީންނަށް!

އެމްޕީއެލް އިން ބިދޭސީންނަށް ޚާއްސަކޮށް ވަޒީފާގެ ގިނަ ފުރުސަތު ތަކެއް ހުޅުވާލައިފިއެވެ. އެމްޕީއެލްގެ އިން ކުރި ޢިއުލާނެއްގައި ވަނީ، އެ ކުންފުނީގެ ޕޯޓް އޮޕަރޭޝަން ޑިޕާޓްމަންޓްގަޔާއި، އެސިސްޓެންޓް އޮޕަރ...