މިސްކިތް ބިނާ ކުރަން ބޭނުންވާ އަމިއްލަ ފަރާތްތަކަށް ބިން ހަމަޖައްސައިދެނީ!
މިސްކިތް ބިނާ ކުރަން ބޭނުންވާ އަމިއްލަ ފަރާތްތަކަށް ބިން ހަމަޖައްސައިދިނުމަށް އިސްލާމީ ކަންކަމާއި ބެހޭ ވުޒާރާއިން ނިންމަވައިފިއެވެ.
މިކަން ހާމަކުރައްވައިފައިވަނީ އެވުޒާރާގެ ވަޒީރު ޑރ މުޙައްމަދު ޝަޙީމް ޢަލީ ސަޢީދު ކުރެއްވެވި ޓްވީޓެއްގައެވެ.
ޑރ ޝަހީމްގެ ޓްވީޓުގައި ވިދާޅުވެފައިވަނީ ވިޔަފާރިވެރިންގެ ތެރޭގައި މިސްކިތްބިނާކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން، އެކަކު، ނުވަތަ ގިނަ ބަޔަކު ވެގެން މިސްކިތެއް އަޅަންބޭނުން ނަމަ ބިން ހަމަޖައްސައި ދިނުނާއި އެނޫން އިދާރީ ފަސޭހަތައް ހަމަ ޖައްސައިދޭން މިނިސްޓްރީން ނިންމާ ފައިވާ ކަމަށެވެ.
އެގޮތުން ރަށްތަކާއި އަތޮޅުތަކާއި ސިޓީތަކުގައި މިސްކިތް ބިނާކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލާ ކަމަށް ވަޒީރު ޑރ ޝަހީމް ވަނީ ވިދާޅުވެފައެވެ.
މިހާރުވެސް މާލެ އާއި ރާއްޖޭގެ ބައެއް ރަށްރަށުގައި އަމިއްލަ ފަރާތްތަކުން ބިނާކޮށްފައިވާ މިސްކިތްތައް ހުންނަކަން ފާހަގަ ކޮށްލަން ޖެހެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް