މެޗަށްފަހު ނޭމާ ރޮނީ
މެޗަށްފަހު ނޭމާ ރޮނީ
ކުޅިވަރު 11 Dec 2022 | 08:58

ކުއާޓާ ފައިނަލުން ބަލިވުމުން ލިބުނު ހިތާމައިން ނޭމާގެ އިހްސާސްތައް ބަންޑުން ކޮށްލައިފި

ފީފާ ވޯލްޑްކަޕުގެ ކުއާޓާފައިނަލުގެ ފުރަތަމަ މެޗުގައި ޕެނަލްޓީން ބްރެޒިލްގެ މައްޗަށް ކްރޮއޭޝިއާ ކުރި ހޯދި މެޗުގައި ލިބުނު ނާކާމިޔާބީގެ ސަބަބުން، "ނަފްސާނީގޮތުން ހަލާކުވެއްޖެ" ކަމަށް ބުނެ ބްރެޒިލްގެ ހުނަރުވެރި ކުޅުންތެރިޔާ ނޭމާ ޖޫނިއަރ އޭނާގެ އިހްސާސްތައް ބަންޑުން ކޮށްލައިފިއެވެ.

ކުއާޓާ ފައިނަލްގެ އެ މެޗު، ކްރޮއޭޝިއާ ކާމިޔާބުކުރީ މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު 1-1 އިން ދެ ޓީމު އޮތުމާއެކު އިތުރު ވަގުތުގެ ދެ ހާފުގައި ވެސް ނަތީޖާ ނުނެރެވުމުން ޕެނަލްޓީގައި 4-2 ގެ ނަތީޖާއަކުން ކުރިހޯދައިގެންނެވެ.

ޕެނަލްޓީ ޝޫޓްއައުޓްގައި ކްރޮއޭޝިއާ އިން ޖެހި ހުރިހާ ޕެނަލްޓީއެއް ވަނީ ކާމިޔާބުކޮށްފައެވެ. އެހެންނަމަވެސް ބްރެޒިލުން ޖެހި ދެ ޕެނަލްޓީ ވަނީ ނާކާމިޔާބުވެފަ އެވެ.

އެ މެޗުގައި މޮޅު ކުޅުމެއް ބްރެޒިލްގެ ފަރާތުން ފެނިގެން ގޮސްފައި ވީނަމަވެސް ލަނޑު ޖަހައިގެން ލީޑު ނެގިފައި ނުވާއިރު, މިއީ ވޯލްޑްކަޕުގެ ކުއާޓާފައިނަލާ ހިސާބުން ބްރެޒިލް މުބާރާތުން ޖެހިޖެހިގެން އަލްވަދާއު ކިޔަން ޖެހުނު ދެވަނަ ފަހަރެވެ.

މެޗުން ބަލިވުމާއި ގުޅިގެން ލިބުނު ހިތާމައާއި ހިތްދަތިކަން، ފާޅުކޮށް، ނޭމާ އިންސްޓަގްރާމް ގައި ކުރި ޕޯސްޓެއްގައި އޭނާ ވަނީ، "މިހުރީ ނަފްސާނީ ގޮތުން ހަލާކުވެފައި" ކަމަށް ބުނެފައެވެ.

"މިއީ މިހާތަނަށްވެސް އަހަރެންނަށް އެންމެ ހިތްދަތިވި ނާކާމިޔާބީ. މި ނާކާމިޔާބީގެ ސަބަބުން މެޗު ނިމި ދިހަ ވަރަކަށް މިނެޓް ވަންދެން އަހަރެން ހުރީ ގަނޑުވެފައި. އޭގެ ފަހުން ބަޑި ފަޅައިގެންގޮސް އަހަރެންނަށް ރޮވެން ފެށީ. ފެށި ގޮތަށް ރުއިން ހުއްޓާވެސް ނުލެވުނު. ކަންދިމާކޮށްފައިވާ ގޮތުން، މި ހިތްދަތިކަން ވަރަށް ގިނަ ދުވަސްވަންދެން ދެމި ހުންނާނެ." ނޭމާ އޭނާގެ އިންސްޓަގްރާމްގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވެއެވެ.

ނޭމާގެ މި ޕޯސްޓަށް 19 މިލިއަނަށް ވުރެ ގިނަ ލައިކްސް ލިބިފައި ވާއިރު، ވަރަށް ގިނަ ބަޔަކު އަންނަނީ އޭނާއަށް ހިތްވަރު ދެމުންނެވެ. އެގޮތުން ބްރެޒިލްގެ ފުޓުބޯޅަ ލެޖެންޑް ޕެލޭ ވެސް ވަނީ މީހުންނަށް ނަމުނާ އަކަށް ވުމުގައި ދެމި ހުރުމަށް އެދި ނޭމާގެ އެ ޕޯސްޓަށް ކޮމެންޓު ކޮށްފައެވެ.

ނޭމާގެ ވާހަކަތަކުން މިއީ އޭނާގެ އެންމެ ފަހު ވޯލްޑްކަޕު ކަން މީގެ ކުރިން އިޝާރާތް ކޮށްފައިވާއިރު، މިއީ އޭނާއާއި އޭނާގެ ސަޕޯޓަރުންނަށް ވަރަށް ހިތްދަތި ނިމުމެއް ކަމަށް ގިނަ ބަޔަކު ދެކެއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އުސާމާގެ މޮޅު ކުޅުމާއެކު، ބުރުން ގައްދޫ ބަލިކޮށް ލީގްގެ ފުރަތަމަ މޮޅު ހޯދައިފި
13 Oct 2026 ކުޅިވަރު

އުސާމާގެ މޮޅު ކުޅުމާއެކު، ބުރުން ގައްދޫ ބަލިކޮށް ލީގްގެ ފުރަތަމަ މޮޅު ހޯދައިފި

ބުރު ސްޕޯޓްސް ކުޅުނު ތިން މެޗުން ބަލިވިއިރު، އެޓީމް މިހާރު އުޅެނީ ތާވަލްގެ އަށްވަނާގައެވެ. ގައްދޫ އުޅެނީ އެއްވެސް ޕޮއިންޓެއް ނުލިބި ތާވަލްގެ އެންމެ ފުލުގައެވެ.

އެމެރިކާއިން ވޯލްޑް ކަޕް ކާމިޔާބުކޮށްފިނަމަ ހަނދަށް ފުޓުބޯޅައެއް ފޮނުވާނެ ކަމަށް ނާސާއިން ބުނެފި
01 Jul 2026 ކުޅިވަރު

އެމެރިކާއިން ވޯލްޑް ކަޕް ކާމިޔާބުކޮށްފިނަމަ ހަނދަށް ފުޓުބޯޅައެއް ފޮނުވާނެ ކަމަށް ނާސާއިން ބުނެފި

މިއަހަރުގެ ވޯލްޑް ކަޕް ފުޓުބޯޅަ މުބާރާތް އެމެރިކާގެ ޤައުމީ ޓީމުން ކާމިޔާބުކޮށްފިނަމަ، ހަނދަށް ފުޓުބޯޅައެއް ފޮނުވާނެ ކަމަށް އެމެރިކާގެ ފަޒާގެ އިދާރާ (ނާސާ) އިން ވަޢުދުވެއްޖެއެވެ. ނާސާގެ އިސްވެރިޔާ ޖެރެ...

ގަރުނުގެ އެންމެ ރަނގަޅު ވޯލްޑް ކަޕް އަކަށް ގަތަރުގައި ބޭއްވުނު ވޯލްޑް ކަޕް
27 Dec 2022 ހަބަރު

ގަރުނުގެ އެންމެ ރަނގަޅު ވޯލްޑް ކަޕް އަކަށް ގަތަރުގައި ބޭއްވުނު ވޯލްޑް ކަޕް

21 ވަނަ ގަރުނުގައި ބޭއްވުނު އެންމެ ފެންވަރު ރަނގަޅު ވޯލްޑް ކަޕް އަކަށް މިއަހަރު ޤަތަރުގައި ބޭއްވުނު ވޯލްޑްކަޕް ހޮވިއްޖެ އެވެ. ގަރުނުގެ އެންމެ ރަނގަޅު ވޯލްޑް ކަޕް އަކަށް ގަތަރުގައި ބޭއްވުނު ވޯލްޑް ކަޕް...

ވޯލްޑްކަޕު ތަށި އުފުލާލިއިރު މެސީ ލައިގެން ހުރި "ބީޝްތް" އަށް ފާޑުކިޔައި ކުރި ޓުވީޓު ޑިލީޓް ކޮށްލައިފި
19 Dec 2022 ކުޅިވަރު

ވޯލްޑްކަޕު ތަށި އުފުލާލިއިރު މެސީ ލައިގެން ހުރި "ބީޝްތް" އަށް ފާޑުކިޔައި ކުރި ޓުވީޓު ޑިލީޓް ކޮށްލައިފި

ރޭ އޮތް ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ އިނާމު ދިނުމުގެ ރަސްމިއްޔާތުގައި މެސީ ތަށި އުފުލާލަން ދިޔުމުން އޭނާއަށް ތަށި ހަވާލުކުރުމުގެ ކުރިން، ޤަތަރުގެ އަމީރު ތަމީމް ބިން ޙަމަދު އަލް ޘާނީ އޭނާ އަށްދިން ކ...

ވޯލްޑް ކަޕް ޗެންޕިއަންކަން އާޖެންޓީނާ ހޯދައިފި!
18 Dec 2022 ކުޅިވަރު

ވޯލްޑް ކަޕް ޗެންޕިއަންކަން އާޖެންޓީނާ ހޯދައިފި!

ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލްގައި ޕެނަލްޓީގައި އެންމެ ފަހުގެ ޗެންޕިއަން ފުރާންސް ބަލިކޮށް މުބާރާތުގެ ޗެންޕިއަންކަން އާޖެންޓީނާ އިން ހޯދައިފިއެވެ. މިރޭގެ މެޗުގެ ފުރަތަމަ ހާފުގައި އާޖެންޓީނާގެ...

މިރޭގެ މެޗުގައި އެމްބާޕޭ 2 ލަނޑުޖަހާނެ: ޕިއާސް މޯގަން
18 Dec 2022 ކުޅިވަރު

މިރޭގެ މެޗުގައި އެމްބާޕޭ 2 ލަނޑުޖަހާނެ: ޕިއާސް މޯގަން

މިރޭ ކުޅެވޭ ވޯލްޑްކަޕް ފައިނަލްގައި 3-1 ފުރާންސް މޮޅުވާނެ ކަމަށް ލަފާކުރެވޭކަމަށާއި އަދި މިމެޗުގައި ފްރާންސް ތަރި އެމްބާޕޭގެ ފަރާތުން 2 ގޯލް ފެނިގެން ދާނެކަމަށް އިނގިރޭސި ވިލާތުގެ މަޝްހޫރު ނޫސްވެރިޔާ ...

މޮރޮކޯގެ ކުޅުންތެރިންނާއި އެމީހުންގެ މަންމައިން، ރާމާމަކުނާއި އަޅައި ކިޔައިފި
18 Dec 2022 ކުޅިވަރު

މޮރޮކޯގެ ކުޅުންތެރިންނާއި އެމީހުންގެ މަންމައިން، ރާމާމަކުނާއި އަޅައި ކިޔައިފި

ގަތަރުގައި މިހާރު ކުރިއަށްދާ ވޯލްޑްކަޕްގައި، ޕޯޗުގަލް ޓީމު ބަލިކުރުމަށްފަހު، އެކަމުގެ އުފާ ފާޅުކުރުމުގެ ގޮތުން މޮރޮކޯގެ ކުޅުންތެރިއަކު އޭނާގެ މަންމަ ގައިގައި ބައްދައިގެން ހުރި ގޮތާއި ރާމާމަކުނާއި އެއް...