ރައީސް އޮފީހުގައި ކުރިއަށް ދިޔަ ވަޒީރުންގެ ބައްދަލުވުން-- ފޮޓޯ:ރައީސް އޮފީސް
ރައީސް އޮފީހުގައި ކުރިއަށް ދިޔަ ވަޒީރުންގެ ބައްދަލުވުން-- ފޮޓޯ:ރައީސް އޮފީސް
ހަބަރު 11 Dec 2023 | 02:10

"މިނަމާޓާ ކޮންވެންޝަން އޮން މަރކިއުރީ" ތަސްދީޤުކުރަން މަޖިލީހުގެ ލަފާ ހޯދުމަށް ހުށައަޅަން ނިންމައިފި

"މިނަމާޓާ ކޮންވެންޝަން އޮން މަރކިއުރީ" ތަސްދީޤުކުރަން ރައްޔިތުންގެ މަޖިލީހުގެ ލަފާ ހޯދަން ހުށައެޅުމަށް ރައީސުލް ޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ.

ރައީސް ޑރ.މުއިއްޒު މިފަދައިން ނިންމެވީ ވަޒީރުންގެ ލަފާއާއި އެކު އިއްޔެ ކުރިއަށް ދިޔަ ކެބިނެޓްގެ ބައްދަލުވުމުގައެވެ.

އިއްޔެ ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީއިން މިކަމާގުޅޭގޮތުން ހުށައެޅި ކަރުދާހަށް ވަޒީރުންގެ މެދުގައި ވަނީ މަޝްވަރާކޮށްފައެވެ.

މި މުޢާހަދާ ތަންފީޒުކުރުމުން މުޢާހަދާގެ ދަށުން ޢަމަލުކުރުން ލާޒިމުކުރާ ކަންކަމުގެ ތެރޭގައި މަރކިއުރީ ހިމެނޭ އާލާތްތައް ދެނެގަނެ އެތަކެތި ފޭސް-އައުޓްކޮށް އޭގެ ބަދަލުގައި ބޭނުންކުރެވޭނެ ޢާލާތްތައް ފާހަގަކުރެވި، އެތަކެތި ނައްތާލުމުގައި ކަނޑައެޅިފައިވާ، ތިމާވެށްޓަށާއި އިންސާނުންގެ ޞިއްޙަތަށް ރައްކާތެރި މިންގަނޑުތަކަށް އަމަލުކުރުމަށް ބާރުއެޅިގެންދާނެއެވެ. އަދި މި މުޢާހަދާގެ ދަށުން މިކަން ތަންފީޒުކުރުމަށް މާލީ އެހީ ހަމަޖެހިގެންދާނެއެވެ.

މިނަމާޓާ ކޮންވެންޝަނަކީ ދިރޭރަހަ ނުވަތަ މަރކިއުރީ އެކުލެވޭ އުފެއްދުންތަކުން ބޭރުވާ ނުރައްކާތެރި ވިހަ މާއްދާތަކުން އިންސާނުންގެ ޞިއްޙަތަށާއި ތިމާވެށި ރައްކާތެރިކުރުމުގެ މަޤްޞަދުގައި އދ ގެ ތިމާވެށްޓާބެހޭ ޕްރޮގްރާމް، ޔުނައިޓެޑް ނޭޝަންސް ގެ އެންވަޔަރަންމަންޓް ޕްރޮގްރާމް (ޔުނެޕް) ގެ ފަރާތުން 2013 ވަނަ އަހަރު އެކުލަވާލާފައިވާ ބައިނަލްއަޤްވާމީ މުޢާހަދާއެކެވެ. މިހާތަނަށް 147 ޤައުމަކުން މި މުޢާހަދާ ތަސްދީޤުކޮށްފައިވާއިރު 2017 ވަނަ އަހަރުން ފެށިގެން ރާއްޖެއިން ވެސް މި މުޢާހަދާ ތަސްދީގު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަން ފާހަގަ ކޮށްލަން ޖެހެއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ޔުނެސްކޯގެ ބައިނަލްއަޤްވާމީ ދެ މުއާހަދާއެއްގައި ރާއްޖެއިން ބައިވެރިވުމަށް ވަޒީރުންގެ މަޖިލީހުން ނިންމަވައިފި
02 Nov 2026 ހަބަރު

ޔުނެސްކޯގެ ބައިނަލްއަޤްވާމީ ދެ މުއާހަދާއެއްގައި ރާއްޖެއިން ބައިވެރިވުމަށް ވަޒީރުންގެ މަޖިލީހުން ނިންމަވައިފި

ޔުނެސްކޯގެ މި އެސެސްމަންޓް ރިޕޯޓުގައި ފާހަގަކޮށްފައިވާގޮތުގައި، މި މުއާހަދާތަކުގައި ދިވެހިރާއްޖެއިން ބައިވެރިވުމުގެ ސަބަބުން ދިވެހިރާއްޖޭގެ މަތީ ތަޢުލީމުގެ ދާއިރާ ބައިނަލްއަގުވާމީ ފެންވަރަށް ގެންދިއުމަށް ފަސޭހަވެގެންދާނެ އެވެ.

ކުރީގެ މިނިސްޓަރު ޝާހިދު ހައްޔަރުކޮށްފި
02 Nov 2026 ހަބަރު

ކުރީގެ މިނިސްޓަރު ޝާހިދު ހައްޔަރުކޮށްފި

ކުރީގެ މިނިސްޓަރު ޝާހިދު ހައްޔަރުކޮށްފި އެވެ.

ޝަހުސު ކަތިލުމަށް ސިޔާސީ ގޮތުން ފަތުރަމުންދާ ވާހަކަތަކަކީ އެއްވެސް އަސްލެއް ނެތް ދޮގެއް: ޝާހިދު
02 Nov 2026 ހަބަރު

ޝަހުސު ކަތިލުމަށް ސިޔާސީ ގޮތުން ފަތުރަމުންދާ ވާހަކަތަކަކީ އެއްވެސް އަސްލެއް ނެތް ދޮގެއް: ޝާހިދު

މިފަދަ ސާބިތު ނުހިފޭ ވާހަކަ ނުފެތުރުމަށް އެންމެ ބޭފުޅުން އަރިހުން އެދޭ ކަމުގައި ވިދާޅުވި އެވެ.

ކުލި ނުދައްކާ ދިގު މުއްދަތެއްވުމުން ރިވެލީގެ ވިޔަފާރި ހުއްޓުވާ އެ ބިން އެޗްޑީސީއަށް ނަގައިފި 
02 Nov 2026 ހަބަރު

ކުލި ނުދައްކާ ދިގު މުއްދަތެއްވުމުން ރިވެލީގެ ވިޔަފާރި ހުއްޓުވާ އެ ބިން އެޗްޑީސީއަށް ނަގައިފި 

އެޗްޑީސީން ބުނީ މިއަދުން ފެށިގެން އެ ބިން އެ ކޯޕަރޭޝަންގެ ބެލުމުގެ ދަށަށް ނެގުމަށް ނިންމާފައިވާ ކަމަށެވެ.

ޑައިވަރުންގެ މެދުގައި ހިނގި ހަމަނުޖެހުމާ ގުޅިގެން ޑައިވަރަކު ސަސްޕެންޑުކޮށްފި
02 Nov 2026 ހަބަރު

ޑައިވަރުންގެ މެދުގައި ހިނގި ހަމަނުޖެހުމާ ގުޅިގެން ޑައިވަރަކު ސަސްޕެންޑުކޮށްފި

މިކަމާ ގުޅިގެން މޯލްޑިވްސް ލެޖެންޑުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ހާދިސާ ހިނގި ވަގުތު އެ ލިވްއަބޯޑުން ޑައިވިންއަށް ގޮސް އުޅުނު ގެސްޓުންނާއި ޑައިވް ޓީމުގެ މެންބަރުންގެ ލިޔުންތަކާއި ބަޔާންތައް ހޯދައި މައްސަލަ އޮޅުންފިލުވާފައިވާ ކަމަށެވެ. އޭޖެންސީން ބުނީ، ހަމަނުޖެހުން އުފެދުނީ އެހެން އުޅަނދެއްގެ ޑައިވް ގައިޑަކާ ދެމެދު ކަމަށާއި، މޯލްޑިވްސް ލެޖެންޑުގެ ޓީމުން މަސައްކަތްކުރީ އެ މައްސަލަ ހުއްޓުވުމަށް ކަމަށެވެ.

މިދިޔަ ހަފުތާގައި އެމްޕީއެލްއިން 41 ހާހަށްވުރެ ގިނަ ފްރައިޓް ޓަނުގެ މުދާ ކްލިއާކޮށްފި
02 Nov 2026 ހަބަރު

މިދިޔަ ހަފުތާގައި އެމްޕީއެލްއިން 41 ހާހަށްވުރެ ގިނަ ފްރައިޓް ޓަނުގެ މުދާ ކްލިއާކޮށްފި

އެމްޕީއެލް އިން އާންމުކޮށްފައިވާ މިދިޔަ އޮކްޓޫބަރު މަހުގެ ފަހު ހަފުތާގެ ތަފާސްހިސާބުތައް ދައްކާގޮތުން، އެ މުއްދަތުގެ ތެރޭގައި ޖުމުލަ 1،958 ކޮންޓެއިނަރު ވަނީ ކްލިއާ ކޮށްފައެވެ. މީގެ ތެރޭގައި ކޮންޓެއިނަރު އުފުލާ ބޯޓުފަހަރުން ގެނައި 1،472 ކޮންޓެއިނަރާއި، އާންމު މުދާ އުފުލާ ބޯޓުފަހަރުން ގެނައި 486 ކޮންސައިންމަންޓް ހިމެނެއެވެ.

މެއިންޓަނަސް މަސައްކަތައް ވިލިމާލެއިން މިރޭ ފެނުގެ ހިދުމަތް މެދުކަނޑާލަނީ
02 Nov 2026 ހަބަރު

މެއިންޓަނަސް މަސައްކަތައް ވިލިމާލެއިން މިރޭ ފެނުގެ ހިދުމަތް މެދުކަނޑާލަނީ

އެމްޑަބްލިއުއެސްސީން މިކަން އިއުލާންކޮށްފައިވަނީ، އެ ކުންފުނިން މިއަދު އެކްސްގައި ކުރި ޕޯސްޓަކުންނެވެ.

އާރުވެރި މެޗިންގް ގްރާންޓަށް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި
02 Nov 2026 ހަބަރު

އާރުވެރި މެޗިންގް ގްރާންޓަށް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

ދިވެހި ސަރުކާރާއި ވާރލްޑް ބޭންކް ގުޅިގެން ހިންގާ "އާރުވެރި" މެޗިންގ ގްރާންޓް ޕްރޮގްރާމްގެ – 7 ދާއިރާގެ ތެރެއިން 5 ދާއިރާއަށް ޕްރޮޕޯޒަލް ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.