ރަށް ރަށުގައި ވަޤުފު އިމާރާތް އަޅަން ބޭނުންވާ ފަރާތްތަކަށް، އެ ފުރުސަތު ހުޅުވާލައިފި!
ވަޤުފު އިމާރާތް އަޅަން ބޭނުންވާ ފަރާތްތަކަށް، ވަޤުފު ޤާއިމުކުރުމުގެ ފުރުޞަތު ހުޅުވައިލައިފިއެވެ.
މިކަމާއި ގުޅިގެން އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ވަޒީރު ޑރ މުހައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ، ދެމިހުރި ޞަދަޤާތެއްގެ ގޮތުގައި ވަޤުފު އިމާރާތް އަޅަން ބޭނުންވާ ފަރާތްތަކަށް، ރަށު ވަޤުފު، އަތޮޅު/ ސިޓީ ވަޤުފު ޤާއިމުކުރުމުގެ ފުރުޞަތު މިހާރު ހުޅުވާލާފައިވާ ކަމަށެވެ.
އަދި މި ވަޤުފުތަކަކީ ރަށާއި އަތޮޅުތަކުގެ އިސްލާމީ ކަންކަމަށް ޚާއްޞަކުރެވޭ ވަޤުފު ކަމަށާ، ގިނަ ބަޔަކު ވެގެންވެސް މި ވަޤުފު ޤާއިމު ކުރެވޭނެ ކަން ޝަހީމް ފާހަގަކުރެއްވި އެވެ.
ރާއްޖޭގައި ހުރި ވަޤުފު އިތުރުކޮށް، އެއިން ލިބޭ އާމްދަނީއިން ދީނީ ކަންކަމަށް ކުރެވޭ ހޭދަ އިތުރުކުރުމާއި، ނިކަމެތި ޢާއިލާތަކަށް އެހީވުމާއި، ތަޢުލީމީ އަދި ޞިއްޙީ ކަންކަމަށް އެފައިސާއިން ހޭދަކުރުމަކީ އައު ސަރުކާރުގެ ވަޢުދެކެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް