ޕާކުކޮށްފައިއޮތް ޓީއެމްއޭގެ ސީ ޕްލޭންއެއް ދިޔަވެ އަޑިއަށްދަނީ
ޕާކުކޮށްފައި އޮތް ޓީއެމްއޭގެ ސީ ޕްލޭންއެއް ދިޔަވެ އަޑިއަށްދާން ފަށައިފިއެވެ.
މީސް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯތަކުން ފެންނަ ގޮތުގައި، ސީޕްލޭން ދިޔަވާންފެށީ ޓާމިނަލްގެ ޑޮކުތައް ކައިރީގައި އޮތް އެ ބޯޓުގެ އެއް ކަނދު ހަލާކުވެގެންނެވެ.
އަދި ހާދިސާ ހިނގި ފަހުން އެ ބޯޓު ވަނީ ޓާމިނަލްގެ ޑޮކު ކައިރިއަށް ގެންގޮސްފައިވާއިރު އޭގެ ފަހަތުކޮޅުގެ ބޮޑުބައި އޮތީ އަޑީގައެވެ.

އެ ސަރަހައްދުގައި ގިނަ ބަޔަކުވެސް ތިއްބެވެ.
އެކްސިޑެންޓު ހިނގަން މެދުވެރިވި ސަބަބު އަދި ސާފުވެފައިނުވާ އިރު، ކަމާބެހޭ އިދާރާތަކުން ރަސްމީކޮށް މިހާތަނަށް އެއްވެސް މައުލޫމާތެއް ހާމަކޮށްފައެއް ނުވެ އެވެ.
ތަފްސީލް އަންނަނީ…
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް