ރެއާލްގެ ރުޑިގާ އުފާ ފާޅު ކުރަނީ -- ފޮޓޯ: ޓްވިޓާ
ރެއާލްގެ ރުޑިގާ އުފާ ފާޅު ކުރަނީ -- ފޮޓޯ: ޓްވިޓާ
ކުޅިވަރު 11 Sep 2022 | 17:56

ލަލީގާ: މަލޯކާ ބަލިކޮށް ރެއާލް މެޑްރިޑުން %100 ރެކޯޑު ދަމަހައްޓައިފި

ސްޕެނިޝް ލަލީގާގައި މަލޯކާ އާއި ދެކޮޅަށް ކުޅުނު މެޗު ކާމިޔާބުކޮށް ރެއާލް މެޑްރިޑުން މިހާތަނަށް ލީގުގައި ކުޅުނު ހުރިހާ މެޗެށް ކާމިޔާބު ކޮށްފިއެވެ.

މި މޮޅާއި އެކު ޔޫރަޕުގެ ބޮޑު ލީގުތަކުގައި ބަލިނުވެ އޮތް ހަމައެކަނި ޓީމަކީ ރެއާލް މެޑްރިޑެވެ.

އަމިއްލަ ދަނޑުގައި މަލޯކާއާއި ދެކޮޅަށް ރެއާލުން މިއަދު ނިކުމެފައިވަނީ އަނިޔާގެ ސަބަބުން ކުޅުމާއި ދުރުގައި ހުރި އެ ޓީމުގެ ކެޕްޓަން ކަރިމް ބެންޒެމާ އާއި ނުލައެވެ. ނަމަވެސް ފަހު ހާފުގައި ހާއްސަކޮށް ރަނގަޅު ކުޅުމެއް ދައްކާ ރެއާލުން މަލޯކާ ބަލިކޮށްފައިވަނީ 1-4 ގެ ނަތީޖާއަކުންނެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން ރެއާލްގެ ކޯޗު އެންޖެލޯޓީ ބުނެފައިވަނީ ކެޕްޓަން ބެންޒެމާ އަނިޔާއިން ރަނގަޅުވެގެން ވީހާވެސް އަވަހަކަށް ޓީމާއި އަލުން ގުޅޭނެ ކަމަށް އޭނާ އުންމީދު ކުރާ ކަމަށެވެ.

މި މޮޅާއި އެކު ރެއާލް ވަނީ ލަލީގާ ތާވަލުގެ އެއްވަނައިގައި ހަމަޖެހިލާފައެވެ.

ރެއާލްގެ ދަނޑުގައި މިއަދު ކުޅުނު މި މެޗުގައި ފުރަތަމަ ލީޑު ނަގާފައިވަނީ މަލޯކާއިންނެވެ. އެ ޓީމުގެ މުރީކީ މެޗުގެ 35 ވަނަ މިނަޓުގައި މި ގޯލު ޖަހައިދިން އިރު ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ރެއާލްގެ ވަލްވާޑޭ ވަނީ އަމިއްލަ މަސައްކަތުން މޮޅު ގޯލެއް ޖަހާ މެޗުގެ ނަތީޖާ ހަމަހަމަ ކޮށްދީފައެވެ.

މެޗުގެ ދެވަނަ ހާފުގައި ރެއާލް އަށް ލީޑު ނަގައިދީފައިވަނީ މެޗުގެ 72 ވަނަ މިނަޓުގައި ވިނިސަސް ޖޫނިއާ އެވެ. ދެވަނަ ހާފުގައި ރެއާލްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ގޮސްފައިވާއިރު، މެޗުގެ ފަހު މިނަޓުގައި ރެއާޅްގެ ތިންވަނަ ގޯލު ޖަހައިދިނީ ރޮޑްރިގޯއެވެ. މެޗުގައި ރެއާލްގެ ފަހު ގޯލު ޖަހައިދީފައިވަނީ މެޗުގެ އިތުރު ވަގުތުގައި ރުޑިގާއެވެ.

ލީގުގައި ދެން ރެއާލް މެޑްރިޑުން ނިކުންނާނީ އެ ޓީމު ވެސް ނިސްބަތްވާ މެޑްރިޑުގެ ވާދަވެރި ޓީމު އެތުލެޓިކޯ މެޑްރިޑާއި ދެކޮޅަށެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް