އެމްޕީއެލް އިން ވަޒީފާގެ ފުރުސަތު ހުޅުވާލީ ބިދޭސީންނަށް!
އެމްޕީއެލް އިން ބިދޭސީންނަށް ޚާއްސަކޮށް ވަޒީފާގެ ގިނަ ފުރުސަތު ތަކެއް ހުޅުވާލައިފިއެވެ.
އެމްޕީއެލްގެ އިން ކުރި ޢިއުލާނެއްގައި ވަނީ، އެ ކުންފުނީގެ ޕޯޓް އޮޕަރޭޝަން ޑިޕާޓްމަންޓްގަޔާއި، އެސިސްޓެންޓް އޮޕަރޭޓަރ ގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ބިދޭސީންނަށް ހުޅުވާލާފައިވާ ކަމަށް ބުނެފައެވެ.
އެގޮތުން ޢިއުލާން ކޮށްފަައިވަނީ ޕޯޓް އޮޕަރޭޝަން ޑިޕާޓްމަންޓްގައި މަސައްކަތް ކުރާނެ 12 ބިދޭސީއަކާއި، ހުޅުމާލޭ ޓާމިނަލް އޮޕަރޭޝަން ޑިޕާޓްމަންޓްގެ އެސިސްޓެންޓް އޮޕަރޭޓަރ ގެ މަގާމުގައި މަސައްކަތް ކުރާނެ 6 ބިދޭސީ މުވައްޒަފުން ހޯދުމަށެވެ.

މި ދެމަގާމުގައި ވަޒީފާއަށް ކުރިމަތިލާ ފަރާތް ތަކުގެ އަދާ ކުރަންޖެހޭ މަސްއޫލިއްޔަތާއި، އެފަރާތްތަކުގެ ހުންނަންޖެހޭ ޝަރުތުތައް އެ ޢިއުލާނުގައި ބުނެފައިވާއިރު، މިއީ ދިވެހިންނަށްވެސް އަދާކުރެވޭނެ ފެންވަރެއްގެ ވަޒީފާއެއްކަން ފާހަގަކޮށްލަންޖެހެއެވެ.

މިފަދަ ވަޒީފާތަކަށް އާއްމުކޮށް ބިދޭސީން ހޯދަން ޢިއުލާނުކުރަނީ ކުޑަ މުސާރައެއްގައި ނަމަވެސް އެ މަސައްކަތްތައް ބިދޭސީން ކޮށްދޭތީކަމަަށް ބެލެވެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް