ޖުމްހޫރީ ދުވަހުގެ ތަހުނިޔާ ރައީސް މުޢިއްޒުގެ ދެކަނބަލުން ފޮނުއްވައިފި
ދިވެހިރާއްޖޭގެ 58 ވަނަ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ދިވެހި ރައްޔިތުންނަށް ތަހުނިޔާ ފޮނުއްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ސޯޝަލް މީޑިއާގައި ޙިއްޞާކުރެއްވި ޕޯސްޓެއް މެދުވެރިކޮށް ރައްޔިތުންނަށް ހެޔޮއެދުންތައް ފޮނުއްވާފައިވެއެވެ.
ހަމައެއާއެކު ފަސްޓްލޭޑީ ސާޖިދާ ވެސް ވަނީ ރައްޔިތުންނަށް ފާގަތިކަމާއި ބާއްޖަވެރިކަމަށް އެދިވަޑައިގެން، ޖުމްހޫރީ ވެރިކަމުގެ ހިޔާވަހީގައި ޤައުމަށް ކުރިއެރުމާއި ތަމައްދުން މިންވަރުކުރެއްވުން އެދި ދުޢާ ކުރައްވާފައެވެ.
ކޮންމެ އަހަރެއްގެ ނޮވެމްބަރު 11 ވަނަ ދުވަހަކީ ދިވެހިރާއްޖޭގެ ޖުމްހޫރީ ދުވަހެވެ. ރާއްޖޭގައި ފުރަތަމަ ޖުމްހޫރީ ވެރިކަމެއް ޤާއިމުކުރީ 1953 ވަނަ އަހަރުގެ ޖެނުއަރީ އެއް ވަނަ ދުވަހުއެވެ.
ދެވަނަ ޖުމްހޫރިއްޔާގައި މިހާތަނަށް ހަތް ބޭފުޅަކު ޤައުމުގެ ވެރިކަން ކުރައްވާފައިވެއެވެ. އެ ބޭފުޅުންނަކީ ރައީސް އިބްރާހީމް ނާޞިރާއި، ރައީސް އަލްއުސްތާޛް މައުމޫން ޢަބްދުލްޤައްޔޫމާއި، ރައީސް މުޙައްމަދު ނަޝީދާއި، ރައީސް ޑރ. މުޙައްމަދު ވަޙީދު ޙަސަނާއި، ރައީސް ޢަބްދުالله ޔާމީން ޢަބްދުލްޤައްޔޫމާއި، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ އިތުރުން މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް